އައިއޯއައިޖީ 2023: ޕެރަ އިވެންޓުން ފާތުން އާއި ރައްޒާގު ރާއްޖެ އަށް ބްރޯންޒް މެޑަލް ހޯދައިދީފި

އައިއޯއައިޖީގައ ވާދަކޮށް ބްރޯންޒް މެޑަލް ހޯދި ޕެރަ ދެ އެތުލީޓުންނާއި އެހީތެރިން މެޑަލްއާއިއެކު - ފޮޓޯ: އެމްއޯސީ/އިސްމާއިލް ތޯރިގް

އައިއޯއައިޖީގައ ވާދަކޮށް ބްރޯންޒް މެޑަލް ހޯދި ޕެރަ ދެ އެތުލީޓުންނާއި އެހީތެރިން މެޑަލްއާއިއެކު - ފޮޓޯ: އެމްއޯސީ/އިސްމާއިލް ތޯރިގް

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޕެރަ އެތުލެޓިކްސް އިވެންޓުގައި ވާދަކުރި ރާއްޖޭގެ ދެ ބައިވެރިން ކަމަށްވާ ފާތިމަތު އިބްރާހިމް (ފާތުން) އާއި އަބްދުލްރައްޒާގު އަބްދުއްސަމަދު ބްރޯންޒް މެޑަލް ހޯދައިފި އެވެ.

ލޯފަން ކުދިންނަށް ހާއްސަ އިވެންޓުގައި ރާއްޖޭގެ ފާތުން އާއި ރައްޒާގު ވާދަކުރީ 100 މީޓަރު ދުވުމުގަ އެވެ. އެ ގޮތުން މިއަދު ކުރިއަށްދިޔަ އަންހެނުންގެ 100 މީޓަރު ދުވުމުގައި ވާދަކޮށް ފާތުން ބްރޯންޒް މެޑަލް ހޯދީ 17.34 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ފާތުން މިއަދު ހަވީރު ކުރިއަށްދިޔަ ފައިނަށް ކޮލިފައިވީ މިއަދު ހެނދުނު ކުރިއަށްދިޔަ ހީޓުގައި ވާދަކޮށް ދެ ވަނަ ހޯދައިގެންނެވެ. ފާތުންއާ އެކު އޭނާގެ އެހީތެރި ދުވުންތެރިޔާގެ ގޮތުގައި ބައިވެރިވަނީ ފާތިމަތު ޝަމްހާ އެވެ.

ފިރިހެނުންގެ 100 މީޓަރު ދުވުމުގައި ވާދަކޮށް ރައްޒާގު ރޭސް ނިމްމީ 13.74 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަރުތަ ޕްރޮގްރާމްގައި ހިމެނިގެން ތަމްރީން ހަދަމުން އަންނަ ރައްޒާގު މިއަދު ރޭސް ނިންމީ ގައުމީ ރެކޯޑު ޓައިމިން އަކާއެކުގަ އެވެ. އެއީ މީގެ ކުރިން 2019ގެ އައިއޯއައިޖީގައި ދުވި މާޒިން އަށް ވުރެ 7 ސިކުންތު އަވަސް ޓައިމިން އެކެވެ. އޭގެ އިތުރުން، 2019ގެ އައިއޯއައިޖީގައި މާޒިން ވަނީ 20.52 ސިކުންތުން ދުވެ މެޑަލް ހޯދައިފަ އެވެ.

ރައްޒާގުގެ ގައިޑް ރަނާގެ ގޮތުގައި މި އިވެންޓުގައި ދުވީ އާތިފް އިބްރާހިމް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox