ތިމާގެ "ސައިޒު" ދެނެ ހަނދާންކުރުން، ހިކުމަތްތެރިކަމުގެ ފެށުން

ހުކުރު ނަމާދަށް ދިޔަ ބަޔަކު ސަލްމާން މިިސްކިތުގެ ހަރިންމައިގެ ތެރޭގައި -- ފައިލް ފޮޓޯ: އަދަދު

ހުކުރު ނަމާދަށް ދިޔަ ބަޔަކު ސަލްމާން މިިސްކިތުގެ ހަރިންމައިގެ ތެރޭގައި -- ފައިލް ފޮޓޯ: އަދަދު

ދިވެހި ބަސްފޮތުގައި ހިކުމަތުގެ މާނަކަމުގައި ބުނަނީ ކަންފަހިކުރުމުގެ ހުނަރު ކަމަށެވެ. ހިކުމަތަކީ މޮޅު ބުއްދިކަމަށްވެސް ބަސްފޮތުގައި އޮވެއެވެ. ދީނީ ނަޒަރަކުން ބަލާއިރު ހިކުމަތަކީ ކޮބައިތޯ ބެލުމަށް އަރަބި ބަހުގެ ބަސްފޮތަށް ދާންޖެހެ އެވެ. ހިކުމަތުގެ ވާހަކަ ކީރިތި ޤުރުއާނުގައި އައިސްފައިވާކަމަށްޓަކައި، ދީނީ އިލްމުގައި ހިކުމަތޭ ކިޔެނީ ކޮން އެއްޗަކަށްތޯ ބެލުމަށް އިލްމުވެރިންގެ ބަސްތަކަށްވެސް ބޯދިއްކޮށްލާންޖެހެ އެވެ.

އަބޫ އިސްމާޢީލް އަލްހަރަވީ ވިދާޅުވާ ގޮތުގައި ހިކުމަތަކީ، ކޮންމެ އެއްޗެއް (ނުވަތަ ކަމެއް) އެ ބާއްވަންވީ ތަނުގައި ބޭއްވުމަށް ކިޔާ ނަމެކެވެ. އިމާމް އިބުނުލްޤައްޔިމް ވިދާޅުވާ ގޮތުގައި، ހިކުމަތަކީ، އެދެވިގެންވާ ކަންތައް އެދެވިގެންވާ ގޮތަށް އެދެވިގެންވާ ވަގުތުގައި ކުރުމެވެ. މިނޫން ގޮތްގޮތަށް ވެސް ބައެއް އިލްމުވެރިން ހިކުމަތަކީ ކޮބައިކަން އެކި އިބާރާތުން ބަޔާންކުރައްވާފައިވެއެވެ. ކޮންމެއަކަސް ކަމެއް ކުރާންޖެހޭ ވަގުތުގައި ކުރެވުނު ކަންތައް ކުރެވުނީ ހިކުމަތްތެރިކަމުގެ މަގުންކަން ޔަގީންވާނީ ފަހުން ކަމަށް ވެދާނެ އެވެ. ނިންމުމެއް ނިންމާންޖެހޭ ވަގުތުގައި އެކަން ކުރެވުނީ ހިކުމަތްތެރި ގޮތުން ކަމަށް ޔަގީންވާނީ ފަހުންނެވެ. ހިކުމަތަކީ އެކަށީގެންވާ ވަގުތު އެކަށީގެންވާ އެންމެ ރަނގަޅު މަގުން ކަންކުރުމެވެ.

ކޮންމެއަކަސް ހިކުމަތުގެ މަގުން ކަން ކުރެވިއްޖެނަމަ، އެކަމަކީ ލާބައާއި މަންފާ ނޫނީ ނުވާނެ ކަމެއް ކަމަށްޓަކައި ކޮންމެ މީހަކުވެސް ކަންކުރާނީ އެނގިއްޖެނަމަ ހިކުމަތުގެ މަގުންނެވެ. އެކަމަކު ހިކުމަތަކީ، ހިކުމަތްތެރިކަމަކީ ހޯދައިގަނެވިދާނެ ސިފައެއްތޯ ކުރާ ސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ، އެޔަކީ ވެސް އޭގެ ސަބަބުތަކާ ދިމާއަށް ފީނައިގަތުމުން ލިބިގަނެވިދާނެ ސިފައެއްކަމަށެވެ. މާތް ﷲގެ ވާގިފުޅާއެކުގަ އެވެ. އަލްބަޤަރާ ސޫރަތުގެ 269 ވަނަ އާޔަތުގައިވަނީ، "އެކަލާނގެ އިރާދަކުރައްވާ މީހަކަށް ހިކުމަތް ދެއްވައެވެ. ފަހެ އެމީހަކަށް ހިކުމަތް ދެއްވި މީހަކަށް ފަހެ ގިނަވަގެންވާ ހެޔޮކަން ލިބިއްޖެކަން ކަށަވަރެވެ."

މާތްﷲ ހިކުމަތް ދެއްވި ހިކުމަތްތެރިއެއްގެ ވާހަކަ ޤުރުއާނުގައި ބަޔާންވެފައިވެ އެވެ. ކީރިތި ޤުރުއާން ޔަގީންކޮށްދޭ ގޮތުގައި، ލުޤްމާންގެފާނަށް ހިކުމަތް ދެއްވިއެވެ. މިނަޒަރިއްޔާއިން ބަލާއިރު، ލުޤްމާން ސޫރަތުގެ 12 ވަނަ އާޔަތުން ފެށިގެން ނަވާރަ ވަނަ އާޔަތަށް ވިސްނާފިކުރު ހިންގައި، އެއާޔަތްތަކުގައި ބުނާ ކަންކަން ހަމަޔަށް ދޭހަކޮށް ގެނެވިގެން މެނުވީ ހިކުމަތްތެރިއަކަށް ނުވެވޭނެ އެވެ.

"އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ލުޤްމާންގެފާނަށް ހިކުމަތްދެއްވީމެވެ." މިފަދައިން އަންގަވައި ވަހީ ކުރެއްވުމާއެކު، ހިކުމަތުގެ ފެށުން ގުޅުވަނީ އިންސާނާއަށް އޭނާއަކީ ކާކުކަން ބުނެދިނުމުގެ މައްޗަށެވެ. ލުޤްމާންގެފާނަށް ވެސް ﷲ އަށް ޝުކުރުކުރުމަށް އެންގެވިކަން ބަޔާންކުރެއްވުމަށް ފަހު މާތް ﷲ ވަހީ ކުރައްވާ އަންގަވަނީ ޝުކުރުކުރާ މީހާ ޝުކުރުކުރަނީ އޭނާގެ އަމިއްލަ ނަފުސަށްކަމެވެ. އެކަމުން ﷲ އަށް ވާނެ މޮޅެއް ނެތްކަން ބަޔާންކުރައްވައި، އިންސާނާ ﷲ އަށް ފުރަގަސްދިނަސް އެކަލާނގެ ފުދިވޮޑިގެންވާކަން އިންސާނާއަށް ބަޔާންކޮށްދެއްވަ އެވެ. އިންސާނާއަށް އޭނާގެ "ސައިޒް" ހަނދާންކޮށްދެއްވުމުގެ ވަރުގަދަ ބަސްފުޅެކެވެ.

ލުޤްމާންގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތްދެއްވަ އެވެ. ﷲ އާ އެހެން އެއްވެސް ފަރާތެއް، އެއްޗެއް، ކަމެއް، އެއްފަދަ ނުކުރުމަށެވެ. އަދި އެއީ ބޮޑުވެގެންވާ އަނިޔާއެއްކަމުގައި ވިސްނައިދެއްވަ އެވެ. ހިކުމަތާއި އިލްމުގެ ތަފާތަކީ މިއީ އެވެ. އިލްމުވެރިޔާއަށް އެނގެނީ، ﷲ އަށް ޝަރީކު ކުރުން ނުވަތަ އެކަލާނގެއާ އެއްޗެއް ބައިވެރިކުރުން ނުވަތަ އެއްފަދަކުރުން އެއީ ދީނުން ބޭރުވާނެކަމެއްކަމެވެ. ހިކުމަތްތެރިޔާގެ ނަޒަރުގައި އެއީ ބޮޑުވެގެންވާ އަނިޔާއެއް ވެސްމެ އެވެ. އާދޭހެވެ. ތިމާ ހެއްދެވި ފަރާތަށް ތިމާ ކުޑައިމީސްކުރުމަށްވުރެ ތިމާގެ ނަފުސަށް ވެވޭ ބޮޑު އަނިޔާއަކީ ކޮބާ ހެއްޔެވެ؟ ހެއްދެވި ފަރާތުގެ ބޮޑުކަމާއި ހުސްތާހިރުވަންތަކަން ނޭނގޭ މީހަކަށް ތިމާގެ "ސައިޒް" އެއް ނޭނގޭނެއެވެ. ތިމާއަށް ތިމާ އޮޅުމަށްވުރެ ތިމާއަށް ލިބޭނެ ބޮޑު އަނިޔާއަކީ ކޮބާތޯ އެވެ؟

މާތް ﷲ އަންގަވަ އެވެ. "އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ ވަސިއްޔަތްކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލި އެވެ." އަދި ވެސް އަންގަވަ އެވެ. "ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ!" އަނެއްކާވެސް ތިބާގެ ވެރިރަސްކަލާނގެއާއި ތިބާ މިހަޔާތުގައި ވުޖޫދުވެ އުފަންވުމުގެ ސިއްރާއި އަސްލުގެ ހަނދާންކޮށްދިނުމެކެވެ. މަށަކީ ކާކުކަން ވިސްނައި ހޭލާހުރުމުގެ ބާރުގަދަ މެސެޖެކެވެ.

ލުޤްމާން ސޫރަތުގެ 17 ވަނަ އާޔަތުން 19 ވަނަ އާޔަތަށް ވިދާޅުވާށެވެ. " އޭ ދަރިފުޅާ އެވެ! ނަމާދު ޤާއިމުކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރާށެވެ! އަދި ނުބައިކަންތައް މަނާކުރާށެވެ! ތިބާޔަށްޖެހޭ މުސީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، ގަދަ އަޒުމާއެކު ކުރިމަތިލާންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ. އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ ހާލު ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން ކިބުރުވެރިވެ، ފަހުރުވެރިވާ އެއްވެސް މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ. ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ ހިމާރުގެ އަޑުކަން ކަށަވަރެވެ."

ހިކުމަތުގެ މަގުން ހިނގާނަމަ، ނަމާދު ގާއިމުކުރަންޖެހެއެވެ. ނަމާދަކީ ﷲ ގެ މަތީން ހަނދާންކުރުމަށް ކުރަންޖެހޭ އަޅުކަމެއްކަމުގައި ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. ލުޤްމާންގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަމާދު ގާއިމުކުރުމަށް ނަސޭހަތްތެރި އެވަނީ، ހެއްދެވި ފަރާތް މަތީން ހަނދާން ނެތިވެ ނުދިޔުމަށެވެ. ތިމާގެ ސައިޒު އޮޅިގެން ހިނގައިދާނެ ކަމަށްޓަކައެވެ. ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް މަނާކުރުމާއި މުސީބާތަށް ކެތްތެރިވުމަކީ، ވަރުގަދަ އަޒުމާއެކު ކުރިމަތިލާންޖެހޭ ކަމެއްކަމުގައި ލުޤްމާންގެފާނު އެބަ ބަޔާންކޮށްދެއްވައެވެ. ވަރުގަދަ އަޒުމެއް ނެތި އެކަންކަން ނުވާނެކަން ހިކުމަތްތެރިން ދަންނާނެއެވެ. އަދި ވަރުގަދަ އަޒުމަކާއެކު އެތިންކަންތައް ގެނެސްގަތުމަކާ ނުލައި ހިކުމަތުގެ ދޮރޯށިން ވަނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ވަރުގަދަ އަޒުމެއް ހޯދައިގަތުމުގެ މަގަކީ ވެސް ތިމާގެ އަސްލު ހަނދާންކުރުމާއެކު، ތިމާގެ ހެއްދެވި ފަރާތް ދެނެގަނެގެން ހުރުމެވެ.

ހިކުމަތްތެރިކަން އެދޭނަމަ އަޑުއަހާށެވެ! ލުޤްމާންގެފާނު އެވިދާޅުވަނީއެވެ. "އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ ހާލު ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ. ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ!"

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox