އައިއޯއައިޖީގައި ރާއްޖޭގެ ބާސްކެޓްބޯޅަ ތުރީ އޮން ތުރީ ދެ ޓީމަށް ވެސް ލޯ މެޑަލް

Aug 28, 2023, 5:25 PM
އައިއޯއިޖީގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ ޓީމުން މެޑަލްއާ އެކު ސެލްފީއެއް ނަގަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އައިއޯއިޖީގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ ޓީމުން މެޑަލްއާ އެކު ސެލްފީއެއް ނަގަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ބާސްކެޓްބޯޅަ ތުރީ އޮން ތުރީ ދެ ޓީމުން ވެސް ލޯ މެޑަލް ހޯދައިފި އެވެ. ދެ ޓީމުން ވެސް ވަނީ ތިން ވަނަ ހޮވި މެޗުން ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ.

މިއީ އައިއޯއައިޖީގައި ތުރީ އޮން ތުރީ ބާސްކެޓްބޯޅަ ޓީމުން ވާދަކުރި ފުރަތަމަ ފަހަރެވެ. އެހެންކަމުން، މިއީ ރާއްޖޭގެ ބާސްކެޓްބޯޅަ އަށް ތާރީހީ ކާމިޔާބެކެވެ. ތުރީ އޮން ތުރީ އަންހެން ޓީމުގައި ހިމެނެނީ އީހައު ޝަމީމް، އިފާ އާތިފް، ކައިލީން ޝިރްހާން އަދި ޒުހާ އަޝްރަފް އަލީ އެވެ.

ފިރިހެން ޓީމުގައި ހިމެނެނީ އިސްމާއިލް ވިލްދާން، އަބްދުﷲ އަމްޒަރު، މުހައްމަދު ހުވައިލިދު (ހުވޭ) އަދި ޒަކަރިއްޔާ އަބްދުލް ލަތީފް (ޒަކިއްޓެ) އެވެ.

ތިން ވަނަ ހޮވާ މެޗުގައި ރާއްޖޭން މަޔޯޓްއާ ބައްދަލުކުރިއިރު، ރާއްޖެ ޓީމުން ރަނގަޅު ހިތްވަރެއް ދައްކާފައިވޭ.--- ފޮޓޯ: މުހައްމަދު ޝާބިން/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ރާއްޖޭގެ އަންހެން ތުރީ އޮން ތުރީ ޓީމުން ސެމީ ފައިނަލުގައި ރީޔޫނިއަން އަތުން ވަނީ 06-18 އިން ބަލިވެފަ އެވެ. މި މެޗުގައި ރީޔޫނިއަން އިން ވަނީ އެ ޓީމުގެ ފިޒިކަލް ވަރުގަދަކަމުގެ ބޭނުން ރަނގަޅަށް ހިފައިފަ އެވެ. އަދި ރާއްޖޭގެ ގޭމް ހަލާކުކޮށްލައިގެން ޕޮއިންޓް އެއްކުރުމުގައި ރީޔޫނިއަން އިން ދެއްކި ތަފާތާ އެކު އެ ޓީމުން މި މެޗު ކާމިޔާބުކުރީ އެވެ.

ތިން ވަނަ ހޮވާ މެޗުގައި އަންހެން ޓީމު ކުޅެން ޖެހުނީ މަޔޯޓްއާ އެވެ. އެ ޓީމު އަތުން ފަހު ވަގުތާ ހަމައަށް ޖެހެންދެން ހިތްވަރުކޮށްގެން މޮޅުވެފައިވަނީ 19-15 އިންނެވެ. މި މެޗުގައި ދެ ޓީމުން ވެސް ލީޑު ނަގަމުންދިޔަ އެވެ. އަދި ޕްރެޝަރު ވަގުތުތަކުގައި ދެ ޓީމަށް ވެސް ގޯސްތަކެއް ހެދި އަތުގައި އޮތް ލީޑު ވަނީ ގެއްލިފަ އެވެ. އެކަމަކު، ސެޓުގެ ފަހު ކޮޅުގައި ރާއްޖޭގެ ކުޅުންތެރިން ކުޅުން ރަނގަޅުކޮށް، ސްކޯ ކުރި މުހިންމު ޕޮއިންޓްތަކާ އެކު މޮޅުވީ އެވެ. އެ ގޮތުން އެ ވަގުތުތަކުގައި ރާއްޖެ ޓީމުގެ ކައިލީން ވަނީ ރަނގަޅު ސްކޯތަކެއް ކޮށްފަ އެވެ.

ރާއްޖޭގެ ފިރިހެން ތުރީ އޮން ތުރީ ޓީމުގެ ވިލްދާން (ކ) އާއި ޒަކިއްޓެ (މ) އަދި އަމްޒަރު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ފިރިހެން ޓީމުން މިއަދު ވަނީ ފުރަތަމަ ކުޅުނު ކުއާޓާ ފައިނަލް މެޗުން 20-18 އިން ރީޔޫނިއަން އަތުން މޮޅުވެފަ އެވެ. އެކަމަކު، ސެމީ ފައިނަލުގައި މަޔޯޓް އަތުން 21-16 އިން ވަނީ ބަލިވެފަ އެވެ. އެކަމަކު، ތިން ވަނަ ހޮވާ މެޗަށް ރަނގަޅު ރޫހެއްގައި ނުކުމެ، 14-13 އިން މޮރިޝަސް އަތުން މޮޅުވެ، ރިހި މެޑަލް ހާސިލްކުރީ އެވެ. ތިން ވަނަ ހޮވާ މެޗުގައި ރާއްޖެ ޓީމުން ވަނީ ޒަކިއްޓެ އާއި ހުވޭގެ ތަޖުރިބާގެ ބޭނުންހިފައި، މުހިންމު ވަގުތުތަކުގައި ތަފާތު ދައްކައިފަ އެވެ.

ބާސްކެޓްބޯޅަ ޓީމުގެ ކާމިޔާބީ ރާއްޖޭގެ ކޮންޓިންޖެންޓްގައި ހިމެނޭ ގިނަ ފަރާތްތަކެއް އެކުވެގެން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭން މިހާތަނަށް ވަނީ މި ފަހަރުގެ އައިއޯއައިޖީގައި 13 މެޑަލް ޔަގީންކޮށްފަ އެވެ. އެއީ ޓައެކްވަންޑޯ އިން ހޯދި ދެ ރިހި މެޑަލާއި ތިން ލޯ މެޑަލް، ޓޭބަލް ޓެނިހުން ހޯދި ދެ ރަން މެޑަލާއި އެއް ރިހި މެޑަލް އަދި ލޯ މެޑަލް، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ އިިން ހޯދި ދެ ލޯ މެޑަލްގެ އިތުރުން އަންހެން ބެޑްމިންޓަން ޓީމު ހޯދި ރިހި މެެޑަލާއި މާދަމާ ފިރިހެން ބެޑްމިންޓަން ޓީމުން ފައިނަލުގައި ކުޅެގެން ލިބޭ މެޑަލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox