ބެލޮންޑިއޯގެ ނޮމިނޭޝަންސް އިއުލާންކޮށްފި، ރޮނާލްޑޯ ނުހިމެނޭ!

Sep 7, 2023, 7:07 AM
2017 ވަނަ އަހަރު ރޮނާލްޑޯ ފަސް ވަނަ ބެލޮންޑިއޯ ހޯދުމަށް ފަހު ރެއާލް ދަނޑުގައި ބޭއްވި އިވެންޓެއްގެ ތެރެއިން.---

2017 ވަނަ އަހަރު ރޮނާލްޑޯ ފަސް ވަނަ ބެލޮންޑިއޯ ހޯދުމަށް ފަހު ރެއާލް ދަނޑުގައި ބޭއްވި އިވެންޓެއްގެ ތެރެއިން.---

ޕެރިސް (ސެޕްޓެމްބަރު 7) - ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށްދޭ އެންމެ ދުވަސްވީ އެވޯޑު ކަމަށްވާ ބެލޮންޑިއޯ ގަދަ 30 އިން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީވެއްޖެ އެވެ.

ބެލޮންޑިއޯ އެވޯޑަކީ ދުނިޔޭގެ ފުޓްބޯޅައިގައި ދެވޭ އެންމެ ޝަރަފްވެރި އެއް އެވޯޑެވެ. މި ފަހަރުގެ އެވޯޑުގެ ނޮމިނޭޝަންސް ރޭ އިއުލާންކުރިއިރު، 2003 ގެ ފަހުން ފުރަތަމަ ފަހަރަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ގަދަ 30 އިން ބާކީވެފަ އެވެ.

ރޮނާލްޑޯ އަށް މިފަހަރު އެވޯޑުގެ ގަދަ 30 އިން ފުރުސަތު ނުލިބުނީ ކުލަބު ލެވެލްގަ އާއި ގައުމީ ޓީމްގައި މާ އެދެވޭ ކުޅުމެއް ނުދެއްކުމުންނެވެ. މި ވަގުތު އޭނާ ކުޅެމުން އަންނަނީ ސައުދީ ލީގުގެ އަލް ނަސްރަށެވެ.

މި ފަހަރުގެ އެވޯޑަށް އެންމެ ގާތުން ވާދަކުރާނެ ކަމަށް ބެލެވޭ ދެ ކުޅުންތެރިންނަކީ މެންޗެސްޓާ ސީޓީގެ ތަރި އާލިން ހާލަންޑާއި، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ.

ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ދާދި ފަހުން ހޯދި ހާލަންޑު ވަނީ ކުލަބު ލެވެލްގައި މިދިޔަ ސީޒަންގައި ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ގޮތުން ޕީއެސްޖީއާ އެކު ޔުއެފާ ޗެމްޕިއަންސް ލީގު އަދި އިނގިރޭސި ޕްރިމިއާ ލީގު ވެސް އޭނާ ކާމިޔާބުކުރި އެވެ.

މެސީ އަށް ބަލާއިރު މެސީ ވަނީ ޕީއެސްޖީއާ އެކު ފްރާންސް ލީގު ކާމިޔާބުކުރުމުގެ އިތުރުން ގައުމީ ޓީމާ އެކު ދުނިޔޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. މިއީ ވޯލްޑް ކަޕްގެ ތަށި މެސީ އުފުލާލި ފުރަތަމަ ފަހަރެވެ.

މިފަހަރުގެ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންގެ ލިސްޓުގައި މެންޗެސްޓާ ސިޓީގެ ހަތް ކުޅުންތެރިން ހިމެނެ އެވެ. އޭއީ ހާލަންޑް، ކެވިން ޑި ބްރޭނާ، ރުބެން ޑިއާސް، ހޫލިއަން އަލްވަރޭޒް، ބެނާޑޯ ސިލްވާ، ރޮޑްރީ އަދި ޖޮސްކޯ ގްވާޑިއޯލް އެވެ. ސިޓީ އަށް މިދިޔަ ސީޒަންގައި ކުޅުނު އިލްކާއީ ގުންޑޮގާން ވެސް މި ލިސްޓުގައި ހިމެނެ އެވެ.

އާސެނަލްގެ ދެ ކުޅުންތެރިން ކަމަށްވާ ބުކާޔޯ ސަކާ އާއި މާޓިން އޮޑެގާޑް ވެސް ލިސްޓުގައި ހިމެނޭއިރު، މި ލިސްޓުގައި މެންޗެސްޓާ ޔުނައިޓެޑުން ހިމެނެނީ އަންދްރޭ އޮނާނާ އެވެ. ލިވަޕޫލުގެ މުހައްމަދު ސަލާހު މި ފަހަރު ވެސް ހިމެނޭ އިރު، ޕްރިމިއާ ލީގުން ދެން ހިމެނެނީ އެސްޓަން ވިލާގެ އާޖެންޓީނާ ކީޕަރު އެމިލިއާނޯ މާޓިނޭޒް އެވެ.

ޔޫރަޕުން ބޭރުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން މިހާރު އަލް އިއްތިހާދަށް ކުޅެމުން އަންނަ ކަރީމް ބެންޒެމާ ވެސް މި ލިސްޓުގައި ހިމެނެ އެވެ.

އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ ރެއާލްގެ ޖޫޑް ބެލިންހަމް، އެޑުއާޑޯ ކަވަމިންގާ، ބާސެލޯނާގެ ޕެޑްރީ، ގަވީ، އެލަހަންދްރޯ ބަލްޑޭ، ޔުނައިޓެޑްގެ ރަސްމުސް ހޮއިލަންޑް، ބަޔާން މިޔުނިކްގެ ޖަމާލް މުސިއާލާ، ނެދަލެންޑްސްގެ ތަރި ޒަވީ ސިމޯންސް، ބެންފީކާގެ އެންޓޯނިއޯ ސިލްވާ އަދި ފްރާންސްގެ ލެންސް އަށް ކުޅޭ އެލީ ވާހީ އެވެ.

އެންމެ މޮޅު ގޯލްކީޕަރަށް ދޭ ޔަޝިން ޓްރޮފީ އަށް ވާދަކުރާ 10 ކީޕަރުންނަކީ ސެވިއްޔާގެ ކުރީގެ ކީޕަރު ޔަސިން ބޯނޯ، މެޑްރިޑްގެ ތިބާއޯ ކޯޓުއާ، ސިޓީގެ އެޑަސަން، ކްރޮއޭޝިއާގެ ޑޮމިނިކް ލިވަކޮވިޗް، އާޖެންޓީނާގެ ކީޕަރު މާޓިނޭޒް، ފްރާންސްގެ މައިކް މައިނަން، ޔުނައިޓެޑްގެ އޮނާނާ، އާސެނަލްގެ ރަމްސްޑޭލް، ބާސެލޯނާގެ މާކް އަންދްރޭ ޓަ ސްޓެގަން އަދި ލެންސްގެ ކީޕަރު ބްރީސް ސަމްބާ އެވެ.

ބެލޮންޑިއޯ އެވޯޑު ލިބޭ ކުޅުންތެރިން އިއުލާންކުރާނީ އަންނަ މަހުގެ 30 ވަނަ ދުވަހު އޮންނަ ހާއްސަ ހަފްލާއެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox