ރާއްޖޭގައި ޑޮލަރުގެ އަގު ހިފެހެއްޓޭނީ "ޑީ ޑޮލަރައިޒޭޝަން" އިން: ރައީސް

ރާއްޖޭގައި ޑޮލަރުގެ އަގު ހިފެހެއްޓޭނީ "ޑީ ޑޮލަރައިޒޭޝަން" އިން: ރައީސް

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށްނުވަނީ ރާއްޖެއަށް ވަންނަ ޑޮލަރު ނުހިފެހެއްޓޭތީ ކަމަށާއި އެކަން ހައްލުކުރުމަށް ވިޔަފާރިތަކާއި މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި މިއަދު ވާހަކަދައްކަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް އެކަށޭނެ މިންވަރަށް މިހާރުވެސް ޑޮލަރު ވަންނަ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިގުތިސާދުގައި އެ ޑޮލަރު ނުހިފެހެއްޓޭ ކަމަށާއި އެކަން ހައްލުކުރުމަށް މި ސަރުކާރުން ކަނޑައެޅި ސިޔާސަތުތައް މަޑުޖައްސާލީ ކޮވިޑާ ގުޅިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ކަނޑައެޅި ސިޔާސަތުތަކުގެ ތެރޭގައި އެއް ކަމަކީ "ޑީ ޑޮލަރައިޒޭޝަން" ނުވަތަ ރާއްޖެއިން ޑޮލަރު ބޭނުންކުރާ މިންވަރު ދަށްކުރުން ކަމަށެވެ. އޭގެ ސަބަބުން ޑޮލަރަށް އޮންނަ ޑިމާންޑު ދަށްވެ އަގު ދަށްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއާ ދޭތެރޭ ސިޔާސަތުތަކެއް ކަނޑައެޅިން. ކޮވިޑާއި ގުޅިގެން ކުޑަކޮށް މަޑުޖެއްސީ. މީގަ ކުރަންޖެހޭ އެއް ކަަމަކީ ޑީ ޑޮލަރައިޒޭޝަން އަށް ދިއުން. އެއީ ރާއްޖޭގެ ހުރިހާ މުއާމަލާތެއް ހިންގަންޖެހޭނީ ދިވެހި ރުފިޔާއިން ކަމަށް އަޅުގަނޑުމެން ކަނޑައެޅުން. އެހެންވެއްޖެ ކަމަށްވަންޏާ ރާއްޖެއަށް ވަންނަ ޑޮލަރު މާރުކުރަންޖެހޭނީ އެމްއެމްއޭ އިން ނުވަތަ ބޭންކަކުން. ދިވެހިން ގެންގުޅޭނީ ދިވެހި ރުފިޔާ އެކަނި" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ވަންނަ ޑޮލަރުގެ 30 ޕަސެންޓު ބޭރުވިޔަ ނުދީ ވަކި މުއްދަތަކަށް ހިފެހެއްޓިއްޖެ ނަމަ ޑޮލަރުގެ އަގު 15ރ އަށްވުރެ ދަށްކުރެވޭނެ ކަމަށެވެ. އަދި އެކަމަށްޓަކއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއެކު މަޝްވަރާތަކެއް މިހާރުވެސް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެބޭފުޅުންގެ ޔަގީންކަން ކުޑަކޮށް ނެތިގެން މިއުޅެނީ ރާއްޖޭގެ މަނިޓަރީ ޕޮލިސީ އާއި އުސޫލުތަކާއި ގާނޫނުތަކާ ދޭތެރޭ ހުރި ޝައްކުތަކެއް. ކޮންމެހެން އެވަންނަ ޑޮލަރު ރާއްޖޭގައި ނުބަހައްޓާކަށްވެސް ނޫން"

ރައީސް ވިދާޅުވީ ވިޔަފާރިތަކުން އެގޮތައް ބަހައްޓާ ޑޮލަރު އެ މުއްދަތު ފަހަނައަޅައި ދިއުމުން ބޭރުކުރެވޭނެ ކަމުގެ ޔަގީންކަން އެމްއެމްއޭ ތެރެއިން ގާނޫނީ ގޮތުން ދެވިއްޖެނަމަ އެކަމަށް އަމަލުކުރަން ވިޔަފާރިވެރިން ތިބީ ތައްޔާރަށް ކަމަށެވެ.

އަދި ކުރިއަށް އޮތް ދައުރުގައި ޑޮލަރުގެ އަގު ދަށްކުރުމުމަށް މީގެން ކޮންމެވެސް އެއް ސިޔާސަތަކަށް އަމަލުކުރަން ފައްޓަވާނެ ކަމަށާއި އަންނަ ދައުރުގެ ތެރޭގައި ޑޮލަރުގެ އަގު 15ރ އަށްވުރެ ދަށްކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފަތަން ނޭނގޭ ކޮންމެ ދެ ޓޫރިސްޓަކަށް ގައިޑެއް މަޖުބޫރުކޮށްފި

މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ހުރިހާ ގައިޑުންނަކީ ފަސްޓްއެއިޑާއި ރެސްކިއު ސަނަދު އޮތް ބަޔަކަށް ހެދުމަށްޓަކައި އެއް އަހަރު ދުވަހުގެ މުހުލަތެއް މި ގަވާއިދުން ވަނީ ދީފަ. އަދި އެކްސްކާޝަންތަކަށް ދާއިރު ފަތަން ނޭނގޭ މީހުންނާއި ސްނޯކްލިން ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ލައިފް ޖެކެޓް އެޅުން ވެސް މިހާރު ވަނީ ލާޒިމުކޮށްފަ.

މޫދު ކުޅިވަރާއި އެކްސްކާޝަންތަކަށް ގަވާއިދެއް ހަދައިފި

މި ގަވާއިދުގެ ދަށުން މިފަދަ ހިދުމަތްދޭ ހުރިހާ ތަނެއް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމާއި، ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ނެގުމުގެ އިތުރުން މޫސުމީ ހަރުކަށި މިންގަނޑުތަކަކަށް އަމަލުކުރުން ލާޒިމުވާނެ. އަދި މި އުސޫލުތަކާ ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފަ.

އާރުޑީސީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

މާލީ ބޮޑު ގެއްލުމަކާ އެކު އާރުޑީސީގެ ހާލަތު ދަށަށް ގޮސްފައި ވަނިކޮށް، ދައުލަތުގެ ހަރަދު ކުޑަކުރަން އެ ކުންފުނީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީގެ ދަށަށް މިއަދު ވަނީ ބަދަލުކޮށްފަ. އެމްޓީސީސީން އެ ހުރިހާ މަސައްކަތްތަކަކާ ހަވާލުވި ނަމަވެސް، އާރުޑީސީގެ މަޝްރޫއުތަކުގެ އަދަދާއި އެ ކުންފުނީގެ މުވައްޒަފުންނާ މެދު ނިންމި ގޮތެއް އަދި ހާމައެއް ނުކުރޭ.

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު ސޮލެންޒާރާ ހޯލްޑިންގްސްއާ އެޗް

ހުޅުމާލޭގައި ހަދަން ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު މަޝްރޫއު، އާ މާސްޓާ ޕްލޭނެއްގެ ދަށުން ހަވާލުކުރީ ހޮންކޮންގެ ކުންފުންޏަކުން ހިއްސާވާ ސޮލެންޒާރާ ހޯލްޑިންގްސްއާ. މި މަޝްރޫއުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި ވޯޓާ ޕާކަކާއި، 250 ކޮޓަރީގެ ހޮޓަލެއްގެ އިތުރުން އެޕާޓްމަންޓްތަކާއި ވިޔަފާރި ބްލޮކްތައް ތަރައްގީކުރާނެ.

މަނީ ޗޭންޖަރުންގެ ޑިޕޮސިޓް ދެ ގުނަ ބޮޑުކޮށްފި

ފައިސާ މާރުކުރުމުގެ ވިޔަފާރިތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެ ލައްކަ ޑޮލަރަށް ބޮޑުކޮށް، މަނީ ޗޭންޖަރުންގެ އާ ގަވާއިދަކަށް އަމަލުކުރަން ފަށައިފި. މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، ހިދުމަތް ދޭ ތަންތަނުގައި ހުންނަން ޖެހޭ މިންގަނޑުތަކާއި އަހަރީ ފީތައް ވެސް ވަނީ ބޮޑުކޮށްފަ.

މަސައްކަތްކުރަން އެންމެ ރަނގަޅު މާހައުލަކަށް މިފަހަރު ވެސް ދިރާގު

ވިދިވިދިގެން ދެވަނަ އަހަރު ދިރާގުން "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭސަން ހާސިލުކޮށް، އެ ކުންފުންޏަކީ މުވައްޒަފުންގެ ކުރިއެރުމާއި ބޭނުންތަކަށް އިސްކަންދޭ ހަރުދަނާ މަސައްކަތުގެ މާހައުލެއް އޮތް ތަނެއްކަން ސާބިތުކޮށްދީފިއެވެ. މުވައްޒަފުންގެ އިތުބާރާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް ދޭ މި ބައިނަލްއަގުވާމީ ސެޓިފިކޭސަން ލިބުމަކީ، މުވައްޒަފުންގެ މެދުގައި އޮތް އެއްބާރުލުމާއި ކުންފުނީގެ ސަގާފަތް ހަރުދަނާވަމުން އަންނަކަމުގެ ހެއްކެކެވެ.

އެމްއައިބީ އާއި އެލިއާ ގުޅިގެން 18،000 ރުފިޔާ ޑިސްކައުންޓް

އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ފެސިލިޓީ މެދުވެރިކޮށް އެލިއާއިން އައުޓްބޯޑް އިންޖީނާއި ވޭވްރަނާ ގަންނަ ފަރާތްތަކަށް 18,000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި. އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން، "އުޖާލާ ނައު" ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިނޭންސިންގއަށް އެދި ހުށަހެޅޭނެ.

Newsletter

Get the latest news delivered straight to your inbox