އާ ޕޭމަންޓް ސިސްޓަމް، ފަވަރަ މެދުވެރިކޮށް ދެ ދުވަހުން 10 މިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފި

އާ ޕޭމަންޓް ސިސްޓަމް، ފަވަރަ މެދުވެރިކޮށް ދެ ދުވަހުން 10 މިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފި

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ތައާރަފްކުރި ގައުމީ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، ފަވަރަ މެދުވެރިކޮށް ދެ ދުވަސްތެރޭ 10.6 މިިލިއަން ރުފިޔާގެ މުއާމަލާތް ހިންގައިފި އެވެ.

ފަވަރަ ޕޭމަންޓް ސިސްޓަމަކީ އެއް ބޭންކުން އަނެއް ބޭންކަށް ފަސޭހަކަމާއެކު ވަގުތުން ފައިސާ ފޮނުވޭ ގޮތައް ހަދާފައިވާ ސިސްޓަމެކެވެ. އެކި މަރުހަލާތަކަށް ޑިވެލޮޕްކުރާ މި ސިސްޓަމްގެ ފުރަަތަމަ މަރުހަލާ ރަސްމީކޮށް ލޯންޗުކޮށް ބޭނުންކުރަން ފެށީ މިިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

އެމްއެމްއޭ އިން ބުނިގޮތުގައި ފަވަރަ ސިސްޓަމް ބޭނުން ކުރަން ފެށިތާ ދެ ދުވަސްތެރޭ އެ ސިސްޓަމްގެ ތެރެއިން 3،676 މުއާމަލާތް ވަނީ ހިންގާފަ އެވެ. އެ މުއާމަލާތްތަކުގެ އަދަދު 10.6 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ފަވަރަ ޕޭމަންޓްގެ ހިދުމަތް މިވަގުތު ލިބެމުންދަނީ ތިން ބޭންކަކުންނެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް), ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ. ފަވަރަ މިވަގުތު ބޭނުންކުރެވޭނީ މި ތިން ބޭންކުތަކުގެ އިންޓަނެޓް އަދި މޯބައިލް ބޭންކިންގެ ތެރެއިންނެވެ.

ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން މިހާރު ލިބެން ހުންނަ ހިދުމަތްތަކަކީ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވާލުމާއި، ރިކުއެސްޓް ޓު ޕޭގެ ހިދުމަތާއި، ފައިސާ ފޮނުވެނީ ރަނގަޅު މީހަކަށްތޯ ޔަގީންކުރުމަށް އެކައުންޓް ވެރިފިކޭޝަންގެ ހިދުމަތުގެ އިތުރުން، ޔޫސާ އައިޑެންޓިފިކޭޝަން އަށް ފަސޭހަ ސްމާޓް އެޑްރެސިންގެ ހިދުމަތެވެ.

ސްމާޓް އެޑްރެސިންގެ ހިދުމަތާއެކު ބޭންކުތަކުގެ އެކައުންޓު ނަންބަރުގެ ބަދަލުގައި އީމެއިލް ނުވަތަ ފޯނު ނަންބަރު ބޭނުންކޮށްގެން ފަވަރަ އޭލިއަސް އެއް ރަޖިސްޓްރީކޮށް އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.

އެމްއެމްއޭ އިން ބުނީ އެހެން ބޭންކުތަކުން ވެސް މުސްތަގުބަލުގައި ސިސްޓަމް ބޭނުންކުރަން ފަށަން ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި އަހަރުގެ ނިޔަލަށް ރާއްޖޭގައި ތިބި ހުރިހާ ބޭންކަކުން މި ނިޒާމުގައި ބައިވެރިވާނެ ކަމަށެވެ.

އޭގެ އިތުރުން، ފަވަރަ އިތުރަށް ފައްކާކުރުމުގެ މަސައްކަތާއި ދެވަނަ މަރުހަލާގެ މަސައްކަތްވެސް ކުރަމުންދާ ކަމަށާއި އެގޮތުން މުސްތަގުބަލުގައި ރާއްޖޭގައި ބޭނުންކުރާ އީވޮލެޓުތަކަށްވެސް ފަވަރަ އިންޓްގްރޭޓު ކުރެވިގެންދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

މި ސިސްޓަމްގެ ދެވަނަ ފިޔަވަހި ތައާރަފުކުރާއިރު ފަވަރަ އަށް ހާއްސަ އެޕްލިކޭޝަނެއް ނެރެންވެސް އެމްއެމްއޭ އިން ވަނީ ރާވާފަ އެވެ.

އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި މިއީ ރާއްޖޭގެ ޕޭމަންޓް ސްޓްރަކްޗާއަށް މިފަހުން ގެނެވޭ އެންމެ ބޮޑު ބަދަލެވެ. އަދި މި ނިޒާމު ވުޖޫދަށް އައުމާ ގުޅިގެން މާލީ މުއާމަލާތްތައް ރައްކާތެރިކަމާ އެކީ ފަސޭހަވެ އަވަސްވެ، މުޅި މާލީ ނިޒާމަށް އީޖާދީ، އިންގިލާ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox