ލިޓްލް އަލްބާޓް އެކްސްޕެރިމެންޓް

ލިޓްލް އަލްބާޓް އެކްސްޕެރިމެންޓް

ސައިކޮލޮޖީގެ އިމްލާއި ބެހޭގޮތުން މާ ގިނަ ހޯދުންތަކެއް ނުހޯދޭ، ނަމަވެސް އެކަމުގެ ދޮރުތައް ފުރަތަމަ ހުޅުވާލެވެން ފެށި ދުވަސްވަރު ތަސައްވުރުކޮށްލައްވާށެވެ. އަދި އިންސާނާގެ ސިކުނޑީގެ މުއްސަނދިކަމުގެ ތެރެއަށް ފީނާލުމަށް އެތަކެއް ސައިންވެރިންނެއް ކެއްމަދުވެފައިވާ ދުވަސްވަރެކެވެ. މި ޝައުގުވެރިކަމާއި ނޭނގުމުގެ ތެރެއިން އާދަޔާ ހިލާފު ތަހުލީލެއް ނުވަތަ އެކްސްޕެރިމެންޓެއް ކުރިއަށް ގެންދެވުނެވެ. ސައިކޮލޮޖިކަލް ތްރިލާ ފިލްމެއް ފަދަ، ވިސްނުމާއި ހިޔާލު ދަމައިގަނެ، އިންސާނާގެ ސުލޫކާ މެދު އަހަރެމެން ދެކޭ ގޮތް އަބަދަށްޓަކައި ބަދަލުކޮށްލި ތަހުލީލެކެވެ. މާޒީގެ ހަރުފަތްތަކުގައި މި ފިޔަވަޅުގެ ނިޝާން ސާބިތުކޮށްފައިވަނީ "ލިޓްލް އަލްބާޓް އެކްސްޕެރިމެންޓް" އެވެ. މިއީ މައުސޫމުކަމާއި، މެނިޕިއުލޭޝަން އާއި، އަހަރެމެންގެ ސިކުނޑިއާއި އަހަރެމެންގެ ވަށައިގެންވާ ދުނިޔެއާ އޮންނަ ފުން ގުޅުންތަކުގެ ވާހަކައެކެވެ. ވަގުތުގެ ތެރޭގައި ގުގުމާލާފައިވާ މި ހައިރާންވާފަދަ ތަހުލީލުގެ ތެރޭގައި ފޮރުވިފައިވާ ސިއްރުތައް ބަލާލުމަށް މި ކުރާ ދަތުރުގައި ބައިވެރިވެލާށެވެ.

ލިޓްލް އަލްބާޓް އެކްސްޕެރިމެންޓް ފެށުން

ތާރީހުގެ ތެރެއިން 20 ވަނަ ގަރުނުގެ ކުރީކޮޅު، ހިންގުނު ލިޓްލް އަލްބަރޓް އެކްސްޕެރިމެންޓަކީ ޖޯން ބީ ވޮޓްސަން އާއި ރޮޒޭލީ ރޭނާގެ ވިސްނުމެކެވެ. އެމީހުންގެ އަމާޒަކަށްވީ ބިރާއި އިހުސާސްތަކަކީ، "އެސޯސިއޭޓިވް ޕްރޮސެސް" ނުވަތަ ވަކި ކަމަކާއި ގުޅުވި، ގުޅުން ނެތް ކަންކަމަށް ނުފޫޒު ފޯރުވިދާނެތޯ ބެލުމެވެ. މިކަމަށް ބޭނުންކުރީ 9 މަހުގެ ކުއްޖެއްކަމަށްވާ އަލްބަރޓް އެވެ.

ޖޯން ވަޓްސަން
ޖޯން ވަޓްސަން

ޖޯން ވަޓްސަން

ތަހުލީލް ފެށުނުއިރު މީދާ އާއި މުސަޅު ފަދަ ތަކެއްޗާ މެދު އަލްބާޓްގެ ފަރާތުން އެއްވެސް އަލާމާތެއް ފެނިފައެއް ނުވެ އެވެ. ނަމަވެސް ވޮޓްސަން އާއި ރޭނާ އަޒުމް ކަނޑައެޅީ ބިހޭވިއަރަލް ކޮންޑިޝަނިންގެ ހައްދުތައް ހޯދައި، މި ގުދުރަތީ ރިއެކްޝަންތަކަށް ބަދަލު އަތުވެދާނެތޯ ބެލުމަށެވެ.

އެ ތަހުލީލުގެ މައިގަނޑު އެއްޗަކީ ކްލެސިކަލް ކޮންޑިޝަނިންގެ ކޮންސެޕްޓެވެ. މިއީ ކުރިން ދިމާވެފައިވާ ކަމެއްގެ ސަބަބުން ނުވަތަ ދެކަމެއް އެއްވެގެން އުފެދޭ އިހްސާސެއް، އޭގެ ތެރެއިން އެއް ކަމެއް މަދުވި ނަމަވެސް އަނެއްކަމާ މެދު އުފެދުމެވެ. މި ހާލަތުގައި އަމާޒަކީ މީދާއެއް ފެނުމާއި ބާރު ބިރުވެރި އަޑަކާ ގުޅުވައިގެން އަލްބަރޓްގެ ހިތުގައި ބިރުވެރިކަން އުފެއްދުމެވެ.

ލިޓްލް އަލްބަރޓް
ލިޓްލް އަލްބަރޓް

ލިޓްލް އަލްބަރޓް

ބިރުވެރިކަމުގެ ބިންގާ އެޅުން

ސިލްސިލާ ދުވަސްތަކެއްގެ ތެރޭގައި އަލްބާޓް މީދާގައި އަތްލުމަށް އަތް ދިއްކޮށްލާ ކޮންމެ ފަހަރަކު، ހޮޅިބުރިއަކުން ދަގަނޑު ދަނޑިއެއްގައި ޖަހާލުމުން ސިއްސުވާލާފަދަ ބާރު އަޑެއް އުފެދެއެވެ. މި ޕްރޮސެސް ތަކުރާރުކޮށް، މީދަލާއި ބިރުވެރި އަޑާއި ދެމެދު ގުޅުމެއް އުފެދިގެން ދިޔައެވެ. މަޑުމަޑުން ކުޑަކުޑަ އަލްބާޓް އަށް ހަމައެކަނި މީދާ ފެނުމުން، އެ އަޑު ނެތް ނަމަވެސް، ހާސްކަމާއި ބިރުވެރިކަމުގެ އަލާމާތްތައް ފެންނަން ފެށިއެވެ.

މި ތަޖުރިބާއިން އެންމެ ޝައުގުވެރިވާ އެއް ހާމަވުމަކީ "ސްޓިމިއުލަސް ޖެނެރަލައިޒޭޝަން" އެވެ. މިއީ އަލްބާޓް އަށް ލިބުނު ބިރުވެރިކަން މީދަލާ މެދު އުފެދުމުގެ އިތުރުން އެހެން އެއްޗެއްސަށް ވެސް ފެތުރިގެން ދިޔުމެވެ. އެގޮތުން ފެންނަ ފެނުމުގައި ނުވަތަ ހިއްސީ ގޮތުން ވެސް މީދަލާ އެއްގޮތްކަން ހިއްސާކުރާ އެހެން ތަކެއްޗަށް ވެސް އަލްބާޓް އެއްގޮތަކަށް ރިއެކްޓްކުރި އެވެ. އޭގެ ތެރޭގައި މުސަޅެއް، ކެހެރި ކޯޓެއް، އަދި ތުނބުޅިއެއްވާ މާސްކެއް ވެސް ހިމެނެ އެވެ.

މުސަޅު ކައިރިވުމުން އަލްބަރޓް ރޮނީ
މުސަޅު ކައިރިވުމުން އަލްބަރޓް ރޮނީ

މުސަޅު ކައިރިވުމުން އަލްބަރޓް ރޮނީ

ތަހުލީލުގެ އެތިކަލް މައްސަލަތަކެއް

ލިޓްލް އަލްބާޓް އެކްސްޕެރިމެންޓްގެ ހޯދުންތަކަށް ވުރެ، މިޒަމާނުގައި މި ތަހުލީލާ މެދު ގިނަ ބަޔަކަށް ފާހަގަވެފައިވަނީ އެތިކަލް މައްސަލަތަކެކެވެ. ކުޑަ ކުއްޖަކު އުނދަގުލާއި ބިރުވެރިކަމުގެ ތެރެއަށް ވައްޓާލާ، އޭގެ ސަބަބުން އެކުއްޖާގެ ދިރިއުޅުމަށް ކުރާނެ އަސަރަށް ނުބަލާ އަދި ތަހުލީލަށް ފަހު އެ ބިރުތައް ފިލުވޭނެ ގޮތެއް ނުބަލާ ކުރިއަށް ގެންދިއުމަކީ ފަރުވާ ކުޑަ އަމަލެއްގެ ގޮތުގައި އެތައް ބައެއް ދެކެ އެވެ. މިކަމުގެ ސަބަބުން މިފަދަ ތަހުލީލު ތަކުގެ ބައިވެރިންގެ ސިއްހަތާއި މެދު ސައިންސްވެރިން އިތުރަށް ސަމާލުކަންދޭން މިހާރުވަނީ މަޖުބޫރުވެފަ އެވެ. ވަޓްސަން ބުނެފައިވަނީ ތަހުލީލަށް ފަހު އަލްބަރޓް "އަންކޮންޑިޝަން" ކުރުމަށް ރޭވިފައިވީ ނަމަވެސް، ތަހުލީލުގެ މެދުތެރެއިން ކުއްޖާގެ މަންމަ ވަނީ ކުއްޖާ ތަހުލީލުން ދުރުކޮށްފައިވާ ކަމަށެވެ.

ހޯދުންތަކުގެ ފައިދާ

ލިޓްލް އަލްބާޓް އެކްސްޕެރިމެންޓުގައި އެތިކަލް މައްސަލަ ތަކެއް ހުރި ނަމަވެސް، މި ތަހުލީލުން ސައިކޮލޮޖީއަށް ގެނެސްދިން ހިއްސާއަކާ މެދު އިންކާރުކުރެވޭކަށް ނެތެވެ. އެއީ ބިރުވެރިކަމާއި އިހުސާސްތައް ޝަރުތުކުރެވޭ ގޮތް އަދި ގުޅުވޭ ގޮތް ފުންކޮށް ދެނެގަތުމަށް މަގުފަހިކޮށްދިން ކަމެކެވެ. މި ތަހުލީލުން އިހުސާސްތައް ކަންކަމަށް ޝަތުރުކުރެވޭގޮތް ދެނެގަތުމަށް މަގުފަހިކޮށްދިނެވެ. އަދި އަމަލުތަކަށް ނުފޫޒު ފޯރުވޭނެ ގޮތް ދިރާސާކުރުމުގެ ބިންގާ އަޅައިދީ ފޯބިއާތަކާއި އެންޒައިޓީ ޑިސްއޯޑާތަކަށް ފަރުވާދެވޭނެ ތެރަޕިއުޓިކް ޕްރޮސެސްތައް ދެނެގަތުމަށް އެހީތެރިވެދިނެވެ.

އަލްބަރޓަށް ވީނުވީއެއް ނޭނގެ!

މި ތަހުލީލަށް ބޭނުންކުރި ނުވަ މަހުގެ ކުޑަކުއްޖާއަކީ ސީދާ ކާކުކަމެއް، ތަހުލީލުގެ ފަހުން އެކުއްޖާއަށް ވީ ގޮތެއް އަދި އޭގެ އެއްވެސް އަސަރެއް ކުރިކަމެއް ވެސް ޔަގީން ވާނެ އެއްވެސް ގޮތެއް ނެތެވެ. ފަހުގެ ތާރީހުތަކެއްގައި ކުއްޖާގެ ހަގީގަތާއި މެދު ދެތިން ހިޔާލެއް ނުވަތަ "ތިއަރީ" އެއް ވަނީ މަގުބޫލުވެފަ އެވެ.

އެއް ތިއަރީ އައިސްފައިވަނީ އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަނުންނެވެ. އެމީހުން ބުނެފައިވަނީ އަލްބަރޓަކީ "ޑަގަލަސް މެރިޓް" ނަމަކަށް ކިޔާ ކުއްޖަކަށް ދީފައިވާ ހިޔާލީ ނަމެއް ކަމަށެވެ. އަދި އެއީ ޖޯން ހޮޕްކިންސް ހޮސްޕިޓަލުގައި ނަރުހެއްގެ ގޮތުގައި މަސައްކަތްކުރި އާވިލާ މެރިޓްގެ ދަރިއެއްކަމަށް ވެ އެވެ. ތަހުލީލުގައި އާވިލާ ދަރިފުޅު ބައިވެރިކުރީ އެއް ޑޮލަރުގެ އަގަކަށް ކަމަށް ވެސް ވެ އެވެ.

ސިކުނޑިއަށް ދިމާވި ބަލިމަޑުކަމެއްގައި އުމުރުން ހަ އަރުގައި ޑަގްލަސް މައުވެފައިވާ ކަމަށް ވެސް އެ އެސޯސޮއޭޝަންގެ ރިޕޯޓެއްގައިވެ އެވެ. މިއީ ހަގީގީ ލިޓްލް އަލްބަރޓް ނަމަ، އޭނާ އަށް ދިމާވި ސިއްހީ މައްސަލައިގެ ސަބަބުން ވެސް މި ތަހުލީލުގެ އުކުޅުތަކާ މެދު އިތުރަށް ސުވާލު އުފެދެ އެވެ. އެ ބައްޔަކީ އެކުއްޖާ އުފަންވި އިރުވެސް ހުރި ބައްޔެއް ނަމަ ތަހުލީލުގައި އަލްބަރޓް އަމަލުކުރި ގޮތާއި އެކަމާއި ގުޅުމެއް އޮތުމުގެ ފުރުސަތު އެބައޮތެވެ.

ނަމަވެސް އެހެން ދިރާސާއަކުން ވަނީ އަލްބާޓްއަކީ ވިލިއަމް އަލްބާޓް ބާގާ ކަމަށް ނިންމާފަ އެވެ. އަދި އޭނާ ސާދާ ދިރިއުޅުމެއް އުޅުމަށް ފަހު 2007 ގައި މަރުވިކަމަށް ވެ އެވެ. އޭނާގެ އާއިލާ މެންބަރުން ބުނެފައިވާ ގޮތުގައި އޭނާ އަކީ ޖަނަވާރުތައް ދެކެ ވަރަށް ފޫހިވާ މީހެކެވެ. އަދި އޭނާ އަންނަ ވަގުތު ގޭ ތެރޭ ގެންގުޅޭ ހުރިހާ ޖަނަވާރެއް ފޮރުވާކަމަށް ބުނެފައިވެ އެވެ.

ނިންމުން

ލިޓްލް އަލްބާޓް އެކްސްޕެރިމެންޓަކީ ނަފްސާނީ އިލްމުގެ ތާރީހު ގައި ފާހަގަކޮށްލެވޭ ބާބެކެވެ. އޭގެ ސަބަބުން ކްލެސިކަލް ކޮންޑިޝަނިންގެ ސަބަބުން މާހައުލާއި އިހްސާސްތަކާއި ދެމެދު އޮންނަ މުއްސަނދި ގުޅުން ހާމަވެ، އިންސާނާގެ ސުލޫކު ދެނެގަތުމަށް ކުރާ މަސައްކަތަށް އައު ބިންގަލެއް އެޅުނެވެ. މި ތަޖުރިބާގެ ފަށަލަތައް ވަކިވަކިން ނަޒަރު ހިންގާލާ އިރު، މިކަމުން ހަނދާންކޮށްދެނީ، އިލްމަކީ ހޯދުމުގެ އިތުރަށް ފުރިހަމަ ކުރުމަށް ވެސް ތަބާވާ ބާރެއް ކަމެވެ. އަދި އިންސާނުންގެ ސުލޫކުތައް ދެނެގަތުމަށް ކުރާ މަސައްކަތުގައި، ހޯދޭހޯދުންތަކުގެ އިތުރުން، ހޯދުންތަކުގައި ބައިވެރިވާ ފަރާތްތަކުގެ ދުޅަހެޔޮކަމަށް ސަމާލުވާންޖެހޭކަންވެސް ހާމަވެގެން ދިޔަ އެވެ. ތަހުލީލަށް ބޭނުންކުރެވޭ "ސަބްޖެކްޓްސް" އަކީ އިންސާނުން ކަމާއި އެކަމުން ކުރާނެ ނޭދެވޭ އަސަރު އެމީހެއް އަމިއްލަ ދިރިއުޅުމަށް ފޯރާފާނެކަން ހަނދުމާގައި ބަހައްޓަންޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox