ރިސޯޓުތަކުން ދިގު މުއްދަތަށް ވިލާ އާއި ކޮޓަރި ދޫކުރެވޭ ގަވާއިދު ގެޒެޓުކޮށްފި

Sep 5, 2023, 11:40 AM
ރާއްޖޭގެ ރިސޯޓެއް: ދިގު މުއްދަތަށް ކުއްޔަށް ދިނުމާ ގުޅޭ އުސޫލު ވަރަށް ތަފުސީލުކޮށް ގަވާއިދުގައި ބަޔާންކުރޭ -- ފޮޓޯ: ފައިލް

ރާއްޖޭގެ ރިސޯޓެއް: ދިގު މުއްދަތަށް ކުއްޔަށް ދިނުމާ ގުޅޭ އުސޫލު ވަރަށް ތަފުސީލުކޮށް ގަވާއިދުގައި ބަޔާންކުރޭ -- ފޮޓޯ: ފައިލް

ރިސޯޓުތަކުން ދިގު މުއްދަތަށް ވިލާ އާއި ކޮޓަރި ކުއްޔަށް ދިނުމާ ބެހޭ ގަވާއިދު ސަރުކާރުން މިއަދު ގެޒެޓުކޮށްފި އެވެ.

ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީން މިއަދު ޝާއިއު ކުރި އެ ގަވާއިދުގައިވާ ގޮތުން ދިގު މުއްދަތަށް ކުއްޔަށް ދެވޭނީ ރިސޯޓެއްގައި ހަދާފައި ހުރި އެޕާޓްމަންޓެއް، ވިލާއެއް ނުވަތަ ކޮޓަރިއެކެވެ.

އެފަދަ ކޮޓަރިތައް ކުއްޔަށް ދޭއިރު، ކުއްޔަށް ހިފާ ފަރާތަށް އެކަނި ބޭނުން ކުރެވޭ ބިމުގެ ޒޯނެއް ބޭނުން ނަމަ ކަނޑައެޅިދާނެ އެވެ. ގަވާއިދުގެ ދަށުން، ރިސޯޓެއް ހަދަމުންދާއިރު އަދި ހަދަން ފެށުމުގެ ކުރިން ވެސް ދިގު މުއްދަތަށް ކުއްޔަށް ދެވިދާނެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން ދިގު މުއްދަތަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމުގެ ހައްގު ލިބެނީ ފަސް ބަޔަކަށެވެ. އެއީ ރިސޯޓު ހެދުމަށް ރަށް ކުއްޔަށް ނަގާފައިވާ ފަރާތްތަކަށާއި ސަބްލީސް ކޮށްފައިވާ ނަމަ އެ ލީސްގެ ވެރި ފަރާތަށާއި އިންޓަގްރޭޓެޑް ރިސޯޓެއް ހަދާ ޑިވެލޮޕަރު އަދި އެފަދަ ރިސޯޓެއް ސަބްލީސްކޮށްފައިވާ ނަމަ އެ ފަރާތަށެވެ.

ދިގު މުއްދަށް ވިލާއެއް ނުވަތަ ކޮޓަރިއެއް ކުއްޔަށް ދޫކުރާ ނަމަ، ގަވާއިދުގައިވާ ގޮތުން އެތަނެއް ކުރިއާލައި ރަޖިސްޓްރީ ކުރަންޖެހެ އެވެ. އެގޮތަށް ކޮޓަރިއެއް ރަޖިސްޓްރީކޮށްދެނީ 5،000ރ. ސަރުކާރަށް ދެއްކުމުންނެވެ.

އެ ގަވާއިދުގެ ދަށުން، ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ކޮޓަރިތަކުގެ ދަފުތަރެއް ސަރުކާރުން ބަލަހައްޓަންޖެހެ އެވެ. އަދި އެފަދަ ކޮޓަރިތަކުގެ މައުލޫމާތާއި ކުއްޔަށް ހިފާ ފަރާތުގެ މައުލޫމާތު ވެސް އެ ދަފުތަރުގައި ހިމަނަންޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox