ފެލިކްސްގެ އުންމީދަކީ ބާސެލޯނާ އިން އޭނާ ގަންނަން ނިންމުން

Sep 22, 2023, 12:00 PM
ފެލިކްސްގެ އުންމީދަކީ ބާސެލޯނާ އިން އޭނާ ގަންނަން ނިންމުން

ބާސެލޯނާ (ސެޕްޓެމްބަރު 22) - މި ސީޒަނަށް ފަހު ބާސެލޯނާ އިން އޭނާ ގަންނަން ބިޑު ކުރާނެ ކަމަށް އުންމީދުކުރާ ކަމަށް، އެ ޓީމަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ޔާއޯ ފެލިކްސް ބުނެފި އެވެ.

ސްޕެނިޝް ލީގުގެ އެތުލެޓިކޯ މެޑްރިޑުން ލޯން އެއްބަސްވުމެއްގެ ދަށުން ފެލިކްސް ބާސެލޯނާ އަށް ބަދަލުވީ މި ސީޒަންގެ ނިޔަލަށެވެ. ސީޒަނަށް ފަހު ފެލިކްސްގެ ކޮންޓްރެކްޓް ދާއިމީ ކުރުމުގެ މާއްދާއެއް މި އެއްބަސްވުމުގައި ނެތެވެ. އެހެންކަމުން ބާސެލޯނާ އިން ޖެހޭނީ ފެލިކްސް ގަތުމަށް ބިޑުކުރާށެވެ.

ބާސެލޯނާގައި ހޭދަކުރަމުން އަންނަ ދުވަސްތަކާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ފެލިކްސް ބުނީ ބާސެލޯނާ އަށް ބަދަލުވުމަކީ އޭނާ އަބަދުވެސް ބޭނުންވި ކަމެއް ކަމަށާއި، އެ ކުލަބުގައި އޭނާ ބޭނުންވާ ގޮތަށް ބޭނުންވާ ސްޓައިލަށް ކުޅެވޭ ކަމަށެވެ.

މިހާތަނަށް މި ސީޒަންގައި ފެލިކްސް ބާސެލޯނާ އަށް ކުޅުނު ތިން މެޗުގައި ތިން ގޯލު ޖަހައި އިތުރު ގޯލެއް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައިވެ އެވެ.

ފެލިކްސް ބުނީ ބާސެލޯނާގައި ރަނގަޅު ކުޅުމެއް ދެއްކޭނެކަމުގެ އިތުބާރު އޮންނަ ކަމަށާއި، ނަމަވެސް ސީޒަންގެ ކުރީކޮޅު މިހާ ރަނގަޅަށް ފެށޭނެ ކަމަށް ހީނުކުރާ ކަމަށެވެ. އެކަމަކު، މިހާރު ވިސްނުން ހުރީ މި ފޯމު ދަމަހައްޓައި ކާމިޔާބު ސީޒަނެއް ފުރިހަމަކުރަން ކަމަށް ވެސް އޭނާ ބުންޏެވެ.

ފެލިކްސް ބުނީ އޭނާ ބާސެލޯނާ އަށް ބަދަލުވީ އެތުލެޓިކޯ އިން ލިބޭ މުސާރަ އަށް ވުރެ ކުޑަ މުސާރައެއްގައި ކަމަށާއި، އެކަމާ އެއްވެސް ޝަކުވާއެއް ވެސް ނެތް ކަމަށެވެ.

އަދި އޭނާގެ އުއްމީދަކީ މި ސީޒަނަށްފަހު ބާސެލޯނާ އިން އޭނާ ގަތުމަށް ބިޑުކޮށް، އެތުލެޓިކޯ އިން ވެސް އެ ބިޑް ގަބޫލުކޮށް ބާސެލޯނާގެ ދާއިމީ ކޮންޓްރެކްޓެއް ލިބުން ކަމަށެވެ.

އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ ކޯޗިން ސްޓައިލާއި، ޓީމު ކުޅޭ ސްޓައިލަށް ފާޑުކިޔުމުގެ ސަބަބުން ޓީމުން ބާކީވެފައިވާ ފެލިކްސް މިދިޔަ ސީޒަންގެ ފަހުކޮޅު ކުޅުނީ އިނގިރޭސީ ޕްރިމިއާ ލީގުގެ ޗެލްސީ އަށެވެ. ނަމަވެސް އެ ކުލަބުގައި އޭނާ އަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

ދުނިޔޭގައި ތިބި އެެންމެ އުއްމީދީ ހުނަރުވެރި ޒުވާން ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި މީގެ ދެތިން އަހަރު ކުރިން އުޅުނު ފެލިކްސް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވީ 2019 ވަނަ އަހަރު 109 މިލިއަން ޕައުންޑް (135 މިލިއަން ޑޮލަރު) އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox