މިއުނިކް (ސެޕްޓެމްބަރު 16) - ޖަރުމަން ލީގުގައި ރޭ ބަޔާން މިއުނިކް އާއި ބަޔާ ލޭވަކޫސަން ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.
ބަޔާން މެޗުން މޮޅުވާން ދަނިކޮށް، ލޭވަކޫސަން އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރުގަ އެވެ. ލެވަކޫސަންގެ ކޯޗަކަށް ހުރީ ކުރިން ބަޔާން އަށް ކުޅެފައިވާ ސްޕެއިނުގެ މިޑްފީލްޑަރު، ޒަބީ އަލޮންސޯ އެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މެޗުގެ ހަތް ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ މި ސީޒަންގައި ކުޅުނު ފޯވަޑް ހެރީ ކޭން އެވެ. އެކަމަކު، ލޭވަކޫސަންގެ އެލެކްސް ގްރިމަލްޑޯ ވަނީ މެޗުގެ 24 ވަނަ މިނިޓުގައި ލަނޑު ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ބަޔާން އިން އަލުން ލީޑު ނެގީ މެޗުގެ 86 ވަނަ މިނިޓުގައި ލިއޮން ގޮރެޓްޒްކާ ޖެހި ލަނޑުންނެވެ.
ބަޔާން މެޗުން މޮޅުވާން ދަނިކޮށް، ލޭވަކޫސަން އިން ނަތީޖަ ހަމަަހަމަކުރީ އިތުރު ވަގުތުގައި އެޒެކިއެލް ޕަލާސިއޮސް ޖެހި ލަނޑުންނެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ބަޔާންގެ ފޯވަޑް ކޭން ބުނީ މި މެޗު އެއްވަރުވިޔަސް، މިއީ ދެ ޓީމަށް ވެސް ހައްގު ޕޮއިންޓެއް ކަމަށެވެ.
"އެކަމަކު ފަހު ވަގުތު އެ ގޮތަށް ޓީމު ކޮޅަށް ލަނޑެއް ވަނުމަކީ ވަރަށް ބޮޑު ދެރައެއް،" ކޭން ބުންޏެވެ،
މި މެޗުގައި ކޭން ޖެހި ލަނޑަކީ ބުންޑަސްލީގާގާއި މިހާތަނަށް އޭނާ ޖެހި ހަތަރު ވަނަ ލަނޑެވެ. ކޭން ބުނީ ކުރިއަށް އޮތް މެޗުގައި އޭނާގެ ކުޅުން އިތުރަށް ރަނގަޅުކުރާނެ ކަމަށެވެ.












