އޮސްކާ ހަވާލުވި އީސްޓް ބެންގޯލް އޭއެފްސީ ޗެލެންޖް ލީގު ކުއާޓާ އަށް

Nov 1, 2024, 2:39 PM
އޮސްކާ ހަވާލުވި އީސްޓް ބެންގޯލް އޭއެފްސީ ޗެލެންޖް ލީގު ކުއާޓާ އަށް

ދެކުނު އޭޝިއާގެ ތިން ގައުމެއްގައި ތަފާތު ދައްކާފައިވާ ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން، ދާދި ފަހުން ހަވާލުވި އިންޑިއާގެ އީސްޓް ބެންގޯލް، އޭއެފްސީ ޗެލެންޖް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މީގެ 23 ވަރަކަށް ދުވަސް ކުރިން އީސްޓް ބެންގޯލް ކޯޗުގެ މަގާމާ އޮސްކާ ހަވާލުވިއިރު، އެ ޓީމު އޮތީ އިންޑިއަން ސުޕަ ލީގުގެ ފުލުގަ އެވެ. އަދިވެސް އެ ޓީމު އެ މަގާމުގައި އޮތްއިރު، އޮސްކާ ހަވާލުވި ފަހުން ވެސް ލީގުގައި ކުރިއެރުމެއް ނުލިބެ އެވެ.

އެކަމަކު، އޭއެފްސީ ޗެެލެންޖް ލީގުގައި ވާދަކުރި ގްރޫޕުން އެއް ވަނަ ހޯދައި، އީސްޓް ބެންގޯލް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އީސްޓް ބެންގޯލް ކުޅުނީ، ބޫޓާނުގައި ކުރިއަށްދިޔަ، ގްރޫޕް އޭގަ އެވެ. އެ ގޮތުން، އެ ގްރޫޕްގެ ފުރަތަމަ މެޗުން އީސްޓް ބެންގޯލް ވަނީ ބޫޓާންގެ ޗެމްޕިއަން، ޕަރޯއާ 2-2 އިން އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގައި އޮސްކާގެ ކުރީގެ ޓީމު ބަޝުންދަރާ ކިންގްސް އަތުން އީސްޓް ބެންގޯލް ވަނީ 4-0 އިން މޮޅުވެފަ އެވެ.

ގްރޫޕްގެ ފަހު މެޗުގައި، މިއަދު އީސްޓް ބެންގޯލް އިން ވަނީ ލެބަނަންގެ ނަޖްމޭ އަތުން 3-2 އިން މޮޅުވެފަ އެވެ. އީސްޓް ބެންގޯލް އަށް ހަތް ޕޮއިންޓް ލިބުނުއިރު، ދެ ވަނަ ހޯދި ނަޖްމޭ އަށް ހަ ޕޮއިންޓް ވަނީ ލިބިފަ އެވެ. މި ގްރޫޕްގެ ފަހު މެޗުގައި ބަޝުންދަރާއާ ކުޅޭ، ޕަރޯ އަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި ބަޝުންދަރާ އޮތީ ޕޮއިންޓެއް ނުލިބި އެވެ.

ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ގޮވައިގެން އޭއެފްސީ ކަޕްގައި ވާދަކުރި އޮސްކާ ވަނީ ބަޝުންދަރާއާ އެކު، އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކޮލިފައިންގައި ކުޅެފަ އެވެ.

އޮސްކާ ދެކޭގޮތުގައި، އޭއެފްސީ ޗެލެންޖް ލީގުގެ ކުއާޓާ އަށް އީސްޓް ބެންގޯލް ދިއުމަކީ އެ ޓީމުގެ ސީޒަން ރަނގަޅު މިސްރާބަށް ގެންނަން ލިބުނު ފުރުސަތެކެވެ. އަދި މި މުބާރާތުގައި ހާސިލްކުރެވުނު ކަންކަމުން ހިތްވަރު ހޯދައި، އިންޑިއަން ސުޕަ ލީގުގައި ވެސް ނަތީޖާ ނެރެން އީސްޓް ބެންގޯލަށް ފަސޭހަވާނެ ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox