އިމްރާން ވިދާޅުވަނީ ދީނަށް ފުރައްސާކުރުން ހުއްޓުވަން ޕްލޭނެއް އެބަ އޮތްކަމަށް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާ މިރޭ ވިދާޅުވީ ދީނަށް ފުރައްސާރަކުރުން ހުއްޓުވަން ޕްލޭނެއް އެބަ އޮތް ކަމަށް. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާ މިރޭ ވިދާޅުވީ ދީނަށް ފުރައްސާރަކުރުން ހުއްޓުވަން ޕްލޭނެއް އެބަ އޮތް ކަމަށް. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކުރުން ހުއްޓުވަން ހާއްސަ ޕްލޭނެއް އެބަ އޮތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ބައެއް ދިވެހިން އިސްލާމްދީން ދޫކޮށް، ދީނަށް ފުރައްސާރަކުރާ މައްސަލަ ދޭތެރެދޭތެެރެއިން ކުރިމަތިވާ އިރު އެކަމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށް ބުނެ ސަރުކާރަށް ކުރިން ފާޑުކިއުންތައް އަމާޒުވި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް، ކެމްޕެއިންކުރަން އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން ހދ. މަކުނުދޫގައި މިރޭ ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ ދީނަށް ފުރައްސާރަކުރާ "ކުދިން" އިސްލާހުކުރަން މަސަައްކަތްކުރާނެ މުރައްބީންނާއި ދާއީން ތަމްރީނުކުރާނެ ކަމަށެވެ. އެކަމަށް ފަރުވާދޭނެ ރަނގަޅު ނިޒާމެއް ސަރުކާރުން އެކަަށައަޅަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާދެ މިހުރިހާ ކަމެއް ވަށައިޖެހުނީމާ ﷲ ސުބްހާނަހޫ ވަތަޢާލާގެ ރަހުމަތުން އަަޅުގަނޑުމެންނަށް އުފާވި އަމާން ރާއްޖެ އެއް ލިބޭނީ،" އިމްރާން ވިދާޅުވި އެވެ.

"ރާއްޖެ އަމާންކުރަން ކުރަން ޖެހޭ ހުރިހާ ކަމެއް ޕްލޭންކޮށް ނިމިއްޖެ"

ރާއްޖޭގެ ހާލަތު ބަދަލުވަމުން ދާ ގޮތް ސަރުކާރަށް އެނގޭ ކަމަށާއި އެހެންވީމާ ރާއްޖެ އަމާންކުރުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއްގެ ޕްލޭން މިހާރު އޮތީ ނިމިފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެފަދަ ގިނަ ކަންތައްތައް މިހާރު ހުރީ ނިމިފައި ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރަށް ރާއްޖޭގެ ކުށުގެ ވެށި އެނގޭ މިންވަރުގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގްރޫޕްތަކާއި ގޭންގްތަކާ ގުޅޭ މީހުން ވަކިންވަކިން އެނގުމެވެ.

"އެނގިގެންނާއި ނޭނގި ތިބެ އެ ގްރޫޕްތަކަށް ވަދެފައި ތިބި ކުދިން އަޅުގަނޑުމެންނަށް އެބަ އެނގޭ. އެކުދިންނ އިސްލާހުކޮށް، އުފެއްދުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ގެންނާނެ ގޮތް ރައީސުލް ޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާ،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޮޑެތި ޑްރަގް ނެޓްވޯކްތަކާއި އެ ނެޓްވޯކްތައް މަސައްކަތްކުރާ ގޮތް ވެސް ސަރުކާރަށް އެނގެ އެވެ.

ކުޑަކުދިން ކުށުގެ ވެށިން ދުރުކުރަން މަސައްކަތްކުރަންވީ ގޮތް ވެސް ސަރުކާރަށް އެނގޭ ކަމަށާއި މީގެ 20 އަކަށް އަހަރު ކުރިން ރާއްޖޭގައި ހުއްޓާލާފައިވާ "އިސްލާހިއްޔާ" އަލުން ހިންގަން ނިންމީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޭރުގައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް ދާ މީހުން އަނބުރާ ގެނެސް ރިހެބިލިޓޭޓްކުރާނެ ނިޒާމު ގާއިމްކޮށްފައިވާ ކަމަށާއި އެއީ ދުނިޔޭގެ ގައުމުތަކުން އެ ނިޒާމުން މިސާލު ނަގާ ނިޒާމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox