ނިއު ރޭޑިއަންޓާ އެކު ހޯދި ލީގު ތަށި އޮސްކާ އަށް ހާއްސަ

ނިއު ރޭޑިއަންޓާ އެކު ލީގު ކާމިޔާބު ކުރުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން އޮސްކާ.--- ފޮޓޯ: މިހާރު

ނިއު ރޭޑިއަންޓާ އެކު ލީގު ކާމިޔާބު ކުރުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން އޮސްކާ.--- ފޮޓޯ: މިހާރު

ކޯޗިން ކެރިއަރުގައި މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ލިބުނު ކާމިޔާބީތަކުގެ ތެރެއިން އެންމެ ހާއްސަ އެއް ކާމިޔާބީގެ ތެރޭގައި 2017 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެކު ލިބުނު ދިވެހި ޕްރިމިއާ ލީގު ތަށި މަތިން ހަނދާން ހުންނާނެ ކަމަށް ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

އޮސްކާ ވަނީ، ނިއު އަށް 2017 ގެ މެދު ތެރެއިން ފެށިގެން، 2018 ވަނަ އަަހަރުގެ އޮގަސްޓްގެ ނިޔަލަށް ކޯޗުކޮށްދީފަ އެވެ.

އޮސްކާ ވަނީ، ނިއު އަށް ހަތަރު ތަށި ހޯދައިދީފަ އެވެ. އެއީ، 2017 ވަަނަ އަަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި 2018 ވަނަ އަހަރުގެ އެސްޓީއޯ މާލޭ ލީގެެވެ.

އިންޑިއާ ލީގުގެ މުމްބާއީ އާއި ގޯއާގައި ވެސް ކޯޗުކަން ކުރި އޮސްކާ، ނިއު ދޫކޮށްލުމަށް ފަހު، 2019 ވަނަ އަހަރު ހަވާލުވީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ އެވެ. އެ ކްލަބްގައި ކާމިޔާބު ހަ އަހަރު ހޭދަކޮށް، މިދިޔަ ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލީ އެވެ.

އުފަން ގައުމު، ސްޕެއިނުގައި މި ވަގުތު ދިރިއުޅެމުން އަންނަ އޮސްކާ، އެ ގައުމުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ވަނީ ކޯޗިން ކެރިއަރާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދައްކައިފަ އެވެ.

އެ ގޮތުން، އިންޓަވިއުގައި، އޮސްކާ އަށް ކެރިއަރުގައި ލިބުނު އެންމެ ހާއްސަ ތަށްޓާ ބެހޭގޮތުން ސުވާލުކުރެވުނެވެ.

"އަހަރެން ނަގާނީ މި އަހަރުގެ ޓްރެބަލް (ބަޝުންދަރާއާ އެކު ހޯދި ތިން ތަށި)، ދެން މި އަހަރު އޭއެފްސީ ޗެމްޕިއަންސް ލީގުގައި ކުޅެން ފުރުސަތު ލިބުން ވެސް ތަށްޓެއްގެ ގޮތުގައި ގުނަނީ. ދެން، ހަގީގަތުގައި ހާއްސަ ތަށީގެ ގޮތުގައި އަހަރެން ރާއްޖޭގައި ކާމިޔާބުކުރި ލީގު ހިމެނޭނެ، އެއީ އަހަރެންގެ ފުރަތަމަ ގައުމީ ލެވަލެއްގެ ތަށި،" އޮސްކާ ބުންޏެވެ.

އިންޑިއާ، ރާއްޖެ އަދި ބަންގްލަދޭޝްގައި ޖުމްލަ އެއްކޮށް، އޮސްކާ ވަނީ 15 ވަރަކަށް އަހަރު ކޯޗިންގައި ތަޖުރިބާތަކެއްކޮށް، ގިނަ ކާމިޔާބީތަކެއް ހޯދައި، މީހުންގެ އިހުތިރާމް ވެސް ހޯދައިފަ އެވެ

އޭޝިއާގެ ފުޓްބޯޅައާ މެދު ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން އޮސްކާ ބުނީ، އެންމެ ބޮޑު އެއް ކަމަކީ، ކްލަބްތަކުގެ ސަގާފަތް ބައްޓަން ވެފައި އޮންނަނީ ޔޫރަޕާ ތަފާތުކޮށް ކަމަށެވެ. ގިނަ ބަޔަކު އަމިއްލަ ސަރަހައްދަށް ނިސްބަތްވާ ޓީމާ މެދު ފަހުރުވެރިވެ، ސަޕޯޓް ކުރާ މިންވަރު ޔޫރަޕާ އަޅާކިޔާނަމަ ކުޑަ ކަމަށެވެ.

