މެސީ، އިންޓަ މިއާމީ ގޮވައިގެން ދެ ވަނަ ތަށްޓަކާ ދިމާލަށް

Aug 24, 2023, 4:30 PM
މެސީ، އިންޓަ މިއާމީ ގޮވައިގެން ދެ ވަނަ ތަށްޓަކާ ދިމާލަށް

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 24) - އިންޓަ މިއާމީއާ އެކު ލިއޮނަލް މެސީ، މި ވަނީ ޔޫއެސް އޯޕަން ކަޕްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ސިންސިނާާޓީ އަތުން 2-0 އިން ފަހަތުގައި އޮއްވައި ފަަހަތުން އަރައި، 3-3 ކުރުމަށް ފަހު، އިންޓަ މިއާމީ މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. މިދިޔަ ހޮނިހިރު ދުވަހު މެސީ ވަނީ އިންޓަ މިއާމީއާ އެކު، ޕެނަލްޓީ ޖަހައިގެން ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ.

ޔޫއެސް އޯޕަން ކަޕް ފައިނަލް އޮންނާނީ އަންނަ މަހުގެ 27 ވަނަ ދުވަހު އެވެ. ބައްދަލުކުރަން ޖެހޭނީ ހިއުސްޓަން ޑައިނަމޯއާ އެވެ. ހިއުސްޓަން ޑައިނަމޯ ފައިނަލަށް ދަތުރުކުރީ، ރެއަލް ސޯލްޓް ލޭކް އަތުން 3-1 އިން މޮޅުވެގެންނެވެ.

ޔޫއެސް އޯޕަން ކަޕަކީ އެމެރިކާގައި އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތެވެ. އެ ގޮތުން، މި މުބާރާތަށް 100 އަށް ވުރެ ގިނަ އަހަރު ވެފައިވާއިރު، އެންމެ ފުރަތަމަ މި މުބާރާތް ބޭއްވީ 1914 ވަނަ އަހަރު އެވެ. މިއީ، އިނގިރޭސި އެފްއޭ ކަޕާއި ސްޕެނިޝް ކޮޕަ ޑެލް ރޭ ފަދަ މުބާރާތެކެވެ.

އިންޓަ މިއާމީގެ ކޯޗަކަށް ހުރީ މެސީއާ އެކު ބާސެލޯނާ އާއި އާޖެންޓީނާގައި މަަސައްކަތްކުރި ޓަޓާ މާޓީނޯ އެވެ. އޭނާ ވަނީ މިދިޔަ މަހު މެސީ އާއި ޖޯޑީ އަލްބާ އަދި ސާޖިއޯ ބުސްކެޓްސް އިންޓަ މިއާމީ އަށް އައިސް އެ ޓީމާ އެކު ހޯދަމުން އަންނަ ކާމިޔާބީގެ އަސްލަކީ އެ ކުޅުންތެރިންގެ "ޕްރޮފެޝަނަލިޒަމް" ކަމަށް ބުނެފަ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox