އެމްޑީޕީ މެނިފެސްޓޯ: އެގްޒިމް ފައިނޭންސިން ތައާރަފުކޮށް ގައުމީ އިންވެސްޓްމަންޓް ފަންޑެއް އުފައްދަނީ

އިމާރާތެއް އެޅުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރިވަނީ: އެގްޒިމް ފައިނޭންސިންއާ އެކީ ބޭރު ގައުމުތަކުގައި ހިންގާ ޕްރޮޖެކްޓުތަކަށް ދިވެހި ކުންފުނިތަކަށް އިންވެސްޓު ކުރަން ފުރުސަތު ފަހިވާނެ -- ފޮޓޯ:އަބްދުﷲ އިޔާން

އިމާރާތެއް އެޅުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރިވަނީ: އެގްޒިމް ފައިނޭންސިންއާ އެކީ ބޭރު ގައުމުތަކުގައި ހިންގާ ޕްރޮޖެކްޓުތަކަށް ދިވެހި ކުންފުނިތަކަށް އިންވެސްޓު ކުރަން ފުރުސަތު ފަހިވާނެ -- ފޮޓޯ:އަބްދުﷲ އިޔާން

ބޭރު ގައުމުތަކުގައި ހިންގާ ޕްރޮޖެކްޓުތަކަށް ދިވެހި ކުންފުނިތަކުން ބައިވެރިވުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް އެކްސްޕޯޓް-އިމްޕޯޓް (އެގްޒިމް) ފައިނޭންސިން ތައާރަފުކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

އެގްޒިމް ފައިނޭންސިން ތައާރަފުކުރަން އެމްޑީޕީން ހުށަހަޅާފައި ވަނީ މިރޭ އިފްތިތާހުކުރި އެ ޕާޓީގެ މެނިފެސްޓޯގެ ފަހު ބައި، 'އިގުތިސޯދީ ބޮޑު ބަދަލު'ގެ ދަށުންނެވެ.

އެގޮތުން ދިވެހި ވިޔަފާރިތައް ރާއްޖޭގެ އަސްދަނޑިން ބޭރަށް ގެންދިއުމުގެ ގޮތުން ހުށަހަޅާ ކަންކަމުގެ ތެރޭގައި އެގްޒިމް ފައިނޭންސިން ލިބޭނެ ގޮތް މަގުފަހިކޮށްދިނުމުގެ އިތުރަށް ނޭޝަނަލް އިންވެސްޓްމަންޓް ފަންޑެއް ގާއިމުކުރުމަށް ވެސް އެމްޑީޕީން ވަނީ ވައުދުވެފަ އެވެ.

އެމްޑީޕީން ބުނި ގޮތުގައި އިންވެސްޓްމަންޓް ހޯލްޑިން ކޮމްޕެނީ މޮޑެލްގެ ދަށުން ގާއިމްކުރާ މި ފަންޑުގެ ބޭނުމަކީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ހިއްސާތަކާއި ރާއްޖޭގެ އެހެނިހެން ސްޓްރެޓީޖިކް އެސެޓްތައް، ދެމެހެއްޓެނިވި ގޮތެއްގައި އޭގެން މަންފާ ކުރާނެ ގޮތަށް ނިޒާމު ބަދަލުކުރުމެވެ.

ނޭޝަނަލް އިންވެސްޓްމަންޓް ފަންޑުން ބޭރު ގައުމުތަކުގައި އިންވެސްޓްކޮށްގެން ނަފާ ހޯދަން ވިސްނާއިރު، މި މޮޑެލްގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ފައިދާ އިތުރުކޮށް، އައު އިންވެސްޓްމަންޓްތަކަށް ބޭރުގެ އިންސްޓިޓިއުޝަނަލް ކެޕިޓަލް ހޯދޭނެ މަގު ފަހި ވެގެން ދާނެ ކަމަށް އެ ޕާޓީން ބުނެފައި ވެ އެވެ.

އޭގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ ޖަމިއްޔާތަކުގައި ބައިވެރިވެ، ދިވެހި ވިޔަފާރިތަކަށް ބޭރުގެ މާކެޓްތަކަށް ވަނުމުގެ ފުރުސަތާއި، ވިޔަފާރިތައް ރާއްޖެއިން ބޭރުގައި ފުޅާކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ވެސް އެމްޑީޕީން ވަނީ ވައުދުވެފަ އެވެ.

"ބާރުވެރި އިގްތިސާދު" ބައެއް ސިޔާސަތު

  • ވިޔަފާރިތަކަށް ދިމާވާ ހާއްސަ ހާލަތްތަކުގައި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންސޮލްވެންސީ ޕްރޮޓެކްޝަން ނިޒާމެއް ގާއިމުކުރާނެ.
  • ދިވެހި އިގުތިސޯދުގައި އީޖާދީ ވިސްނުން ފުޅާކުރުމަށްޓަކައި އިންޓަލެކްޗުއަލް ޕްރޮޕަރޓީ ރައިޓްސްއާ ބެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލާ ތަންފީޒުކުރާނެ. އަދި އިންޓަލެކްޗުއަލް ޕްރޮޕަރޓީ ރަޖިސްޓްރީކޮށް ޓްރޭޑް ކުރެވޭނޭ ޕްލެޓްފޯމެއް ގާއިމުކުރާނެ.
  • ދިގުދެމިގެންދާ ކޯޓު މަރުހަލާތަކުގެ ސަބަބުން ވިޔަފާރިތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އޮލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން ނިޒާމު ތަރައްގީކުރާނެ.
  • ފައިނޭންޝަލް ކޮންސިއުމަ ޕްރޮޓެކްޝަންގެ ގާނޫނާއި ޑޭޓާ ޕްރައިވަސީއާ ބެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލާ ތަންފީޒުކުރާނެ.
  • ސަރުކާރުގެ ޕްރޮކިއުމަންޓް ނިޒާމުގެ އީ-ޕްރޮކިއުމަންޓް ނިޒާމަކަށް ބަދަލުކޮށް ދެފުށްފެންނަ ނިޒާމަކަށް ބަދަލުކުރާނެ.
  • ދިވެހިރާއްޖެ ފަހުރުވެރިވާނެފަދަ ދުނިޔޭގެ ފެންވަރުގެ ދިވެހި ހޮސްޕިޓެލިޓީ މެނޭޖްމަންޓް ބްރޭންޑްތަކެއް އުފެއްދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭނެ.
  • ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންގެ މިލްކުވެރިކަމުގެ ހިއްސާ އިތުރުކުރުމަށް އިންވެސްޓްމަންޓް ފަންޑެއް ތައާރަފްކޮށް، ދިވެހި ވިޔަފާރިތަކަށް ބޭރުގެ ބޮޑެތި ވިޔަފާރިތަކާ ފައިހަމަކުރުމަށް އިންވެސްޓްކުރުމަށް ބޭނުންވާ ކެޕިޓަލް ފޯރުކޮށްދޭނެ. މީގެ އިތުރުން ލިވްއަބޯޑް އަދި ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް މި ފަންޑުން އިންވެސްޓްކުރާނެ.
  • ރާއްޖޭގެ އުތުރާއި ދެކުނުގައި އިންޓަރނޭޝަނަލް ފްލައިޓް ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭޓްކުރުމަށް ބައިނަލްއަގްވާމީ އެއަރޕޯޓުތައް ހިމެނޭ ސަރަހައްދުތަކުގައި ސަރުކާރު މެދުވެރިވެގެން ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓްތަކަށް މަގުފަހި ކޮށްދޭނެ.
  • ރާއްޖޭގެ އުތުރާއި ދެކުނަކީ ވަކި ބްރޭންޑެއްގެ (ޑެސްޓިނޭޝަން ބްރޭންޑިންގ) ދަށުން މާކެޓް ކުރެވޭ ވަކި މަންޒިލްތަކެއް ކަމުގައި ހަދާނެ. މިއާއެކު، ފަތުރުވެރިކަމުގެ އާ ޕްރޮޑަކްޓްތައް ތަޢާރަފްކޮށް އާ މާކެޓްތަކުން ފަތުރުވެރިން ގެނައުމަށް އިސްކަންދޭނެ.
  • ރަށުފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ރިސޯޓުތަކާއި ގުޅުވައި ކުދި ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައިދީ ރަށު އިގުތިސާދު ތަރައްގީކުރުމަށް މަގު ފަހިކޮށްދޭނެ.
  • ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިވެހި މަސައްކަތްތެރިން އިސް ސަފަށް ގެންދިއުމަށް ބޭނުންވާ ހުނަރާއި ތަޢުލީމު ފޯރުކޮށްދީ އެފަދަ މަގާމުތަކަށް ގާބިލު ދިވެހި މުވައްޒަފުން ބިނާކުރާނެ. މިގޮތުން ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓެލިޓީ ސްކޫލެއްގެ ކެމްޕަސް ރާއްޖޭގައި ގާއިމުކުރާނެ.
  • ދިވެހިރާއްޖޭގެ މުއްސަނދި ތަރިކައާއި ސަގާފަތާއި ދީން ދައްކުވައިދޭ އައު ފަތުރުވެރިކަމުގެ ޕްރޮޑަކްޓްސް ތަޢާރަފްކުރާނެ. މިގޮތުން ރާއްޖޭގެ ތާރީހާއި އެވޭލާ ދިރިއުޅުމާއި އާސާރުތައް ދައްކުވައިދޭ މަރުކަޒެއް ޒަމާނީ ވަސީލަތްތަކާ އެކު ބިނާކުރާނެ.
  • ގްރޭޓަރ މާލެ ސަރަހައްދުގައި ދުނިޔޭގެ ފެންވަރުގެ ބޮޑެތި ކޮންފަރެންސްތައް ހޯސްޓް ކުރެވޭނެގޮތަށް، އެންޓަރޓައިންމަންޓް ކޮމްޕްލެކްސްއަކާއެކު ކޮންވެންޝަން އައިލެންޑެއް ތަރައްގީކުރާނެ.
  • ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށް، ދުނިޔޭގެ ބޮޑެތި ކްރޫސްލައިނަރތަކަށް ބޭނުންވާ ހިދުމަތްތައް ލިބޭނެ ގޮތަށް ރާއްޖޭގެ އުތުރާއި ދެކުނު އަދި މާލެ ސަރަހައްދުގައި ކްރޫސް ޓަރމިނަލްތަކާއި ހިދުމަތް ލިބޭ އެހެނިހެން ވަސީލަތް ގާއިމުކުރާނެ.
  • މައިސް ޓޫރިޒަމް ފުޅާކުރުމަށް ރާއްޖޭގެ ވަކި ސަރަހައްދެއް ކަނޑައަޅައި ވަސީލަތްތައް ގާއިމުކުރާނެ.
  • ފަތުރިވެރިކަމުގެ ރިޒޯޓުތަކާ ގާތުން އަރބަން ސެންޓަރުތަކުން ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތެރިންނަށް ހާއްސަ ބޯހިޔާވަހިކަމުގެ ސްކީމްތަކެއް ތައާރަފްކޮށް، ސްކޫލްތަކުން ޖާގަ ހޯދުން ފަދަ އިޖްތިމާއީ އަދި އިގްތިސާދީ ފުރުސަތުތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސާނެ.
  • މަތީ ތައުލީމާއި ތަމްރީންގެ ޕްރޮގްރާމްތަކުގެ ތެރެއިން ފަތުރުވެރިކަމަށް ހާއްސަ ފުރުސަތުތައް ކަނޑައަޅައި، ރިޒޯޓުތަކުގެ މަތީ މަގާމުތަކުގެ 50 ޕަސެންޓު ދިވެހިންނަށް ހާއްސަކުރުމުގެ އަމާޒަށް ވާސިލުވުމަށް، 5 އަހަރު ތެރޭގައި 500 ދިވެހިންނަށް ފަތުރުވެރިކަމުގެ ދާއިރާގެ ލީޑަރޝިޕް ސްކޮލަރޝިޕްތައް ފޯރުކޮށްދޭނެ.
  • މިހާރު އެޅިފައިވާ ސަބްމެރީން ކޭބަލް ސިސްޓަމްގެ އެހީގައި އިންޓަރނޭޝަނަލް ޑޭޓާ ސެންޓަރުތައް ގާއިމުކުރެވޭނެ. އަދި ކޭބަލުން ބޭރު ގައުމުތަކަށް ކެޕޭސިޓީ ވިއްކައިގެން ބޭރުފައިސާ ހޯދޭނެ.
  • އަތޮޅު ތެރޭގައި އެންމެ ޒަމާނީ އައި.ސީ.ޓީ އިންފްރާސްޓަރްކްޗަރ ގާއިމުކޮށް މުޅި ރާއްޖޭގައި ހަމަހަމަކަމާއި އެކީ މަދުވެގެން 10G ފައިބަ ސްޕީޑް ހެޔޮއަގުގައި އިންޓަރނެޓް ފޯރުކޮށްދޭނެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox