ނަޝީދާ ބައްދަލުކުރައްވަން ޔާމީނު ދެކޮޅުހައްދަވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: ޝާބިން/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: ޝާބިން/އަދަދު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު އަލުން ކަނޑައަޅަން ކުރައްވާ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރެއްވުމަށް އެދުމުން އެކަމަށް ދެކޮޅުހައްދަވައިފި އެވެ.

ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލުކުރެއްވުމުގެ ހުއްދަ އަށް ނަޝީދު އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުވެރިކޮށެވެ. އެމަނިކުފާނަށް އެ ހުއްދަ ދެއްވުން އެދި މަޖިލީހުން އިއްޔެ ވަނީ ހޯމް މިނިސްރީއަށް ސިޓީއެއް ފޮނުވައިފަ އެވެ.

ކަރެކްޝަންސް އިން މިއަދު "އަދަދު"އަށް ބުނީ ރައީސް ޔާމީނު ނަޝީދާ ބައްދަލުކުރެއްވުމަށް އިއުތިރާޒްވުމުން އެކަން މަޖިލީހުގެ އިދާރާއަށް އަންގާފައިވާނެ ކަމަށެވެ.

Advertisement

ރާއްޖެއަށް ރަނގަޅީ ބަރުލަމާނީ ނިޒާމުކަމަށް ވިދާޅުވެ، ނަޝީދު ދައްކަވާ ވާހަކަފުޅު މިފަހުން އާކުރެއްވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހުގަ އެވެ.

މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގައި ރައީސް ކަމަށް އިންތިހާބުވެވަޑައިގަންނަވަން ހޯއްދަވަން ޖެހޭ އަދަދަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިވަޑައެއް ނުގަންނަވަ އެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރުމަށް، ތިން ވަަނައަށް އެންމެ ގިނަ ވޯޓު ހޯދި ޕާޓީގެ ހައިސިއްޔަތުން، ނަޝީދުގެ ދަ ޑިމޮކްރެޓްސް އިން އެމްޑީޕީއަށާއި ޕީޕީއެެމް އަށް ވެސް ހުށަހެޅި ޝަރުތަކީ ނިޒާމު ކަނޑައެެމުގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ.

ނަޝީދު އެދިވަޑައިގަނަންވަނީ ޔާމީނާ އެކު އެ މަޝްވަރާ ކުރިއަށް ގެންދަވާށެވެ.

"ރައީސް ޔާމީނު އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން 25 ސެޕްޓެމްބަރު ދުވަހުގެ ކުރީގައި އެ ވޯޓު ނެންގެވުމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކާއި، އަޅުގަނޑުމެންނަށް އެ ކަމުގައި އެހީތެރިވެވޭނެ ގޮތެއް އޮތްނަމަ އެ ވާހަކައަކާ،" ޑިމޮކްރެޓްސްގެ މެމްބަރުންނާ އެކު އިއްޔެ ބޭއްވެވި ބައްދަލުނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox