ނިޒާމީ ވޯޓާ ގުޅޭ ގަރާރުގެ މަސައްކަތް ނިމެންދެން މަޖިލިސް ކުރިއަށް ގެންދަނީ

މަޖިލިހުގެ ރިޔާސަތުގައި މުހައްމަދު ނަޝީދު: ޑިމޮކްރެޓްސްއިން ހުށަހެޅި ނިޒާމީ ވޯޓު ގަރާރުގެ މަސައްކަތް ނިމެންދެން ކުރިއަށް ގެންދަން ނިންމަވައިފި - ފޮޓޯ: މަޖިލިސް

މަޖިލިހުގެ ރިޔާސަތުގައި މުހައްމަދު ނަޝީދު: ޑިމޮކްރެޓްސްއިން ހުށަހެޅި ނިޒާމީ ވޯޓު ގަރާރުގެ މަސައްކަތް ނިމެންދެން ކުރިއަށް ގެންދަން ނިންމަވައިފި - ފޮޓޯ: މަޖިލިސް

ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޑިމޮކްރެޓްސްއިން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް އެއްކޮށް ނިމި އިލެކްޝަންސް ކޮމިޝަނަށް މަޖިލީހުގެ ނިންމުން ހިއްސާކުރުމާ ހަމައަށް މިއަދު މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށް އެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނިޒާމު ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލާ ގަރާރެއް މަޖިލިހަށް ހުށަހެޅުއްވީ، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ތިން ވަނައަށް ގިނަ ވޯޓު ހޯއްދެވި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. މިއަދުގެ ޖަލްސާއަށް އެޖެންޑާކުރީ އެ ގަރާރުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ކުރިއަށް ގެންދިޔުމެވެ.

ނަމަވެސް ކޯރަމް ހަމަނުވެ ގަޑިއިރެއް ވަން ދެން ޖަލްސާ ނުފެށި ވަނިކޮށް ހެނދުނު 10:00 ޖަހާކަށް ހާއިރު ކޯރަމް ހަމަކޮށް އިލްޔާސް ވަނީ ތަޅުމަށް ގަރާރު އިއްވަވައިފަ އެވެ.

Advertisement

އޭގެ ފަހުން ހެނދުނުގެ ނާސްތާއަށް ޖަލްސާ މެދުކަނޑާލުމުގެ ވަގުތު ޖެހުމުން، އެ ކަން އިއުލާން ކުރައްވަމުން ނަޝީދު ވިދާޅުވީ އިބްތިދާއީ ބަހުސްގެ އިތުރުން ގަރާރުގެ ދިރާސާ ކުރުމާއި ފަހު ބަހުސް އަދި ގަރާރަށް ވޯޓަށް އެހުން ވެސް މިއަދު އޮންނާނެ ކަމަށެވެ.

"އަޅުގަނޑު ގަސްތު ކުރަނީ މިއަދު މި މަސައްކަތް ނިންމަން، އެއީ ބަހުސް ނިންމައި، މުޅި މަޖިލިހުގެ ކޮމިޓީއަކަށް ގެނެވި، އެ ކޮމިޓީން ވެސް މަސައްކަތް ނިންމައި، އަލުން އަނބުރާ ތަޅުމަށް ގެނެވި، ވޯޓަށް އަހައި، އަދި އިލެކްޝަންސް ކޮމިޝަނަށް އިންތިހާބު ބޭއްވުމަށް އެންގުމާ ހަމައަށް އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންދަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދެވީ ރާއްޖެއަށް އެންމެ ރަނގަޅު ވާނީ ބަރުލަމާނީ ނިޒާމެއް ކަމަށެވެ. މީގެ ކުރިން 2007 ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް ނަޝީދާއި އޭރު އެމަނިކުފާނު ލީޑުކުރައްވަމުން ގެންދެވި އެމްޑީޕީން ވެސް ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އެމަނިކުފާނާއި އެމްޑީޕީގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުން ތާއީދުކުރީ ރިޔާސީ ނިޒާމު މި ގޮތުގައި ބޭއްވުމަށެވެ. ނަޝީދާއި ރައީސް ސޯލިހާ ދެމެދު އޮތް ގުޅުން ގޯސްވެގެން ދިޔައިރު، ހިޔާލު ތަފާތުވި އެއް ކަމަކީ ވެސް ވެރިކަމުގެ ނިޒާމުގެ މައްސަލަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނައަށް އެންމެ ގިނަ ވޯޓު، ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްއިން ހޯދާފައިވާއިރު ދެ ވަނަ ބުރުގައި ރައީސް ސޯލިހަށް ތާއީދު ކުރުމަށް އެ ޕާޓީން ހުށަހަޅާ ޝަރުތަކީ ވެސް ފެންނަ ނުފެންނަ ވޯޓު ނަގައިދިނުމެވެ.

ޑިމޮކްރެޓްސްއިން ޝަރުތުކުރީ ސެޕްޓެމްބަރު 30، ގައި އޮންނަ ދެ ވަނަ ބުރުގެ ކުރިން އެ ވޯޓު ނެގުމަށެވެ. ނަމަވެސް ރައީސް ސޯލިހު އެއްބަސްވީ ދެ ވަނަ ބުރުގެ ވޯޓަށް ފަހު އަދި އެމަނިކުފާނުގެ މި ދައުރު ނިމުމުގެ ކުރިން އެ ވޯޓު ބޭއްވުމަށެވެ. ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލުން ރޭ ނިންމީ އެ ޕާޓީގެ ހުށަހެޅުމާ އެއް ގޮތަށް މާދަމާއަށް އެއްބަސްނުވެއްޖެ ނަމަ ވަކި ބަޔަކަށް ތާއީދު ނުކޮށް ތިބުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox