ބަޔާނަށް އުނދަގޫ މޮޅެއް، ލެވަކޫސަން އެއް ވަނަ އަށް

Sep 3, 2023, 6:30 AM
ބޮރޫޝިއާ މުންޗެންގްލަޑްބެކް އާއި ބަޔާން މިއުނިކް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ

ބޮރޫޝިއާ މުންޗެންގްލަޑްބެކް އާއި ބަޔާން މިއުނިކް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ

މިއުނިކް (ސެޕްޓެމްބަރު 3) - ޖަރުމަން ލީގުގައި ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން ބަޔާން މިއުނިކުން 2-1 އިން އުނދަގޫ މޮޅެއް ހޯދިއިރު، ޑާމްސްޓަޑް 5-1 އިން ބަލިކޮށް ބަޔާ ލެވަކޫސަން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ބަޔާނުން ޖުމްލަ 25 ހަމަލާ އުފެއްދި ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މުންޗެންގްލަޑްބެކްގެ ގޯލު ޖަހައި، ލީޑު ނަގައިދިނީ ޖަޕާގެ ޑިފެންޑަރު ކޯ އިޓަކޫރާ އެވެ. މެކްސިމިލިއަން ވޮބާ ނަގައިދިން ކޯނަރުން ހުރަސްވި ބޯޅަ އިޓަކޫރާ ބޮލުން ފޮނުވާލުމުން އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ބަޔާނުން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، މެޗުގެ 58 ވަނަ މިނެޓުގައި ލެރޯއި ސާނޭ ޖަހައިދިން ގޯލުން އެ ޓީމުން ނަތީޖާ ހަމަހަމަކުރިއިރު، މެޗުން މޮޅުވި ގޯލު ޖެހީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. މި ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިޑްފިލްޑަރު މަތައިސް ޓެލް އެވެ.

މި މެޗުން މޮޅުވެ ބަޔާނުން ލީގުގައި ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާއިރު، އެއް ވަނައިގައި ލެވަކޫސަން އޮތީ ނުވަ ޕޮއިންޓް ހޯދައި ފައިދާ ގޯލު އިތުރުވުމުންނެވެ.

ލެވަކޫސަން ރޭ ބޮޑު މޮޅެއް ހޯދިއިރު، ގޯލުތައް ޖަހައިދިނީ ވިކްޓާ ބޮނިފޭސް، ޖޯނަސް ހޮފްމަން، އެޒެކުއެލް ޕަލާސިއޯސް އަދި އެޑަމް ހްލޯޒެކް އެވެ. އޭގެ ތެރެއިން، ބޮނިފޭސް މި މެޗުގައި ދެ ގޯލު ޖެހި އެވެ. ޑާމްސްޓަޑްގެ ހަމައެކަނި ގޯލު ޖަަހައިދިނީ އޮސްކާ ވިލްހެމްސަން އެވެ.

ޖަރުމަން ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ހޮފެންހެއިމުން ވަނީ ވުލްފްސްބާގު 3-1 އިން ބަލިކޮށްފަ އެވެ. ވާޑާ ބްރޭމާން އިން މައިންޒް އަތުން 4-0 މޮޅުވިއިރު، ސްޓުޓްގާޓުން ވަނީ 5-0 އިން ފްރައިބާގު ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox