މާލެ ސަރަހައްދުން އިތުރު ގޯއްޗާއި ފުލެޓު ދޫކުރަން ހުޅުވާލަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކުރިން ގޯތި ދޫކުރި ސަރަހައްދެއް. ފޮޓޯ: އިޔާން / އަދަދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކުރިން ގޯތި ދޫކުރި ސަރަހައްދެއް. ފޮޓޯ: އިޔާން / އަދަދު

މާލެ ސަރަހައްުދުގެ ބޯހިޔަވަހިކަމަށް ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އިތުރު ގޯއްޗާއި ފުލެޓު ދޫކުރަން ހުޅުވައިލަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރު، އަކްރަމް ކަމާލުއްދީން ވިދާޅުަވެއްޖެ އެވެ.

އަކްރަމް މިއަދު "އަދަދު" އަށް މިއަދު ވިދާޅުވީ މާލެ ސަރަހައްދުން އިތުރު 6000 ފުލެޓާއި 4500 އަށްވުރެ ގޯތި ދޫކުރުމަށް މާދަމާގެ ކުރިން ހުޅުވައިލާނެ ކަމަށެވެ.

"މާދަމާގެ ކުރިން އަޅުގަނޑުމެން އިއުލާނު ކުރާނަން އެކަމާ ގުޅޭ ހުރިހާ މައުލޫމާތެއް، އެއީ މާލެއާ ބުރިޖުން ގުޅާލާނެ ސަރަހައްދެއް،" އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ މިފަހަރު ދޫކުރާ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާއިރު، ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށް ކަނޑައެޅި ޝަރުތުތަކަށް ރައްޔިތުންގެ ފަރާތުން ލިބުނު ޝަކުވާތަކަށް ބެލުމަށްފަހު މިފަހަރު އާންމުކުރާ އުސޫލުގައި ހައްލުތަކެއް ހޯދައިދީފައި ވާނެ ކަމަށެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އިއުލާނު ކުރި ގޯތިތައް މިހާރު ވަނީ ލިބޭނެ ހައްގުވެރިން ކަނޑައަޅައި ލިބޭނެ ތަންތަން ވެސް ގުރުއަތުން ހޮވައިފަ އެވެ. މިހާރު ކުރިއަށް ދަނީ ގޯތި ލިބުނު މީހުންނަށް އެތަންތަން ހަވާލު ކުރުމުގެ މަސައްކަތެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23،088 މީހުންގެ ފަރާތުން، 15،164 އެޕްލިކޭޝަން ހުށައަޅާފައިވެ އެވެ. ސަރުކާރުން ނިންމާފައި ވަނީ ޝަރުތު ހަވަމަވާ ހުރިހާ އެންމެންނަސް ވެސް ގޯތި ދިނުމަށެވެ.

އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް އެދި 20،697 މީހުން ހުށަހެޅި އެވެ. ސަރުކާރުން ނިންމާފައި ވަނީ އޭގެތެރެއިން ވެސް ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓު ދިނުމަށެވެ.

އެ ސްކީމްގެ ދަށުން ޕްލޭނިން މިނިސްޓްރީން މިދިޔަ އޮގަސްޓް 8، ގައި އާންމުކުރި ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި 15،000 އަށްވުރެ ގިނަ މީހުންގެ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވެ އެވެ. އެއީ 13،000 ފްލެޓެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓް، ތިން ކޮޓަރީގެ 2،800 ޔުނިޓެވެ

އޭގެ އިތުރުން މިމަހުގެ ދެ ވަނަ ދުވަހު ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ހުޅުމާލޭގައި އިތުރު 4،000 ހައުސިން ޔުނިޓު އެޅުމަށް އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާ ހަވާލުކޮށްފަ އެވެ. އޭގެ އިތުރުން 2،000 ޔުނިޓު އިމާރާތް ކުރާން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ފްލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުންނަށް ފްލެޓު ދިނުމަށްޓަކައި އިތުރު 3،500 ހައުސިން ޔުނިޓު އިމާރާތްކުރަން ބަޔަކާ ހަވާލު ކުރަން ތައްޔާރު ވަމުން އަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox