މިންހާލް، 100 މީޓަރު ދުވުމުގެ ޖޫނިއާ ރެކޯޑް މުގުރާލައިފި

Aug 29, 2023, 10:13 AM
މިންހާލް، 100 މީޓަރު ދުވުމުގެ ޖޫނިއާ ރެކޯޑް މުގުރާލައިފި

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ 100 މީޓަރު ދުވުމުގައި ވާދަކޮށް، މުހައްމަދު މިންހާލް ޝާމިން (މިންކޮ)، ގައުމީ ޖޫނިއާ ރެކޯޑް މުގުރާލައިފި އެވެ.

ސަތޭކަ މީޓަރު ދުވުމުގެ ހީޓު ތިނެއްގައި ވާދަކުރި މިންހާލް ދިޔައީ ހީޓުގެ ހަ ވަނަ އެވެ. އޭނާގެ ޓައިމިން އަކީ 10.90 ސިކުންތެވެ. މިންހާލްގެ މި ޓައިމިން އަކީ ގައުމީ ޖޫނިއާ ރެކޯޑް ޓައިމިން އެެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 2021 ވަނަ އަހަރުގެ ނެޝަނަލް ޗެމްޕިއަންޝިޕްގައި ރެކޯޑް ހެދި އިބާދުﷲ އާދަމް އެވެ. އިބާދުﷲ ރެކޯޑް ހެދީ 10.95 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިންހާލް އަކީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލަޝިޕްގެ ދަށުން ޖެމެއިކާގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނަ އެތުލީޓެކެވެ. މިދިޔަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވެސް މިންހާލް ވަނީ ވާދަކޮށްފަ އެެެވެ.

މިއަދު އައިއޯއައިޖީގައި ކުރިއަށްދިޔަ ޕެރަ އެތުލެޓިކްސްގެ އަންހެނުންގެ 100 މީޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ ފާތިމަތު އިބްރާހިމް ވަނީ ގައުމީ ރެކޯޑް އާ ކޮށްފަ އެވެ.

އެ ގޮތުން، މިއަދުގެ ރޭހުގައި ފާތިމަތު އިބްރާހިމް، އޭނާގެ ގައިޑްރަނާ، ފާތިމަތު ޝަމްހާ، 100 މީޓަރުގެ ރޭސް ނިންމީ، 17.80 ސިކުންތުންނެވެ. މިއީ ކުރީގެ ޓައިިމިންއާ ބަލާއިރު ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.

މީގެ ކުރިން ފާތިމަތު އެ ރެކޯޑް ހެދީ 2021 ވަނަ އަހަރުގެ ޕެރަލިމްޕިކް އިވެންޓްގައި 100 މީޓަރު ރޭސް 18.06 އިން ނިންމައިގެންނެވެ. އެ ފަހަރު، ފާތިމަތުގެ ގައިޑްރަނާ އަކީ ރަބާ އިސްމާއިލް އާސިފް އެވެ.

ފާތިމަތު ވަނީ މި ފަހަރުގެ އައިއޯއައިޖީގެ 100 މީޓަރު އިވެންޓްގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox