ބޭނުންވަނީ މީހެކެވެ. އަދި މީހުންނެވެ.

ބޭނުންވަނީ މީހެކެވެ. އަދި މީހުންނެވެ.

އައްސަވާށެވެ! އެއްސަހަރެއްގައި އުޅުއްވި ރަސްކަލަކު އޭނާގެ ވަޒީރަކު ގެންނަވާފައި މީގެ ކުރިން ދުވަހަކުވެސް ތަނެއްގައި ނެތް ވަރުގެ ރީތި ރަނުގެ ތާޖެއް ހެދުމަށް އަމުރުކުރެއްވި އެވެ. އެމީހާ ދުވަސްކޮޅެއްގެ ތެރޭގައި އެ ރަނުގެ ތާޖު ހަދައިގެން ގެނައުމުން، ހުނަރުވެރިކަމުގެ މުބާރާތެއް އިއުލާނުކުރުމަށް އެންގެވި އެވެ. އެންމެ އާދަޔާ ހިލާފު މޮޅު ހުނަރުވެރިކަމެއް ދައްކާ މީހެއްގެ ބޮލުގައި އެ ތާޖު އަޅުވާ ގޮތަށެވެ.

މީސްތަކުން ރަސްގެފާނުގެ ކުރިފުޅުމަތީގައި ހުނަރުތައް ދައްކަން ފަށައިފި އެވެ. މިހިރަ ތަނުން ތެދުވި ޒުވާނަކު، އޭނާގެ އަތުލިޔުމުގެ ހުނަރުގެ މޮޅުކަމާއި ރީތިކަމުން މީސްތަކުން އަޖައިބުކޮށްފައި އިށީނދެއްޖެ އެވެ. ޖެހިގެން އިން އެހެން މީހަކު ތެދުވެފައި، އޭނާގެ ސައިންޓިފިކް ތަޖުރިބާތަކާއި އުފެއްދުންތައް ހުށަހަޅައި ބެލުންތެރީން ހައިރާންކޮށްފައި އިށީނދެއްޖެ އެވެ. އެޔާ ވިދިގެން ދެން އިން މީހާ ތެދުވެ ދުވަހަކުވެސް މީހަކު އަހާފައި ނުވާފަދަ ވަރަށް އާދަޔާ ހިލާފު، މޮޅު ދިގު ޅެމަކުން އެހުންތެރީންގެ ސަމާލުކަން ހޯދާފައި އިށީނދެއްޖެ އެވެ.

ރަސްގެފާނުގެ ލޮލުގައި އަޅައިގަތީ، އެތަނުގައި ވަރަށް ހިނި އައިސްފައި ހަމަޖެހިލައިގެން އިށީނދެ އިން މުސްކުޅި ދައިތައެކެވެ. ވަރަށް އިހުތިރާމާއެކު އެދައިތައަށް ރަސްގެފާނު ވިދާޅުވި އެވެ. ތެދުވެވަޑައިގެން ދައިތަގެ ބައި ކުރިޔަށް ގެންދަވާށެވެ! އެހިނދު އެ މުސްކުޅި މީހާ ބުންޏެވެ. އޭ އިއްޒަތްތެރި ރަސްކަލުންނޭވެ! އަހަރެން މިއައީ މި މިމުބާރާތުގައި ބައިވެރިވުމަކަށް ނޫނެވެ. އަހަރެން މިއައީ އަހަރެންގެ ތިން ދަރިން މި މުބާރާތުގައި ވާދަކުރާތީ، އެތަނުން ރަސްގެފާނުގެ އިނާމު ހާސިލުކުރަނީ ކޮން ކުއްޖެއްތޯ ބެލުމަށެވެ. ރަސްގެފާނުގެ ކުރިފުޅުމަތީގައި ދެންމެ އާދަޔާ ހިލާފު ހުނަރު ދެއްކި ތިން ކުދިންނަކީ ވެސް އަހަރެންގެ ދަރީންނެވެ.

ހަމައެޔާއެކު ރަސްގެފާނު ކުއްލިއަކަށް ތަހުތުން ތެދުވަޑައިގެން ހަރުއަޑުފުޅުން ވިދާޅުވި އެވެ. މުބާރާތް ނިމުނީ އެވެ. ރަނުގެ ތާޖު، އިންސާނީ އުފެއްދުންތެރިކަމުގެ ނަމޫނާއެއްފަދަ މި އަންހެން މީހާގެ އިސްތަށިފުޅުގައި އަޅުވާށެވެ! ދެން އެކަމަނާގެ އިސްތަށިފުޅުގައި ރަނުގެ އެ ތާޖު އެޅުވިއްޖެ އެވެ. މީހުން މީހުންނަށް ހެދުމަށްވުރެ މޮޅު އެހެން ހުނަރުވެރިކަމެއް ނެތްކަމަށް ރަސްގެފާނަށް ފެނިވަޑައިގަތީ އެވެ.

އާދޭހެވެ! އެރަސްގެފާނަށް ފެނިވަޑައިގަތީ، ހުނަރުވެރި ތިން ޒުވާނުންނަކީ ގައުމު ބިނާކުރެވޭ ފަދަ "މީހުން" ކަމަށެވެ. އަދި އެމީހުން ބިނާ ކުރި މީހާ އެއީ އަދި މާބޮޑު ޝަރަފުވެރި "މީހާ" ކަމަށެވެ. އެކަން ރަސްގެފާނަށް އެނގިވަޑައިގަތީ، ރަސްގެފާނަކީ، އުމަރުގެފާނު ސިފަކުރެއްވިފަދަ "މީހެއް" ކަމުގައިވާތީ އެވެ.

އަހަރެމެންގެ މަތިވެރި ހަލީފާ ޢުމަރުގެފާނުން އެކަލޭގެފާނުގެ އެކުވެރިންނަށް އެއްދުވަހެއްގައި ވިދާޅުވި އެވެ. އެކަމެއް ހާސިލުވުން އެދޭ ކަމެއް ބުނެބަލާށެވެ. އެކަކު ބުންޏެވެ. އަހަރެން އެދެނީ މިހިރަ ފެންނަ ބޮޑު ގެ ފުރާ ރަންލިބުމަށެވެ. އެހުރިހާ އެއްޗެއް އަހަރެން ﷲ ގެ މަގުގައި ހޭދަކުރުމަށެވެ. ވިދާޅުވި އެވެ. ހާސިލުވުން އެދޭ ކަމެއް ބުނެބަލާށެވެ. އެހެން މީހަކު ބުންޏެވެ. އަހަރެން އެދެނީ މިހިރަ ގެ ލުއުލުއާއި ޒަބަރުޖުދުން ފުރިފައި އޮތުމަށެވެ. އެހުރިހާ އެއްޗެއް އަހަރެން ﷲ ގެ މަގުގައި ހޭދަކޮށް އެއިން ސަދަގާތްކުރުމަށެވެ. ދެން ވެސް ވިދާޅުވި އެވެ. ހާސިލުވުމަށް އެދޭކަމެއް ބުނެބަލާށެވެ. އެމީހުން ބުންޏެވެ. އޭ އަހަރެމެންގެ އަމީރެވެ. ބުނަންވީ އެއްޗެއް ނޭނގުނެވެ. ދެން އުމަރުގެފާނު ވިދާޅުވި އެވެ. އަހަރެން އެދެނީ އަބޫޢުބައިދާއާއި މުޢާޛް ބުން ޖަބަލްއާއި ސާލިމްގެފާނު ފަދަ "މީހުން" ތިބުމަށެވެ. އެއެންމެންމެ ﷲ ގެ ނަންފުޅު މަތިވެރިކުރުމަށްޓަކައި ބޭނުންކުރުމަށެވެ. އުމަރުގެފާނު އެވިދާޅުވާ "މީހުން" މިސާލަކަށް އަބޫޢުބައިދާއަކީ ކޮން ބޭކަލެއްކަން ދެނެގަތުމަށް، "އުންމަތުގެ އަމާނާތްތެރިޔާގެ ހަޔާތުގެ އުސްއަލިތައް" މި ލިޔުން ވިދާޅުވާށެވެ.

އުމަރުގެފާނުގެ ހިލާފަތުގައި މުޅި ދުނިޔެ އިސްލާމުން ފަތަހަކޮށް ދުނިޔޭގެ ހަތަރުބިތަށް މުސްލިމުން ވެރިކަން ހިންގިއިރު، އެންމެހައި މުސްލިމްތަކުންގެ ހަލީފާގެ އެބަސްފުޅުން، ދުނިޔަވީ ބާރުވެރިކަމާއި އަދުލުވެރި ވެރިކަންތައް މުޅި ދުނިޔެއަށް ފަތުރާލެވޭނެ ސިއްރު އެއޮތީ ފެންނާށެވެ. އާދޭހެވެ! ރަނާއި ޖަވާހިރަށްވުރެން، އަރާހުރީ، އަދި ޑޮލަރާއި ޕައުންޑަށްވުރެ އަގުބޮޑީ، "މީހުން"ނެވެ. އެންމެ ނާދިރު ތަކެއްޗަށްވުރެ ނާދިރީ، ކިއެއްތަ ނާދިރަށްވުރެ ނާދިރު އެއްޗަކީ މީހުންނެވެ. އަދި އަހަރެމެން ރައްޔިތުންނަށް ވެސް އެނގެންވީ ކަމަކީ އެއީ އެވެ. އެހަގީގަތް ތަންތަނުގައި އުޅުއްވި ކުޅަދާނަ އަދުލުވެރި ވެރިން ގަބޫލުކޮށްފައި ވެ އެވެ. އަދި އެމަގުން އެބައިމީހުންގެ ވެރިކަންތައް ކާމިޔާބުކޮށްފައި ވެ އެވެ.

ތަނެއް ތަހުޒީބުވެ ތަރައްގީގެ މަގުގައި ކުރިޔަށް ގެންދިއުމަށް ބޭނުންވަނީ އުމަރުގެފާނު އެވިދާޅުވާ ފަދަ "މީހެކެވެ". އަދި އޭނާގެ ވަށައިގެން "މީހުން" ތިބުމެވެ. އިސްވެދިޔަ އިބުރަތްތެރި ދެ ވާހަކައިގެ އިތުރުން އަންނަނިވި ހިޔާލީ އެކަމަކު ބުއްދިވެރި ވާހަކަވެސް ވިދާޅުވާށެވެ! ދެވަނަ ބުރުގައި ވޯޓުލުމަށްޓަކައި ސިކުނޑި ހިންގާލަން މިއީ ވެސް ރަނގަޅު ދައުވަތެކެވެ.

ރަސްގެފާނުގެ ދަރުބާރަށް ހެދުނު ހެދުނާ ބޮޑު ގެރިއެއް ވަދެފައި ރަސްގެފާނަށް ދަންނަވައިފި އެވެ. އަހަރެންނަށް ޝަރަފުވެރިކަމުގެ ގައުމީ މެޑެއްޔެއް ދެއްވަން ނުވޭތޯ އެވެ؟ ރައްޔިތުން ބޮއި އުޅެނީ އަހަރެންގެ ކިރެވެ. ކައިއުޅެނީ އަހަރެންގެ މަހެވެ. ލައި އުޅެނީ އަހަރެންގެ ހަމެވެ. ނުވިތާކަށް އަހަރެންގެ ނަޖިސް ވެސް އިންސާނުން ދުލެއް ނުކޮށްލަ އެވެ. ރަސްގެފާނު މިއަޑުއައްސަވާފައި ތިންވަނަ ދަރަޖައިގެ ޝަފަރުވެރިކަމުގެ މެޑެއްޔެއް ގެރިއަށް ދެއްވައިފި އެވެ.

މިކަން މިހެން ހިނގި ހަބަރު އަހާފައި ބާރު ދުވެލީގައި ރަސްގެފާނުގެ ދަރުބާރަށް އަސް ގޮސް ދަންނަވައިފި އެވެ. މި ވަތަން ދިފާއުކޮށް ހަނގުރާމަކުރަނީ މަގޭ ބުރަކަށިމަތީގައި ނޫންތޯ އެވެ. ގެރިޔަށްވުރެ ޝަރަފުވެރިވާނީ ތިމަންނާ އެވެ. މި ޝަކުވާ އަޑުއައްސަވާފައި ރަސްގެފާނު ދެވަނަ ދަރަޖައިގެ ޝަރަފުވެރިކަން އަހަށް އަރުވައިފި އެވެ.

މިހަބަރު ލިބިގެން ހިމާރު ވެސް ރަސްގެފާނުގެ ދަރުބާރަށް އަތުވެއްޖެ އެވެ. އައިސްފައި ހިމާރަށް ޝަރަފުވެރިކަމުގެ މެޑެއްޔެއް ނުލިބޭ ވާހަކަ ދަންނަވައިފި އެވެ. ރަސްގެފާނު ވިދާޅުވި އެވެ. މެޑެއްޔަކަށް ތިޔަ އެދެނީ ތިބާއަށް މެޑެއްޔެއް ހައްގުވާ ފަދަ ކަމަކީ ކޮބާހެއްޔެވެ؟ ހިމާރު ބުއްދުވެރިކަމާއެކު ދެންނެވި އެވެ. އަހަރެން ފަދަ ހިމާރުން ރަސްގެފާނުގެ ވަށައިގެން ނުވި ނަމަ، މަނިކުފާނަށް ތިޔަ ތަހުތުގައި ތިޔަ ގޮތަށް އިނދެވުނީސްތޯ އެވެ؟ ރަސްގެފާނު ހިމާރަށް އެރުވިކަމަށްވަނީ އެއްވަނަ ދަރަޖައިގެ ޝަރަފުވެރިކަމެވެ.

ވެރިން އިހުތިޔާރުކުރުމުގައި އިސްލާމީ ނަޒަރަކުން ބަލަންވީ ކަންކަމަށް މީގެ ކުރީގެ ދެ ލިޔުމެއްގައި އަލިއަޅުވާލާފައިވާނެ އެވެ. އަޅުގަނޑު މިއަދު ދައުވަތުދެނީ އިސްލާމްދީނުގެ ދައުވަތުންނެވެ. އެއީ ސަބައު ސޫރަތުގެ 46 ވަނަ އާޔަތުގައި މާތް ﷲ އަމުރުކުރެއްވި ފަދައިން އަހަރެމެންގެ މާތް ނަބިއްޔާ ދެއްވި ދައުވަތުންނެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން، ތިޔަބައިމީހުންނަށް ނަސޭހަތްތެރިވާކަން ކަށަވަރީ، އެންމެކަމަކަށެވެ. (އެއީ) ތިޔަބައިމީހުން ދޭދޭމީހުންނާއި، ވަކިވަކިން ﷲ އަށްޓަކައި (ހައްގު މަގު ހޯދުމުގައި) ގާއިމުވެތިބުމަށެވެ. ދެން ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށެވެ."

ވިސްނާފިކުރުކުރުމަށް ދައުވަތު ދެވޭ އެއް ގޮތަކީ، ބުއްދިވެރި ވާހަކަތައް ކިޔައިދީގެން މީހުންގެ ބުއްދިތައް ހޭލައްވާލުމެވެ. ކީރިތި ގުރުއާނުގެ އަލްއަޢުރާފު ސޫރަތުގެ 176 ވަނަ އާޔަތުގައި ވަނީ "..ފަހެ ކަލޭގެފާނު އެބައިމީހުންނަށް ވާހަކަތައް ކިޔައިދެއްވާށެވެ. އެއީ އެބައިމީހުން ފިކުރުކުރުމަށްޓަކައެވެ."

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox