ސިޓީން ވުލްވްސްގެ ނޫނޭސް ގެނެސް ޕާމާ ޗެލްސީ އަށް ދޫކޮށްލަނީ

Aug 31, 2023, 7:21 AM
ސިޓީން ވުލްވްސްގެ ނޫނޭސް ގެނެސް ޕާމާ ޗެލްސީ އަށް ދޫކޮށްލަނީ

ލަންޑަން (އޮގަސްޓް 31) - މެންޗެސްޓާ ސިޓީން ވުލްވްސް އަށް ކުޅެމުން އަންނަ މަތެއުސް ނޫނޭސް ގެންނަން ނިންމައި، ސިޓީ އަށް ކުޅެމުން އަންނަ ޒުވާން ވިންގް، ކޯލް ޕާމާ ޗެލްސީ އަށް ވިއްކާލަން މަޝްވަރާތައް ފަށައިފި އެވެ.

މިދިޔަ ހަފްތާގައި ނޫނޭސް ގަންނަން ސިޓީން ކުރި ބިޑް ވުލްވްސް އިން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ވުލްވްސް އިން ނޫނޭސް، 25، ވިއްކާލަން ކިޔާ އަގު އުޅެނީ 70 މިލިއަން ޑޮލަރުގަ އެވެ. އެކަމަކު، ސިޓީން މިހާރު ވުލްވްސްއާ މަޝްވަރާ ކުރަމުން އަންނަނީ 60 މިލިއަން ޑޮލަރުގެ ފީ އަކަށް އެ ޑީލް ނިންމުމަށެވެ.

ސިޓީ އަށް ބަދަލުވާން ބޭނުންވާތީ ނޫނޭސް, ވުލްވްސްގެ ފަރިތަކުރުންތަކަށް ނުނިކުމެ އެވެ. ކުރިން ސްޕޯޓިން ލިޒްބަން އަށް ކުޅުނު ނޫނޭސް ގަންނަން މީގެ ކުރިން ލިވަޕޫލުން ވެސް މަސައްކަތްކުރި އެވެ. އެކަމަކު، ރަސްމީކޮށް ބިޑެއް ކޮށްގެން މަޝްވަރާތައް ކުރިއަށް ނުގެންދެ އެވެ.

ނޫނޭސް ގެންނަން ސިޓީން ބޭނުންވި އެންމެ ބޮޑު ސަބަބަކީ އެ ޓީމުގެ ތަރި، ކެވިން ޑި ބްރޭނާ އަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކެވެ. ޑި ބްރޭނާ މި ވަގުތު ވެސް ހުރީ އަނިޔާއެއްގަ އެވެ.

ސިޓީން އަންނަނީ އެ ޓީމުގެ ޒުވާން ވިންގް، ޕާމާ ޗެލްސީ އަށް ވިއްކާލަން މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން، ސިޓީން ޕާމާ ވިއްކާލަން ކިޔާ އަގު ކަމަށްވާ 47 މިލިއަން ޑޮލަރުގެ ފީ އަކަށް އެ ޑީލް ކުރިއަށް ގެންދަން ޗެލްސީން އޮތީ ތައްޔާރަށެވެ.

އިންގްލެންޑް 21 އަހަރުން ދަށުގެ ޓީމުގެ ފޯވާޑް، ޕާމާ އަކީ ހުނަރުވެރި ކުޅުންތެރިއެއް ނަމަވެސް ސިޓީގައި ގަވާއިދުން އޭނާ އަށް ކުޅުމުގެ ފުރުސަތު ނުލިބޭނެތީ އޭނާ ދޫކޮށްލަން އޮތީ ތައްޔާރަށެވެ.

ޗެލްސީން ޕާމާގެ ޑީލްގައި ކުރިއެރުން ހޯދާފައިވޭތޯ ސުވާލުކުރުމުން އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ޓްރާންސްފާގެ ވާހަކަތައް މީޑިއާގައި ދެއްކުމަކީ އެއްވެސް އިރެއްގައި ކުރާ ކަމެއް ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox