ކޮމަންވެލްތު ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އައިޔޫއެމްގެ ދަސްވެނިވުން -- ފޮޓޯ: ރައީސް އޮފީސް

އައިޔޫއެމްގެ ދަސްވެނިވުން -- ފޮޓޯ: ރައީސް އޮފީސް

އިނގިރޭސިވިލާތުގައި މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބޭ، "ކޮމަންވެލްތު ސްކޮލާޝިޕް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ވާގޮތުން، ކޮމަންވެލްތު ސްކޮލާޝިޕްގެ ދަށުން މި ފުރުސަތުގައި މާސްޓާސް ޑިގްރީ ފެންވަރުގެ ކޯހެއްގައި އިނގެރޭސިވިލާތުން ކިޔެވުމަށް ދެ ދަރިވަރަކަށް ފުރުސަތު ލިބޭނެ އެވެ.

ކޯހަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ސަރުކާރުން ނޮމިނޭޓް ކުރާ ދެ ކެންޑިޑޭޓުންގެ ފައިނަލް ސެލެކްޝަން ހަދާނީ ސްކޮލަޝިޕް އިންތިޒާމް ކުރާ ފަރާތްތަކުން ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެ އެވެ.

ސްކޮލާޝިޕްގެ ޝަރުތުތައް:

  • ހުށަހަޅާ ކޯހަކާ ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވުން.
  • ކޮމަންވެލްތު ސްކޮލަޝިޕް ކޮމިޝަން (ސީއެސްސީ) ގެ ވެބްސައިޓުގައި ކޯހާ ގުޅޭ ގޮތުން އިތުރު ޝަރުތެއްވާ ނަމަ، އެ ފުރިހަމަވެފައިވުން.
  • މަތީ ތައުލީމް ހާސިލް ކުރުމަށް ސަރުކާރުން ދޫކޮށްފައިވާ ލޯނެއް ނަގާފައިވާ ނަމަ، ގަވާއިދުން އެ ދައްކަމުން ގެންދިޔުން.
  • އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަށް ވުރެ މަތީ ކޯހަކަށްވުން އަދި އެ ފެންވަރުގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަ ކުރަމުން ނުދިޔުން.

ސްކޮލާޝިޕް ދިނުމުގައި އެންމެ ފުރަތަމަ އިސްކަންދޭނީ އެންމެ މަތިން އެކަޑެމިކް މެރިޓް ޕޮއިންޓު ލިބޭ ދަރުވަރުންނަށެވެ. އަދި މެރިޓް ޕޮއިންޓު އެއްވަރުވެއްޖެ ނަމަ ދެން އިސްކަންދޭނީ އެންމެ މަތީ ސެޓްފިކެޓް ހާސިލްކުރުމަށްފަހު ރާއްޖެއަށް ހިދުމަތްކޮށްފައިވާ މުއްދަތަށް ކަމުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ސްޓޫޑޭންޓް ލޯން ސްކީމަށް ހޮވިފައިވާ ކެންޑިޑޭޓުންނަށް ލޯނު އެގްރީމެންޓުގައި ސޮއިނުކުރާ ނަމަ، މި ސްކޮލާޝިޕަށް އެދި ހުށަހެޅޭނެ އެވެ. އަދި ސްކޮލާޝިޕަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

މި ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ސުންގަނޑިއަކީ ސެޕްޓެމްބަރު 26، ގެ 13:30 އެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ސްކޮލާޝިޕަށް އެދި ފޯމު ހުށަހެޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox