ބެންޗުން އަރައި ނޫނޭޒް ދެއްކި ތަފާތުން ލިވަޕޫލުން ނިއުކާސަލް ބަލިކޮށްފި

Aug 28, 2023, 3:46 AM
ބެންޗުން އަރައި ނޫނޭޒް ދެއްކި ތަފާތުން ލިވަޕޫލުން ނިއުކާސަލް ބަލިކޮށްފި

ލަންޑަން (އޮގަސްޓް 28) - ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، ޑާވިން ނޫނޭޒް ޖެހި ދެ ގޯލުން، އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ލިވަޕޫލުން 2-1 އިން ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެއްޖެ އެވެ.

ލިވަޕޫލްގެ ޑިފެންޑަރު ޓްރެންޓް އަލެކްސަންޑާ އާނޯލްޑް ހެދި ގޯހެއްގެ ފައިދާނަގައި، މެޗުގެ 25 ވަނަ މިނިޓްގައި ނިއުކާސަލަށް ލީޑުނަގައިދިނީ އެންތަނީ ގޯޑަން އެވެ. އޭގެ ތިން މިނިޓް ފަހުން، ނިއުކާސަލްގެ އަލެކްސަންޑަ އިސާކަށް ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ފައުލުކުރި ކަމަށް ނިންމައި، އޭނާ އަށް ސީދާ ރަތް ކާޑެއް ދެއްކި އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ލިވަޕޫލް ކައިރިން ދެ ވަނަ ގޯލެއް ޖަހަން، ނިއުކާސަލް އިން ކުރި މަސައްްކަތުގައި އެ ޓީމުގެ މިގޭލް އަލްމިރޯން ޖެހި ޝޮޓެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވެސް ވަނީ ރަނގަޅު ބޯޅަތަކެއް ހުއްޓުވައިފަ އެވެ.

ލިވަޕޫލް ކޮޅަށް ނަތީޖާ އެނބުރުނީ 77 ވަަނަ މިނިޓްގައި އަލެކްސިސް މެކް އަލިސްޓާގެ ބަދަލުގައި ނޫނޭޒް ކުޅެން އެރުވި ހިސާބުންނެވެ. ކުޅެން އެރިތާ ހަތަރު މިނިޓް ތެރޭ ނޫނޭޒް ވަނީ އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ލިބުނު ވަގުތުގެ ބޭނުންހިފައި ތިރިތިރިން ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. ނޫނޭޒް، ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޖެހީ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގަ އެވެ. މިއީ މުހައްމަދު ސަލާހު ދިން ބޯޅައަކަށް އަރައި ނޫނޭޒް ޖެހި ގޯލެކެވެ.

އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީން ވަނީ 2-1 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އާލިން ބްރައުޓް ހާލަންޑް އަތުން ޕެނަލްޓީއެއް ނާކާމިޔާބުވި ނަމަވެސް ފަހުން ގޯލެއް ޖަހައި އޭނާ ސިޓީ އަށް ލީޑުނަގައިދިނެވެ. އެކަމަކު، މެޗުގެ 85 ވަނަ މިނިޓްގައި ޖޭޑަން ބޮގްލް ޝެފީލްޑަށް އެއްވަރުކޮށްދިން ފަހުން ސިޓީ މޮޅުކޮށްދިން ގޯލު ޖެހީ ރޮޑްރީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox