އިންގްލެންޑްގެ ކޯޗުކަން ގާޑިއޯލާ އަށް ހުށަހަޅަނީ

Sep 8, 2023, 4:11 AM
އިންގްލެންޑްގެ ކޯޗުކަން ގާޑިއޯލާ އަށް ހުށަހަޅަނީ

ލަންޑަން (ސެޕްޓެމްބަރު 8) - އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު އިންގްލެންޑްގެ ކޯޗަކަށް ހުރި ގަރެތު ސައުތުގޭޓްގެ ކޮންޓްރެކްޓް ހަމަވުމުން އެ މަގާމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހަމަޖައްސަން އިނގިރޭސި އެފްއޭ އިން މަަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސައުތުގޭޓް، 52، އިންގްލެންޑްގެ ކޮންޓްރެކްޓްގައި ހުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން އިންގްލެންޑް ކެޓުމާ އެކު ސައުތުގޭޓް މަގާމުން ވަކިކުރަން ޖެހޭ ކަމަށް ބުނެ، ގިނަ ސަޕޯޓަރުން އަޑުއުފުލި އެވެ. އެކަމަކު، އޭރު އިނގިރޭސި އެފްއޭ އިން ނިންމީ ކޮންޓްރެކްޓްގެ ނިޔަލަށް ސައުތުގޭޓް ބެހެއްޓުމަށެވެ.

އިނގިރޭސި އެފްއޭގެ އޮފިޝަލަކާ ހަވާލާދީ ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ ޔޫރޯ އަށް ފަހު ސައުތުގޭޓް މަގާމުން ދުރުވާނެ އެވެ. އެއާ އެކު، އިންގްލެންޑްގެ ޓީމަށް އާ ކޯޗެއް ގެންނަން މިހާރު ވެސް އެފްއޭ އިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އާ ކޯޗެއް ހޯދާއިރު ލިސްޓުގެ އެންމެ ކުރީގައި އޮތީ ގާޑިއޯލާގެ ނަން ކަމަށެވެ.

ބާސެލޯނާ އާއި ބަޔާން މިއުނިކަށް މީގެ ކުރިން ކޯޗުކޮށްދިނުމަށް ފަހު، 2016 ވަނަ އަހަރުން ފެށިގެން މެންޗެސްޓާ ސިޓީ އަށް އިރުޝާދުދެމުން އަންނަ ގާޑިއޯލާއާ މީގެ ކުރިން ވެސް އިނގިރޭސި ކޯޗުކަމާ ގުޅުވައިގެން ސުވާލުތަކެއް އަމާޒުވި އެވެ. ގާޑިއޯލާ އެ ސުވާލުތަކަށް ޖަވާބުދިންއިރު، ސައުތުގޭޓަށް ތައުރީފުކޮށް ވާހަކަ ދައްކާފައިވެ އެވެ. އެކަމަކު، އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެދާނަންތޯ އެހި އެއްވެސް ސުވާލަކަށް ގާޑިއޯލާގެ ޖަވާބެއް ނުލިބުނެވެ.

މީގެ ކުރިން އެކި ފޯރަމްތަކުގައި ގާޑިއޯލާ ވަނީ ގައުމީ ޓީމަކާ ހަވާލުވުމަކީ ކެރިއަރުގެ ފަހުކޮޅުގައި ކުރާނެ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

ގާޑިއޯލާ މި ވަގުތު ސިޓީގެ ކޮންޓްރެކްޓްގައި ހުރީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ރިޕޯޓްތައް ބުނާގޮތުން އެ ކޮންޓްރެކްޓް އާ ކުރުމުގެ ވިސްނުމެއް ގާޑިއޯލާގެ އަދި ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox