މަޖިލީހުގެ ޖަލްސާ މިއަދު ވެސް ގަޑިއަކަށް ނުފެށުނު، ހާޒިރުވީ އެންމެ 18 މެމްބަރުން!

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރު، މެމްބަރުން މަދުކަމުން މިއަދު ވެސް ގަޑިއަށް ޖަލްސާ ނުފެށުނު.

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރު، މެމްބަރުން މަދުކަމުން މިއަދު ވެސް ގަޑިއަށް ޖަލްސާ ނުފެށުނު.

ރައްުޔިތުންގެ މަޖިލީހުގައި މިއަދު ބާއްވަން ތާވަލުކުރި ޖަލްސާ ވެސް، ވަޑައިގެންނެވި މެމްބަރުންގެ އަދަދު މަދުކަމުން ގަޑިއަށް ނުފެށި އިންތިޒާޒުކުރަންް ޖެހިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ޖުުމްލަ 87 މެމްބަރަކު ތިއްބަވާ އިރު ޖަލްސާއެއް ކުރިއަށް ގެންދަން ކޯރަމް ހަމަވަނީ 22 މެމްބަރަކު ވަޑައިގެންނެވުމުންނެވެ. މިއަދު ހެނދުނު 9:00 ވީ އިރު ތަޅުމުގައި ވަޑައިގެން ތިއްބެވީ އެންމެ 18 މެމްބަރުންނެވެ.

މެމްބަރުން ހަމަ ނުވި ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތަށް ވަޑައިގެން ޖަލްސާ ފަށްޓަވަން ކުރައްވާ މަސައްކަތް މަޖިލީހުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދުރަށް ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަދު ކުރިއަށް ގެންދަވާނީ މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެކެވެ.

އެއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރަން ފެނޭތޯ ބަލަން އާންމު ވޯޓެއް ނަގަން ގޮވާލައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން އިއްޔެ ފާސްކޮށްފައި ވާތީ އެވެ.

ވަޑައިގެން ތިއްބެވި 18 މެމްބަރުން ތަޅުމުގައި މަޑުކުރައްވަން ނަޝީދު އެދިވަޑައިގެންނެވި އެވެ. އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހުގެ މަސައްކަތަށް މެމްބަރުން ވަޑައިގެންނެވުމާ މެދު ސިޔާސީ ޕާޓީތަކުން ކުރާ މަޝްވަރާއެއް ކުރިއަށް ދާތީ އެވެ.

"ކޮމިޓީގައި ތިއްބެވުން ވަރަށް ބޮޑަށް އެދެން އެއީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާކުރެވެމުން ދަނީ. އަޅުގަނޑު ހިތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާއި ޕީޕީއެމް/ޕީއެންސީގެ ލީޑަރުންނާއި ޑިމޮކްރެޓުންގެ ލީޑަރުން ދަނީ މަޝްވަރާކުރަމުން. މަޝްވަރާކުރަމުން މިދަނީ މަޖިލީހަށް ބޭފުޅުން ވަޑައިގަންނަވާނެތޯ ނުވަތަ ނޫންތޯ، އެކަމާ ގުޅޭ ގޮތުން،" ސަމާސާ ރާގެއްގައި ނަޝީދު ވިދާޅުވި އެވެ.

މަޖިލީހަށް މެމްބަރުން ވަޑައިނުގަންނަވާތީ ޖަލްސާ ނުފެށި އިއްޔެ އާއި އޭގެ ކުރީ ދުވަހު ވެސް ގިނަ އިރުތަކެއް ވަންދެން މަޑުކުރަން ޖެހުނެވެ.

މަޖިލީހުގެ މެމްބަރުންނަށް މުސާރަޔާ އިނާޔަތްތަކުގެ ގޮތުގައި މަހަކު ގާތްގަނޑަކަށް 60،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. އޭގެ އިތުރުން، ކޮމިޓީގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ނަމަ އިތުރު 20،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox