ސިވިލް ކޯޓަށް އިސް ގާޒީއެއް ހަމަޖެއްސެންދެން އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ގާޒީ ފަރުހާދު ރަޝީދުއާ ހަވާލުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާންކުރި ގޮތުގައި ސިވިލް ކޯޓުގެ ހިންގުން ގާޒީ ފަރުހާދުއާ ވަނީ އިއްޔެއިން ފެށިގެން ހަވާލުކޮށްފަ އެވެ.
ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އަހްމަދު ނިމާލް ކުއްލި ގޮތަކަށް މިދިޔަ އަންގަރާ ދުވަހުގެ ރޭ އަވަހާރަވުމުންނެވެ.
އުމުރުން 36 އަހަރުގެ ނިމާލްގެ މެޔަށް ތަދެއް އަރައި، ހޮޑު ލެވުމާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައީ އަންގާރަ ދުވަހުގެ ރޭ 12:00 ހާއިރު އެވެ. އޭނާ އަވަހާރަވީ ކުއްލި ހާލަތުގައި އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ނިމާލު އައްޔަނުކޮށްފައި ވަނީ މާޗު 2022 ގަ އެވެ. އަދި, އެ ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތައް އޭނާއާ ހަވާލުކޮށްފައި ވަނީ އޮގަސްޓު 22, 2022 ގަ އެވެ.

ނިމާލް އަވަހާރަވިއިރު، އަތްނބަކީ ކުޑަ ދަރިފުޅެއް އެބަ ތިއްބެވެ.













