އިންސްޓަންޓް ޕޭމަންޓް ސިސްޓަމާއެކު ބަދަލުވާނީ ކޮންކަމެއް؟

Aug 26, 2023, 12:22 PM
އެމްއެމްއޭގެ އިމާރާތް -- ފޮޓޯ: އެމްއެމްއޭ

އެމްއެމްއޭގެ އިމާރާތް -- ފޮޓޯ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ތައާރަފު ކުރަން ތައްޔާރުވެފައިވާ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ހިދުމަތާއެކު ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމުގެ ނިޒާމުގެ މަލަމަތި އެއްކޮށް ބަދަލުކޮށްލާނެ އެވެ. އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވުމުގައި ދިމާވަމުންދިޔަ ތުރާތަކަށް ނިމުމެއް އަންނާނެ އެވެ. މިތަނުގައި މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ފުރަތަމަ ފޭސް ނިމި ހިދުމަތް ފަށާއިރު ލިބޭނެ ހިދުމަތްތަކަށް ކުރުގޮތަކަށް ބަލާލާނަމެވެ.

ވަގުތުން ފައިސާ ފޮނުވޭ ހިދުމަތް (އިންސްޓަންޓް ޕޭމަންޓްސް)

މިއީ މި ސިސްޓަމްގެ އެންމެ މުހިންމު ސިފަ އެވެ. ވަގުތުން ފައިސާ ފޮނުވުމެވެ. މި ސިސްޓަމްގައި ބައިވެރިވާ ކޮންމެ ބޭންކެއްގެ ކޮންމެ ކަސްޓަމަރަކަށް ކޮންމެ ތާކު ހުރެ ވެސް މި ހިދުމަތް ލިބިގެންދާނެ އެވެ. އެއް ބޭންކުން އަނެއް ބޭންކަށް ކުރާ ޓްރާންސްފާތައް ލިބުމުގައި މިހާރު ހޭދަވާ ގަޑިއިރުތައް ނުވަތަ ދުވަސްތަކުގެ ފަރަގު މަދު ސިކުންތުކޮޅަކަށް މި ސިސްޓަމުން މަދުކުރެ އެވެ.

ފައިސާ ހޯދުމަށް ފަސޭހަގޮތެއް (ރިކުއެސްޓް ޓު ޕޭ)

ޕޭމަންޓް ސިސްޓަމްގައި ހިމެނޭ މި ހިދުމަތުގެ ބޭނުންކޮށްގެން މީހަކު ފައިސާއެއް ދޭން އޮވެއްޖެނަމަ އެކަން ހަނދާން ކޮށްދެވޭނެ އެވެ. އެ ފައިސާއެއް ފޮނުވައިދިނުމަށް ސިސްޓަމްގެ ތެރެއިން އެދެވޭނެ އެވެ. މި ހިދުމަތަކީ ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޕޭމަންޓް ހިދުމަތްތައް ދިނުމުގައި އެތައް ގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. ކަސްޓަމަރުން ގަންނަ އެއްޗެއްސަށް ދޭންޖެހޭ ފައިސާއަށް ފަސޭހަކަމާއެކު އެދިލެވޭނެއެވެ. ނޮޓިފިކޭޝަނެއްގެ ސިފައިގައި ނުވަތަ މެސެޖަކުން އަންނަ މި އެދިލުމަށް އިޖާބަދިނުމާއެކު އެ ފަރާތެއްގެ އެކައުންޓުން ރައްކާތެރިކަމާއެކު ފައިސާ އުނިކުރެވި ލިބެންވީ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާކުރެއެވެ.

އެކައުންޓް ނަންބަރު ނޫން ގޮތެއް (ސްމާޓް އެޑްރެސިންގ)

އަމިއްލަ އެކައުންޓް ނަންބަރު ވެސް ހިތުން ކިޔާލަން ނޭގެއެވެ. އެއަށް ވުރެ ކުރު ނަންބަރުތައް ވެސް ހަނދާނުގައި ބެހެއްޓުން ބައެއް ފަހަރު ދަތިކަމަކަށް ވެއެވެ. މިފަދަ ހާލަތްތަކަށް ޕޭމަންޓް ސިސްޓަމް އޮތީ ތައްޔާރަށެވެ. ހަނދާނުގައި ބަހައްޓަން ފަސޭހަ އެއްޗެއް އިހުތިޔާރުކޮށްލާށެވެ. މޯބައިލް ނަންބަރު ނުވަތަ އީމެއިލް އެޑްރެސް ފަދަ އެއްޗެކެވެ. މިފަދަ "އޭލިއަސް" އަކާ އެކައުންޓު ލިންކުކުރެވެއެވެ. ފައިސާއެއް ފޮނުވާންވީމައި އެކައުންޓު ނަންބަރުގެ ބަދަލުގައި ލިޔާނީ މިއެވެ. ޕޭމަންޓް ސިސްޓަމް ލޯންޗުކުރާއިރު އޭލިއަސްގެ ގޮތުގައި ބޭނުންކުރެވޭނީ މޯބައިލް ނަންބަރާއި އީމެއިލް އަދި އައިޑީ ކާޑު ނަންބަރެވެ. ނަމަވެސް، އިތުރު އޭލިއަސްތައް ސްމާޓް އެޑްރެސިންގައި ހިމެނުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އެކައުންޓުގެ ސައްހަކަން ކަށަވަރުކުރުން (އެކައުންޓް ވެރިފިކޭޝަން)

ޕޭމަންޓް ސިސްޓަމާއެކު އެއްބޭންކު އަނެއްބޭންކާ ސިސްޓަމްގެ ތެރެއިން ރައްކާތެރި ގުޅުމެއް (އިންޓައޮޕަރެބެލިޓީ) ގާއިމުކުރެވިގެންދާނެއެވެ. މިއާއެކު، މިހާރު ވަކިވަކި ބޭންކުތަކުން ދެމުންދާ އެކައުންޓް ވެރިފިކޭޝަން ނުވަތަ ކާކުގެ އެކައުންޓެއްކަން ކަށަވަރުކުރުމުގެ ހިދުމަތް އެއްކުރެވިގެންދާނެއެވެ. މިސާލަކަށް ބޭންކް އޮފް މޯލްޑިވްސް ބޭނުންކުރާ ފަރާތަކުން މޯލްޑިވްސް އިސްލާމިކް ބޭންކުގައި އޮތް އެކައުންޓަކަށް ފައިސާ ޖަމާކުރިޔަސް އެކައުންޓު ނަންބަރު ނުވަތަ އޭލިއަސް ލިޔުމާއެކު، އެއީ ކޮން ފަރާތެއްގެ އެކައުންޓެއްކަން އެނގޭނެއެވެ. މިކަމުގެ ސަބަބުން އޮޅިގެން އެހެން އެކައުންޓަކަށް ފައިސާ ޖަމާވުން މަދުވެގެންދާނެއެވެ.

މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ފުރަތަމަ ފޭސް ނިންމައި މި މަހު ލޯންޗުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ދަނީ ތައްޔާރީތައް ވަމުންނެވެ. މިއީ ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާއަށް މި ފަހުން އަންނާނެ އެންމެ ބޮޑު ބަދަލެވެ. އަދި މި ސިސްޓަމްގެ ދެވަނަ ފޭސް ނިމޭއިރުގައި ހިދުމަތްތައް ފުޅާކުރެވި އައު ކަންތައްތައް ތައާރަފްކުރެވި މާފަސޭހަ އީޖާދީ ބަދަލުތަކެއް ރާއްޖޭގެ މާލީ ނިޒާމަށް ގެނެސްދޭނެއެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox