އޮސްކާ، ހަ އަހަރަށް ފަހު ބަޝުންދަރާ ކިންގްސް ދޫކޮށްލައިފި

Jul 6, 2024, 2:04 PM
ކޯޗު އޮސްކާ ބްރުޒޮން: އޭނާ ވަނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްގެ ކޯޗުކަން ދޫކޮށްލައިފައި.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ކޯޗު އޮސްކާ ބްރުޒޮން: އޭނާ ވަނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްގެ ކޯޗުކަން ދޫކޮށްލައިފައި.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަށް ހަ އަހަރު ކޯޗުކަން ކޮށްދިނުމަށް ފަހު، ސްޕެއިނުގެ އޮސްކާ ބްރުޒޮން ބަރޭރާސް އެ ޓީމު ދޫކޮށްލައިފި އެވެ.

އޮސްކާ، 47 ، ބަޝުންދަރާ ކިންްގްސްއާ ހަވާލުވީ، 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. އެއީ ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ދޫކޮށްލުމަށް ފަހު އެވެ.

މިދިޔަަ ބުރާސްފަތި ދުވަހު، އޮސްކާ ވަނީ ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި، ބަޝުންދަރާގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ ކަމަށް ހާމަކޮށްފަ އެވެ. ބަޝުންދަރާ އަށް ކޯޗުކޮށްދިން ހަ އަހަރު އެ ޓީމަށް ފަސް ފަހަރު، ބަންގްލަދޭޝްގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން އޮސްކާ، އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް ގެނައީ، އެ ކްލަބްގެ މެނޭޖްމަންޓާ މަޝްވަރާ ކުރުމަށް ފަހު އެވެ.

އޮސްކާގެ ކޯޗުކަމުގައި ބަޝުންދަރާ އިން 11 ތަށި ހޯދިއިރު، އެ ޓީމު ވަނީ އެއް ސީޒަނުގައި އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފަށް ވެސް ކޮލިފައިވެފަ އެވެ. އަދި ގަވާއިދުން އޭއެފްސީ ކަޕްގައި ވާދަކޮށް ތަފާތު ދައްކައި، ރަނގަޅު ނަތީޖާތަކެއް ނެރެފައިވެ އެވެ.

ބަޝުންދަރާގެ ކޯޗަކަށް އޮސްކާ ހުރިއިރު، އެ ކްލަބްގެ މެނޭޖްމަންޓާއި ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން އެދިގެން، 2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްގެ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދިނީ އޮސްކާ އެވެ. ބަޝުންދަރާގައި ހުރެ، އޮސްކާ ވަނީ ގިނަ ފަހަރުތަކެއްގެ މަތިން ރާއްޖޭގެ ޓީމުތައް އަތުން ކާމިޔާބު ހޯދައިފަ އެވެ. އޮސްކާގެ ކޯޗުކަމުގައި، ބަޝުންދަރާ އިން ރާއްޖޭގެ ކްލަބްތަކާ (ނިއު ރޭޑިއަންޓް/ޓީސީ/ މާޒިޔާ) ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ވަނީ މޮޅުވެފަ އެވެ. މާޒިޔާ އިން ވަނީ އޮސްކާ ހުއްޓައި، ބަޝުންދަރާ ބަލިކޮށްފަ އެވެ.

ދެކުނު އޭޝިއާގެ ތިން ގައުމެއްގައި އޮސްކާ ވަނީ ފުޓްބޯޅައިގެ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެެވެ.

އެ ގޮތުން، ސެލްޓާ ވިގޯގެ ޔޫތު ޓީމުގެ ކުރީގެ ކޯޗު، އެންމެ ފުރަތަމަ މަސައްކަތްކުރީ އިންޑިއާ ފުޓްބޯޅައިގަ އެެވެ. އެ ގޮތުން، 2012 ވަނަ އަހަރު ސްޕޯޓިން ގޯއާގައި މަސައްކަތްކުރި އޮސްކާ، ފަހުން މުމްބާއި ސިޓީ އާއި މުމްބާއި އެފްސީގައި ކޯޗުކޮށްދިނުމަށް ފަހު، 2017 ވަނަ އަހަރުގެ މެދު ތެރެއިން ރާއްޖޭގެ ނިއު ރޭޑިއަންޓާ ހަވާލުވި އެވެ.

އޮސްކާ ވަނީ ނިއު އަށް 2017 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި 2018 ވަނަ އަހަރުގެ މާލޭ ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި 2018 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އަދި ފަހުން، ބަޝުންދަރާ އަށް ބަދަލުވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox