އަމްރަބަތުގެ ޑީލުގައި ފިއޮރެންޓީނާ އިން ބޭނުންވި މާއްދާ ހިމެނި

Sep 12, 2023, 4:52 AM
އަމްރަބަތުގެ ޑީލުގައި ފިއޮރެންޓީނާ އިން ބޭނުންވި މާއްދާ ހިމެނި

ފްލޮރެންސް، އިޓަލީ (ސެޕްޓެމްބަރު 12) - ލޯން ޑީލެއްގެ ދަށުން ޓްރާންސްފާގެ ފަހު ވަގުތު މެންޗެސްޓާ ޔުނައިޓެޑަށް މޮރޮކޯގެ މިޑްފީލްޑަރު، ސޯފްޔަން އަމްރަބަތު ދޫކޮށްލިއިރު، އެ ޑީލްގައި ފިއޮރެންޓީނާ އިން ބޭނުންވި މާއްދާއެއް ހިމަނާފައިވާކަން ހާމަވެއްޖެ އެވެ.

ގަތަރުގައި މިދިޔަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި މޮރޮކޯ ޓީމުން ވިދާލި އަމްރަބަތު، 27، ހޯދަން ގިނަ ކްލަބްތަކަކުން މަސައްކަތް ކުރި ނަމަވެސް ފިއޮރެންޓީނާ އިން ބޭނުންވާ އަގުދޭން ގިނަ ޓީމުތަކަކުން ބޭނުމެއް ނުވި އެވެ. ޖެނުއަރީ ޓްރާންސްފާގައި އަމްރަބަތު، ބާސެލޯނާ އަށް ބަދަލުވުމާ ގާތަށް ޖެހިލި އެވެ. އެކަމަކު، ބާސެލޯނާ އަށް އޭރު ޓްރާންސްފާ ފީއެއް ދެއްކޭ ގޮތްނުވި އެވެ.

ޔުނައިޓެޑުން މި ފަހަރުގެ ޓްރާންސްފާގައި އަމްރަބަތު ޑީލް ނިންމީ، އެއް އަހަރު ދުވަހުގެ ލޯން ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު ދައްކާ ގޮތަށެވެ. އަދި މި ސީޒަނަށް ފަހު ކޮންޓްރެކްޓް ދާއިމީ ކުރާނަމަ އިތުރު 30 މިލިއަން ޑޮލަރު ދޭން ވަނީ އެއްބަސްވެފަ އެެވެ.

Advertisement

ފިއޮރެންޓީނާ އިން ވަނީ ޔުނައިޓެޑަށް އަމްރަބަތު ދޫކޮށްލި ޑީލްގައި ހާއްސަ މާއްދާއެއް ހިމަނައިފަ އެވެ. އެ ގޮތުން، އަމްރަބަތު މި ވަގުުތު ފިއޮރެންޓީނާއާ އެކު ކޮންޓްރެކްޓްގައި ހުރީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެކަމަކު، މި ސީޒަނަށް ފަހު ޔުނައިޓެޑުން އަމްރަބަތުގެ ޑީލް ދާއިމީ ނުކުރަން ނިންމައިފިނަމަ، ފިއޮރެންޓީނާ އަށް އަމްރަބަތު، އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާ ކުރަން ފުރުސަތު ލިބޭނެ އެވެ.

ޔުނައިޓެޑަށް ބަދަލުވި ފަހުން ލިބުނު އަނިޔާއަކާ ހެދި އަމްރަބަތު ވަނީ މޮރޮކޯ ގައުމީ ޓީމުގެ މެޗުތަކަށް ނެގި ސްކޮޑުން ވަކިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox