އޮސަސޫނާ އަތުން ބާސެލޯނާ އަށް އުނދަގޫ މޮޅެއް

Sep 4, 2023, 7:43 AM
އޮސަސޫނާ އަތުން ބާސެލޯނާ އަށް އުނދަގޫ މޮޅެއް

ބާސެލޯނާ (ސެޕްޓެމްބަރު 4) - ރޮބާޓް ލެވަންޑޯސްކީ ކާމިޔާބުކޮށްދިން ޕެނަލްޓީއާ އެކު އޮސަސޫނާ އަތުން ބާސެލޯނާ އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

ސްޕެނިޝް ލަލީގާގައި ބާސެލޯނާ ކުޅުނު ހަތަރު ވަނަ މެޗުން މޮޅުވެ އެ ޓީމަށް 10 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ވަނީ ލީގު ތާވަލްގެ ތިން ވަނަ އަށް ޖެހިލާފަ އެވެ. ދެ ވަނައިގައި އޮތީ 10 ޕޮއިންޓް ހޯދައި ފައިދާ ގޯލުގެ ތަފާތުން ޖިރޯނާ އެވެ. އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްފައިވާ ރެއަލް މެޑްރިޑް އެވެ.

ބާސެލޯނާ އިން ރޭ ކުޅުނު މެޗު 2-1 އިން ކާމިޔާބުކުރިއިރު، މެޗުގެ ފުރަތަމަ ގޯލު ޖެހީ ބާސެލޯނާ އިންނެވެ. މިއީ ލިބުނު ކޯނަރަކުން އިލަކާއީ ގުންޑޮގާން ނަގައިދިން ހުރަހަކުން ޖޫލްސް ކޫންޑޭ ޖަހައިދިން ގޯލެކެވެ. މެޗުގެ 76 ވަނަ މިނެޓުގައި އޮސަސޫނާ އިން ނަތީޖާ ހަމަހަމަކުރި ނަމަވެސް މެޗު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ބާސެލޯނާ މޮޅުކޮށްދިނީ ލެވަންޑޯސްކީ އެވެ.

މި މެޗުގައި ބާސެލޯނާއާ އަލަށް ގުޅުނު ތިން ކުޅުންތެރިއަކު ކުޅުނެވެ. މިގޮތުން ޓްރާންސްފާގެ ފަހު ދުވަހު އެޓީމާ ގުޅުނު ޑިފެންޑަރު ޖޮއާއޯ ކާންސެލޯ އާއި ފޯވާޑް ޖޮއާއޯ ފެލިކްސް ދެވަނަ ހާފުގައި ކުޅެން ނުކުތްއިރު، ފަހު ވަގުތުކޮޅު ޑިފެންޑަރު އިނީޚޯ މާޓިނޭޒްވެސް ކުޅެން ނުކުތެވެ.

ސްޕެނިޝް ލީގުގައި ރޭ ކުޅެން ހަމަޖެހިފައި އޮތް އެތުލެޓިކޯ މެޑްރިޑާއި ސެވިއްޔާގެ މެޗު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

މި މެޗު ފަސް ކުރަން ޖެހުނީ ސްޕެއިންގެ ގިނަ ހިސާބުތަކަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާތީ، ދަތުރު ފަތުރު ކުރުމުގައި ދަތިތައް ދިމާވާތީ އެވެ. ވިއްސާރަވެ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ތެރޭގައި މެޗު ކުޅެން ހަމަޖެހިފައިވާ މެޑްރިޑްވެސް ހިމެނެ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލީގުގެ ދެ ވަނައިގައި އޮތް ޖިރޯނާ އިން ވަނީ 1-0 އިން ލަސް ޕަލްމާސް ބަލިކޮށްފަ އެވެ. މަޔޯކާ އާއި އެތުލެޓިކް ބިލްބާއޯ ވާދަކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox