އިންގިލާބީ ބަދަލުން ޖީބަށް 87 ޕަސެންޓުގެ ލުޔެއް!

އާރުޓީއެލްގެ ލޯންޗުތައް -- ފޮޓޯ: އެމްޓީސީސީ

އާރުޓީއެލްގެ ލޯންޗުތައް -- ފޮޓޯ: އެމްޓީސީސީ

ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލަން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ އިންގިލާބީ ދަތުރުން، ފަރުދުންގެ ޖީބަށް 87 ޕަސެންޓުގެ ލުޔެއް ލިބިގެން ހިނގެއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ގދ. ތިނަދޫގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ލައްކައަށް ވުރެ ގިނަ މީހުން އާރުޓީއެލްގެ ދަތުރަށް އަރާފައިވާ ކަމަށާއި މީގެ ކުރިން އެ ދަތުރުތަކަށް ޖީބުން ކުރާ ހަރަދު، މިހާރު އާރުޓީއެލުން 87 ޕަސެންޓު ލުއިކޮށްދީފައިވާ ކަމަށެވެ.

"މާނައަކީ އެ ފައިސާ ދެން ހުންނާނީ އެހެން ކަންތައް ކުރަން. ސަރުކާރުން އެހީތެރިކަން ފޯރުކޮށް މި ދެނީ. ރައްޔިތުންނަށް ތަނަވަސް، ފަސޭހަ، ލުއި ގޮތްތައް މި ހޯދައި ދެނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

"އިރާދަ ކުރެއްވިއްޔާ މި ބަދަލާ އެކީ، ހެޔޮ އެތައް ބަދަލެއް މިއޮތް ހުރިހާ އަތޮޅަކަށް އަންނަމުން ދާނެ."

އާރުޓީއެލްގެ ހިދުމަތުން ހުވަދު އަތޮޅުގެ ރަށްތައް ގުޅާލިއިރު، އެ އަތޮޅުގައި ހުރި ކުދި ރަށްތަކަށް ދިރުން ލިބި، ކަމަށާއި ކޮންމެ ރަށަކީ މީހުން ދިރިއުޅެން ފައްކާ ވެފައިވާ ރަށަކަށް ވެގެންދާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ހިދުމަތް ހޯދުމަށް ދާންޖެހޭ ތަންތަނަށް ފަސޭހައިން ދެވޭނެ. ޑޮކްޓަރަށް ދައްކާލަން ބޭނުން ވެއްޖެ ނަމަށް މިތަނަށް [ތިނަދޫ އަށް] އައިސް އެނބުރި އިރުއޮއްސެންވާއިރަށް އަމިއްލަ ރަށަށް ދެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

އާރުޓީއެލްގެ ހިދުމަތް ހުވަދު އަތޮޅުގައި ރަސްމީކޮށް ފެށުމަށް އިއްޔެ ހަވީރު ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި، އެ އިންގިލާބީ ދަތުރުގެ ކާމިޔާބީ ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވެ ދެއްވީ ނަންބަރުންނެވެ.

އެންމެ ފުރަތަމަ އާރުޓީއެލްގެ ހިދުމަތް ފެށި ޒޯން އެކެއްގައި ހިމެނޭ ތިން އަތޮޅުގެ 41 ރަށަށް ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި 322،238 މީހުން ދަތުރުކޮށްފައިވެ އެވެ. އޭގެ ތެރެއިން ކުޅުދުއްފުށްޓަށް 103،026 މީހުން، ހަނިމާދޫ އަށް 28،654 މީހުން، ހއ. ދިއްދޫ އަށް 27،069 މީހުން އަދި ށ. ފުނަދޫ އަށް 19،256 މީހުން ދިޔަ އެވެ

އާރުޓީއެލްގެ ލޯންޗުތައް
އާރުޓީއެލްގެ ލޯންޗުތައް

އާރުޓީއެލްގެ ލޯންޗުތައް -- ފޮޓޯ: އަދަދު

ހުވަދު އަތޮޅުގައި މީގެ މަހެއްހާ ދުވަސް ކުރިން އާރުޓީއެލްގެ ހިދުމަތް ފަށާފައިވާއިރު މިހާތަނަށް 2،896 މީހުން ތިނަދުއަށް ޒިޔާރަތް ކުރި އެވެ. އަދި މުޅި ހުވަދޫގެ 18 ރަށުން 10،836 މީހުން އާރުޓީއެލްގެ ދަތުރަށް އަރާފައިވެ އެވެ. އެންމެ އެކަހެރިކޮށް އޮތް ނަޑެއްލާއިން ވެސް 362 މީހުން ދަތުރަށް އެރި އެވެ.

"މިއަދު ނަޑެއްލާއަކީ އެކަހެރި ރަށެއް ނޫން. މިއަދު ދެވޭނެ ފިޔޯރީގައި ހުންނަ ތިމާގެ މީހާ ގާތަށް ގޮސްލާފައި އެބަ އާދެވޭ. ވާދޫން ފުރައިގެން ފިޔޯރީއަށް އާދެވޭނެ، ފަރެސް މާތޮޑާއަށް ދެވޭނެ. ހެނދުނު އައިސްފައި ހަވީރު ދެވޭނެ،" އަސްލަމް ވިދާޅުވި އެވެ.

ނަޑެއްލާއިން އަދި އަތޮޅުގެ އެހެން ރަށްތަކުން ވެސް ތިނަދޫ އަށް އައިސް ޑޮކްޓަރަށް ދެއްކުމަށް ފަހު ނުވަތަ ޑޮކްޓަރު ދޭ ޓެސްޓެއް ހެދުމަށް ލޭ ނެގުމަށް ފަހު އެނބުރި ރަށަށް މިހާރު ދުވަހުން ދުވަހަށް ދެވެ އެވެ. ނަމަވެސް ކުރިން ނަމަ އެ ޓެސްޓު ހެދުމަށް ތިނަދޫން ތަނެއް ކުއްޔަށް ހިފައިގެން ނުވަތަ ދަންނަ މީހެއްގެ ގާތުގައި މަޑުކުރަން ޖެހޭނެ، އެ އަތޮޅު ފަރެސްމާތޮޑާ އަށް އުފަން އަސްލަމް ވިދާޅުވި އެވެ.

ހުވަދޫ އަތޮޅުގައި އާރުޓީއެލް ފެށުމުގެ ކުރިން ކާޑެއްދޫ އެއާޕޯޓުން ވާދުއަށް ދިޔުމަށް 2،000-2،500ރ. ދެމެދުގެ ފައިސާ ހަރަދުވާނެ ކަމަށާއި ނަަމަވެސް މިހާރު އާރުޓީއެލްއިން އެ ދަތުރު 125ރ. އަށް ކުރެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"މިއީ ނޫންތޯ ބޭނުންވާ ބަދަލަކީ" އޭނާ ވިދާޅުވި އެވެ.

"ނަމަ ނަމަ މިކަން ހުއްޓުނަ ނުދެއްވާތި. ނަމަ ނަމަ މިކަން ހުއްޓުނަ ނުދެއްވާތި."

އާރުޓީއެލްގައި ދަތުރުކުރާ ހަތަރު އަހަރުން ދަށުގެ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަތުން ފީއެއް ނުނަގަ އެވެ. މިހާތަނަށް 19،000 އަށް ގިނަ ކުޑަ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ދަތުރުކޮށްފައިވާ ކަމަށް ވެސް އަސްލަމް ވިުދާޅުވި އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށް ގުޅި ލާމެހިގެން ނޫނީ ތަރައްގީއެއް ނާންނާނެ ކަމަށާއި ގާތް ގުޅުމެއް ވެސް ނޯންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން އާރުޓީއެލްގެ ހިދުމަތް ދެމުން ދަނީ ދުނިޔޭގެ ފެންވަރުގައި ކަމަށާއި މި ހިދުމަތުގެ ސަބަބުން އަމިއްލަ ރަށުގައި ތިބެގެން ވެސް ވަޒީފާގެ އިތުރު ފުރުސަތު މިހާރު ފަހިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާރްޓިއެލް ފެރީގެ ހިދުމަތް މިހާރު ފަށާފައި ވަނީ އެންމެ ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ. އަތޮޅާއި ށ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ގއ. އަދި ގދ. އަތޮޅުގަ އެވެ. ނ. އަތޮޅާއި އައްޑޫގައި އާރުޓީއެލްގެ ހިދުމަތް ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox