ނަޝީދު ވިދާޅުވަނީ ދެވަނަ ބުރުގައި ތާއީދުކުރަން ރައީސް އެދިވަޑައިނުގަންނަވާ ކަމަށް

ނަޝީދު ވިދާޅުވަނީ ދެވަނަ ބުރުގައި ތާއީދުކުރަން ރައީސް އެދިވަޑައިނުގަންނަވާ ކަމަށް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށްދެއްވަން އެމަނިކުފާނު އެދިވަޑައިގެންފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު" ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ މެދު އެމަނިކުފާނުގެ ޕާޓީން ގޮތެއް ނިންމާފައިވާ ކަމަށެވެ. އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރުމެވެ.

ނަޝީދު ރައީސް އޮފީހަށް ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ނަޝީދާ ހަވާލާދެއްވައި ރައީސް ސޯލިހު ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން ކުރިން ވެސް ނިންމި ގޮތަށް ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރާނެ ކަމަށެވެ. އެހެން ނަމަވެސް (އަމިއްލަފުޅު ހައިސިއްޔަތުން) ނަޝީދުގެ ތާއީދަށް އެދިވަޑައިގެންފައި ވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަމާ (ނަޝީދު ވަކިން ރައީސަށް ތާއީދު ކުރެއްވުން) ބެހޭގޮތުން ވާހަކަ ދެކެވުނު، ތަފުސީލުތައް އަޅުގަނޑުމެން ފަހުން ހާމަކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އެގޮތަށް އެދިވަޑައިގެންނެވިތޯ، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން ނަޝީދު ވިދާޅުވީ އެދިވަޑަައިނުގަންނަވާ ކަމަށެވެ.

"ވަރަށް ސާފުކޮށް ދަންވައިފިން، ނޫން، ނޭދޭ،" ނަޝީދު ވިދާޅުވި އެވެ.

އެދިވަޑައިގެންނެވި ކަމަަށް ރައީސް ވިދާޅުވިކަން ފާހަގަކޮށް ސުވާލު ތަކުރާރުކުރުމުން ވެސް ނަޝީދު ވިދާޅުވީ "ނޭދޭ" ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދކުރައްވާނީ ކޮން ބޭފުޅަކަށް ތޯ އެކި ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ތާއީދުކުރެއްވީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ކަމަށާއި އަދިވެސް ތާއީދުކުރައްވަނީ އިލްޔާސަށް ކަަމަށެވެ.

"އަޅުގަނޑުމެން ޕާޓީން މިވަނީ ގޮތެއް ނިންމާފައި. އަޅުގަނޑު މިދެންނެވިހެން އަޅުގަނޑު ތާއީދުކުރީ އިލްޔާސް ލަބީބަށް. އަދިވެސް އަޅުގަނޑު ތާއީދުކުރަނީ އިލްޔާސް ލަބީބަށް،" ނަޝީދު ވިދާޅުވި އެވެ.

އެއްވެސް ސަބަބަކާ ހެދި އިލްޔާސްގެ ނަން ދެވަނަ ބުރުގައި އޮވެއްޖެ ނަމަ ދެން ވެސް ތާއީދުކުރައްވާނީ އޭނާއަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ދެވަނަ ބުރެއްގައި އިލްޔާސްގެ ނަން އޮންނާނެ ހަމަ އެކަނި ގޮތަކީ ދެވަނަ ބުރަށް ވަޑައިގެންނެވި ދެ ކެންޑިޑޭޓުންގެ ތެެރެއިން ކެންޑިޑޭޓަކު އިންތިހާބުން ވަކިވެވަޑައިގެންނެވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox