ޖިހާދާއި ޖޭޕީގެ އިތުރު އިސް ބައެއްގެ ތާއީދު މުއިއްޒަށް

ޖިހާދާއި ޖޭޕީގެ އިތުރު އިސް ބައެއްގެ ތާއީދު މުއިއްޒަށް

ކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާއްސަ އެޑްވައިޒަރުކަމުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ޖިހާދާއި ޖުމްހޫރީ ޕާޓީގެ ބައެއް އިސް މެމްބަރުން މިރޭ ޕީޕީއެމްއަށް ސޮއިކޮށް ފޯމު ހަވާލުކޮށްފި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނުގެ ތެރެއިން މިރޭ ގިރާވަރުން ގޯތި ލިބުނު މީހުންނާ ބައްދަލުކުރަން ބޭއްވި ޖަލްސާގައި ޖޭޕީގައި ކުރިން ތިބި ބައެއް މީހުން ޕީޕީއެމްއަށް ބަދަލުވެ ފޯމު ހަވާލު ކުރި އިރު ބައެއް މީހުން އެ ޕާޓީގައި ދެމި ހުރެ މުއިއްޒަށް ތާއީދު ކުރާކަން ވަނީ ހާމަކޮށްފަ އެވެ.

މިރޭ ޕީޕީއެމްއަށް ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ޑރ. ޖިހާދުގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަން ކުރެއްވި ޑރ. އިރުތިޝާމް އާދަމް ހިމެނެ އެވެ.

އޭގެ އިތުރުން، ކުރީގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދާއި މި ސަރުކާރުގައި ސްޓެލްކޯގެ އެމްޑީކަން ކުރެއްވި ހަސަން މުޣުނީ ވަނީ ޕީޕީއެމްއަށް ސޮއި ކުރައްވައިފަ އެވެ.

އޭގެ އިތުރުން، ޖޭޕީގައި މިވަގުތު ތިބި އެ ޕާޓީގެ ބައެއް ކައުންސިލް މެމްބަރުންނާއި އާންމު މެމްބަރުން ވަނީ މުއިއްޒަށް ތާއީދު ކުރާކަން މިރޭގެ ޖަލްސާގައި ހާމަކޮށްފަ އެވެ.

ޖޭޕީން ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ފަޅިއަކަށް ތާއީދު ނުކުރުމަށެވެ. ނަމަވެސް ޖޭޕީގެ މެމްބަރުން، އެމީހަކަށް ފެންނަ ކެންޑިޑޭޓަކަށް ތާއީދު ކުރުން އެއީ މައްސަލައެއް ނޫން ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

އެހެންވެ، އެ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި އިސް ބޭފުޅުން ގެންދަނީ އެ މީހުން ދެވަނަ ބުރުގައި ތާއީދު ކުރާ ކެންޑިޑޭޓު ހާމަކުރަމުންނެވެ. އެގޮތުން ގާސިމް އިބްރާހިމްގެ ރަނިން މޭޓް އަމީން އިބްރާހިމް އާއި އެ ޕާޓީގެ ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ދެ ވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމަށް ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox