"މޯލްޑިވްސް ހެލްތު ލައިން" އާއެކު ސްޕެޝަލިސްޓު ޑޮކްޓަރުން ރަށްރަށުގައި ތިބި ރައްޔިތުންގެ ގާތަށް

މޯލްޑިވްސް ހެލްތް ލައިން ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. މި ޕްރޮގްރާމާއެކު ސިއްހީ ފަރުވާ ހޯދަން ކުރަންޖެހޭ ދަތުރުތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ގަބޫލުކުރޭ--- ފޮޓޯ: މިރާން/އަދަދު

މޯލްޑިވްސް ހެލްތް ލައިން ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. މި ޕްރޮގްރާމާއެކު ސިއްހީ ފަރުވާ ހޯދަން ކުރަންޖެހޭ ދަތުރުތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ގަބޫލުކުރޭ--- ފޮޓޯ: މިރާން/އަދަދު

ސިއްހީ ހިދުމަތް ހޯދަން އަތޮޅުތެރޭގެ ރަށްރަށުން ރީޖަނަލް ހޮސްޕިޓަލުތަކަށް ރައްޔިތުން ކުރަންޖެހޭ ދަތުރުތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ގާއިމުކުރި "މޯލްޑިވްސް ހެލްތު ލައިން" މިއަދު އިފްތިތާހުކޮށްފި އެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް ހެލްތު ލައިން އިފްތިތާހުކޮށްދެއްވީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަސީމު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސިއްހީ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުން ކަމަށާއި ހެލްތު ލައިން ޕްރޮޖެކްޓާ އެކު މިނިސްޓްރީން ކުރިއަށްގެންދާ އައުޓްރީޗް ޕްރޮގްރާމު ވެސް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

އަދި, ސަރުކާރުން މަސައްކަތް ކުރަމުންދަނީ ސިއްހީ ފަރުވާ ހޯދުމަށް ރައްޔިތުން ކުރަންޖެހޭ ދަތުރު މަދުކޮށް އެ ރައްޔިތުންނާއި ވީހާވެސް ގާތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި "މޯލްޑިވްސް ހެލްތު ލައިން" އާއެކު ސިއްހީ ހިދުމަތް ހޯދަން ރައްޔިތުން ކުރަންޖެހޭ ދަތުރުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިއަދު އިފްތިތާހުކުރި މި ހެލްތް ލައިންގެ ދަށުން ކޮންމެ އަތޮޅެއްގައިވެސް ގާއިމުކޮށްފައިވާ އަތޮޅު ހޮސްޕިޓަލު ނުވަތަ ރީޖަނަލް ހޮސްޕިޓަލުގައި ތިއްބަވާ އެކި ދާއިރާތަކުގެ ޑޮކްޓަރުން ކޮންމެ މަހަކުވެސް އެ އަތޮޅެއްގެ ރަށްރަށުގައި ތިބޭ ބަލިމީހުން ގާތަށް ގޮސް ފަރުވާ ދޭނެ އެވެ.

މޯލްޑިވްސް ހެލްތް ލައިން ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. މި ޕްރޮގްރާމާއެކު ސިއްހީ ފަރުވާ ހޯދަން ކުރަންޖެހޭ ދަތުރުތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ގަބޫލުކުރޭ--- ފޮޓޯ: މިރާން/އަދަދު
މޯލްޑިވްސް ހެލްތް ލައިން ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. މި ޕްރޮގްރާމާއެކު ސިއްހީ ފަރުވާ ހޯދަން ކުރަންޖެހޭ ދަތުރުތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ގަބޫލުކުރޭ--- ފޮޓޯ: މިރާން/އަދަދު

މޯލްޑިވްސް ހެލްތް ލައިންގެ ދަށުން އަތޮޅުތަކަށް ފޮނުވާ ލޯންޗުތައް. މި ޕްރޮގްރާމާއެކު ސިއްހީ ފަރުވާ ހޯދަން ކުރަންޖެހޭ ދަތުރުތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ގަބޫލުކުރޭ--- ފޮޓޯ: މިރާން/އަދަދު

މި ދަތުރުތަކަށް ހާއްސަކޮށްގެން ބަނދެފައިވާ 20 ހައިސްޕީޑް ލޯންޗު ރާއްޖޭގެ 20 އަތޮޅަށް ފޮނުވަން ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން ހަތް އަތޮޅަކަށް ސްޕީޑް ލޯންޗު މިއަދު ވަނީ ހަވާލުކޮށްފަ އެވެ. އަދި ބާކީ 13 އަތޮޅަށް ފޮނުވަން ހަމަޖެހިފައިވާ ލޯންޗުތައް އަންނަ ނޮވެމްބަރު މަސް ނިމެންވާއިރަށް ހަވާލުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަަ ދައްކަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލު ވިދާޅުވީ މި ލޯންޗުތައް ބޭނުންކޮށްގެން އައުޓްރީޗް ޕްރޮގްރާމުތައް ހިންގުމުގެ އިތުރުން އިމަޖެންސީތަކުގައި ބަލިމީހުންވެސް އުފުލާނެ ކަމަށެވެ. އެގޮތުން މި ލޯންޗުތައް ޑިޒައިންކޮށްފައިވަނީ ފަސޭހަކަމާއެކު ބަލި މީހުންނާއި ލެބޯޓަރީ ސާމްޕަލް ފަދަ ތަކެތިވެސް އުފުލޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.

އާދިލު ވިދާޅުވީީ މި ހެލްތު ލައިންގެ ދަށުން އެސްޓީއޯ އާއި ގުުޅިގެން ޑްރޯންގެ ޒަރިއްޔާއިން އެއް ރަށުން އަނެއް ރަށަށް ލެބޯޓްރީ ސާމްޕަލް، އިމަޖެންސީ މެޑިސިން އާއި ކޮންސިއުމަބަލް އުފުލުމުގެ ހިދުމަށްވެސް ފެށިގެންދާނެ ކަމަށެވެ.

އަދި, ޑްރޯންގެ ހިދުމަތް ފުރަތަމަ ފަށާނީ ލެބޯޓްރީ ނެތް ރަށުން ކަމަށާއި މިނިސްޓްރީގެ އަމާޒަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސިއްހީ ދާއިރާ ކުރިއެރުވުން ކަމަށް އާދިލު ވިދާޅުވި އެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މޯލްޑިވްސް ހެލްތު ލައިން ޕްރޮޖެކްޓަކީ ޖުމްލަ 54.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އެގޮތުން މި ލޯންޗުތަކަށް 50 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ޑްރޯންތަކަށް 4.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox