ކަންސެލޯ އާއި ފެލިކްސް ބާސެލޯނާ އަށް

Sep 2, 2023, 10:11 AM
ކަންސެލޯ އާއި ފެލިކްސް ބާސެލޯނާ އަށް

ބާސެލޯނާ (ސެޕްޓެމްބަރު 2) - ޔޫރަޕްގެ ގިނަ ގައުމުތަކަށް ޓްރާންސްފާގެ ފަހު ދުވަހު ސްޕެއިންގެ ބާސެލޯނާ އިން ޕޯޗުގަލްގެ ގައުމީ ޓީމްގެ ދެ ތަރިން ކަމަށްވާ ޔޮއާއޯ ކަންސެލޯ އާއި ޔޮއާއޯ ފެލިކްސް ސޮއިކޮށްފި އެވެ.

މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކާންސެލޯ އާއި އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ފެލިކްސް ބާސެލޯނާ އަށް ސޮއިކުރީ ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަލަށެވެ. މި ސީޒަނަށް ފަހު ދެ ކުޅުންތެރިންގެ ކޮންޓްރެކްޓް ދާއިމީ ކުރުމުގެ މާއްދާއެއް މި ކޮންޓްރެކްޓްގައި ހިމަނާފައެއް ނުވެ އެވެ.

ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ އިން ކަންސެލޯގެ ސޮއިހޯދީ އެ ޓީމްގެ ހަތަރު ޑިފެންޑަރަކު ދޫކޮށްލުމަށްފަހުގަ އެވެ. އެއީ އިންޓަ މަޔާމީ އަށް ބަދަލުވި ޖޯޑި އަލްބާ، ޕީއެސްވީއަށް ބަދަލުވީ ސާޖިނިއޯ ޑެސްޓް، ފްރާންސްގެ ލިލް އަށް ބަދަލުވި ސެމިއުލް އުމްޓީޓީ އަދި އެސްޓަން ވިލާ އަށް ބަދަލުވި ކްލެމެންޓް ލޯންގްލޭ އެވެ.

ފެލިކްސްގެ ސޮއި އެޓީމުން ހޯދީ ޓްރާންސްފާގެ ފަހު ދުވަސްތަކުގައި ޕްރިމިއާ ލީގުގެ ބްރައިޓަން ހޯވް އެލްބިއަންއަށް ބަދަލުވި އަންސޫ ފަޓީގެ ބަދަލުގަ އެވެ. އަންސޫ ފަޓީގެ އިތުރުން އެ ޓީމްގެ ވިންގާ އޮސްމާނޭ ޑެމްބެލޭވެސް ވަނީ ބާސެލޯނާ ދޫކޮށްލާފަ އެވެ. ޑެމްބެލޭ ބަދަލުވީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށެވެ.

ބާސެލޯނާ އިން އާ ސީޒަނަށް ދެން ގެނައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ މެންޗެސްޓާ ސިޓީ އިން ހިލޭ ޓްރާންސްފާއެއްގައި އެ ޓީމަށް އައި އިލްކާއީ ގުންޑޮގާން އެވެ. ކުރީގެ މިޑްފިލްޑަރު ސާޖިއޯ ބުސްކެޓްސްގެ ބަދަލުގައި އެޓީމަށް ގެނައި ގުންޑޮގާން އަންނަނީ ޓީމްގެ ފުރަތަމަ އެގާރައިގައި ހިމެނި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ސްޕެނިސް ލަލީގާގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާ ބާސެލޯނާ އަށް ކުރިއަށް އޮތީ އާދިއްތަ ދުވަހުގެރޭ އޮސަސޫނާއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗުގައި އާ ދެ ކުޅުންތެރިންކަމަށްވާ ކަންސެލޯ އަދި ފެލިކްސް ފެނިދާނެކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox