ލަންޑަން (އޮގަސްޓް 30) - ފުލަމް އަތުން ބަލިވެ، އިނގިރޭސި ލީގު ކަޕްގެ ދެ ވަނަ ބުރުން ޓޮޓެންހަމް ހޮޓްސްޕާސް ކަޓައިފި އެވެ.
އާ ކޯޗު އަންގޭ ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ލީގު ކަޕްގައި ޓޮޓެންހަމް ކުޅުނު ފުރަތަމަ މެޗުން ބަލިވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އިން ދެ ޓީމު އެއްވަރުވެ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 5-3 އިން ބަލިވުމުންނެވެ.
ފުލަމް އިން މޮޅަށް ކުޅުނު މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑުވެސް ނެގި އެވެ. މި ގޯލަކީ ޓޮޓެންހަމްގެ މިކީ ވެން ޑެ ވެން އަތުން ބަލިކޮޅަށް ވަތް ގޯލެކެވެ.
ދެ ވަނަ ހާފުގައި ބަދަލުތަކަކާ އެކު ނިކުމެ ޓޮޓްނަހަމުން ނަތީޖާ ހަމަހަމަކުރި އެވެ. މެޗުގެ 56 ވަނަ މިނެޓުގައި މި ގޯލު ޖަހައިދިނީ ފޯވާޑް ރިޗާލިސަން އެވެ. މިއީ މިދިޔަ އޭޕްރީލް މަހުގެ ފަހުން ރިޗާލިސަން ޓޮޓެންހަމަށް ޖަހައިދިން ފުރަތަމަ ގޯލެކެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި ޓޮޓެންހަމުން ބޭކާރުކޮށްލީ ޑިފެންޑަރު ޑަވިންސަން ސަންޗޭޒް އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ކީޕަރު މަރެކް ރޮޑަކް އެވެ.
ލީގު ކަޕްގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބޯންމައުތުން ވަނީ 3-2 އިން ސްވަންސީ ބަލިކޮށްފަ އެވެ. ޕްރިމިއާ ލީގުގެ ވުލްވްސް އިން 5-0 އިން ބްލެކްޕޫލް ބަލިކުރިއިރު، އިނގިރޭސި ދެ ވަނަ ޑިވިޝަންގެ ޓީމުތަކުން ވެސް ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. މިގޮތުން މިޑްސްލްބްރާ، ލެސްޓާ ސިޓީ އަދި ނޯވިޗްވެސް ވަނީ ތިން ވަނަ ބުރުން ޖާގަ ހޯދާފަ އެވެ.