ބަންގްލަދޭޝްގެ ގައުމީ ޓީމަށް 2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ކޯޗުކޮށްދީފައިވަނީ އޮސްކާ: އެ މުބާރާތުގެ ތެެރެއިން ބޭއްވި ޕްރެކްޓިހެއްގައި އޮސްކާ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

"އިންޑިއާ ދެން މި އޮތީ، އެ މީހުން ވަރަށް އިންވެސްޓް އެބަކުރޭ ސުޕަ ލީގަށް، މޮޅު ކޯޗުން ގެނެސްގެން، ރަނގަޅު ފެސިލިޓީ އެ މީހުންގެ ހުރީމަ، އެކަމަކު، ހަގީގަތަކީ ދަށު ކެޓަގަރީތައް އެ ހުރީ ވަރަށް އާދައިގެ ގޮތަކަށް އޮނިގަނޑު ހަދައިފައި،" އިންޑިއަން އައި ލީގާއި ސުޕަ ލީގުގައި ވެސް ކޯޗުކޮށްދިން އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ ކޯޗިން ކެރިއަރުަގައި އޭނާ މިހާތަނަށް ނިންމާފައިވާ ނިންމުންތަކާ މެދު ވިސްނާނަމަ އަދިވެސް އެކަން ތަކުރާރުކުރަން ފަސް ނުޖެހޭނެ ކަމަށެެވެ.

އޮސްކާ ބުނީ އޭޝިއާގައި އޭނާ އަށް އެންމެ އުނދަގޫ ތަޖުރިބާއެއް ކުރަން ޖެހުނީ، މުމްބާއި ޓީމުގައި ނިކޮލަސް އަނެލްކާއާ އެކު މަސައްކަތްކުރިއިރު ކަމަށެެވެ. އެ ގޮުތުން، އަނެލްކާ އަށް ފުޓްބޯޅަ ދަސްވެފައި އޮތް ބޮޑު ގޮތަކީ ނަމުން ކަމަށާއި އޭނާ އަށް ފުޓްބޯޅަ މުހިންމީ ކުޅޭ ސިސްޓަމާއި ފިލޯސަފީއާ އެހެނިހެން ގޮތްގޮތުން ކަމަށްވާތީ، އެ ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލީ ކަމަށެެވެ.

ސެލްޓަ ވީގޯގެ ޔޫތު ޓީމުތަކުން ކޯޗިން ކެރިއަރު ފެށި އޮސްކާ ގަބޫލުކުރާގޮތުގައި، އޭނާގެ ކޯޗިން މާކެޓަކީ އޭޝިއާ އެވެ. އެކަމަކު، އާ ޗެލެންޖެއް ނެގުން ވެސް އެއީ ކެރިއަރަށް މުހިންމު ކަމެއްގެ ގޮތުގައި އޮސްކާ ދެކެ އެވެ. އެ ގޮތުން، އެފްރިކާ ފުޓްބޯޅަ އަކީ ވެސް އޭޝިއާ އެކޭ އެއް ކަހަލަ ގޮތަކަށް އޮތްތަނެއް ކަމަށާއި ލެޓިން އެމެރިކާ އިން ވެސް ހުށަހެޅުމެއް ލިބުނު ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ

އަހަރެން ބޮޑަށް ބޭނުންވަނީ އާކަމެއް ތަޖުރިބާ ކޮށްލަން، މިހާރު އެންމެ ބޮޑަށް އިސްކަމެއް ދޭން ވިސްނަނީ ކޮންމެ އޮފާއެއްގައި ވެސް އެ ހިމެނޭ މާލީ ކަންކަމަށް، އެ ހަވާލުވާ ޓީމެއް ދެން އަހަންނަށް ލިބޭ ކަންކަން. މި ހުރިހާ ކަމަކަށް ބަލައިގެން، ދެން ކުރިއަށްދެވޭނީ، އާ ޗެލެންޖެއް ބޭނުން، މިހެން މި ބުނީ، ޔޫރަޕް ފުޓްބޯޅަ އަށް އެނބުރި އައުން ވެސް ހިމަނައިގެން.— އޮސްކާ ބުންޏެވެ.

އޭޝިއާ ފުޓްބޯޅައިގައި ކްލަބްތަކާއި ބަންގްލަދޭޝް ގައުމީ ޓީމުގައި ވެސް ތަޖުރިބާތަކެއް ކުރި އޮސްކާ، ވަނީ މި ސަރަހައްދުގައި ކޯޗިން އިން 14 ތަށި ހޯދައިފަ އެވެ. އޭގެއިން އެންމެ ގިނައީ ބަންގްލަަދޭޝްގެ ބަޝުންދަރާގައި ހޯދި ތަށްޓެވެ. އޮސްކާ، މިހާތަނަށް އެންމެ ގިނަ އަހަރު ކޯޗުކޮށްދިން ޓީމަކީ ވެސް އެއީ އެވެ. އޭނާ ދެކޭ ގޮތުގައި، ބަޝުންދަރާގައި އޮތް އިތުބާރާއި ސިސްޓަމަކީ އޭނާ އަށް މަސައްކަތް ކުރަން އެންމެ ފަސޭހަވި މާހައުލު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox