ރައީސް ސޯލިހު، ނަޝީދަށް: ބަދަލު ކުޅުންތެރިން އަރުވައިގެން އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ރ. ހުޅުދުއްފާރުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ރ. ހުޅުދުއްފާރުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

ބަދަލު ކުޅުންތެރި އަރުވައިގެން އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާ ދެއްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރ. ހުޅުދުއްފާރަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ ދޫކޮށް ވަކިން ވާދަކުރައްވާ ކެންޑިޑޭޓުންނާ ދޭތެރޭ ރައްޔިތުންގެ ވިސްނުން ހުރި ގޮތް ސާފުކޮށް އެނގި ވަޑައިގަންނަވާ ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ނަން ވިދާޅު ނުވިޔަސް، އެ ޕާޓީގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ނިސްބަތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އިލްޔާސް އިންތިހާބުގައި ތިން ވަނަ އަށް ވެސް ނުދަނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ނިކުމެގެން އެ ވާދަކުރައްވާ ބޭފުޅުންނާ ދޭތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި މީހުންގެ ވިސްނުން ހުރި ގޮތް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަ އެނގޭ. އެކެއް, ދޭއް, ތިނެއް, މިހިސާބަށް ވެސް އަޅުގަނޑުމެން އަދި ކިޔާނެ ކަމެއް ނެތް. މިއިން ހިސާބަކަށް ވެސް އަޅުގަނޑު ހިތެއް ނުބުނޭ އަދިއެއް އެ ބޭފުޅުންނަކަށް މިފަހަރަކު އާދެވޭނެ ކަމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސް އަކީ މިއަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން އެމްޑީޕީން ބޭއްވި ޕްރައިމަރީން ބަލިވެވަޑައިގެންނެވުމުން, ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ޕާޓީއެކެވެ.

ފުޓްބޯޅައިން މިސާލު ނަންގަވާ ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބަކީ އޭ ޑިވިޝަނުގެ މެޗެއް ކަމަށެވެ. އެހެންކަމުން ބަދަލު ކުޅުންތެރިން އަރުވައިގެން އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރަނގަޅަށް ވާދަކޮށްލަން ބޭނުން ކަމަށް ވަންޏާ މިއުޅެނީ އޭ ޑިވިޝަނުގެ މެޗެއް. އިނގިރޭސިވިލާތުގެ ވެއްޖިއްޔާ ޕްރެމިއާ ލީގު މިކުޅެނީ. ބަދަލު ކުޅުންތެރިން އަރުވައިގެން ކާމިޔާބެއް ނުވާނެ. ފުލް ޓީމް ކުޅެން އަރަންވާނީ. އަޅުގަނޑުމެން މިތިބީ ފުލް ޓީމް އަރުވައިގެން،" މި ރިޔާސީ އިންތިހާބު އެއްބުރުން ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ ތެރޭގައި އައި ކުޑަ ލޮޅުމުގައި, ހުޅުދުއްފާރުގެ އެމްޑީޕީ މެންބަރުންނަށް ވެސް އޭގެ އަސަރު ކޮށްފައި އެބަހުރި ކަމަށެވެ. އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްއާ ގުޅުނު މެމްބަރުން އިތުރަށް ވިސްނެވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ. މި އިންތިހާބަކީ ކުރިއަށް އޮތް ފަސް އަހަރު ރައްޔިތުންނަށް ހިދުމަތްކޮށް, ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރެއް އެކުލަވާލުމަށް ބާއްވާ އިންތިހާބެއް ކަމަށާއި, މިއީ ކުޅޭ ކުޅޭ ކަމެއް ނޫން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އުޅެނީ ރާއްޖޭގެ ވެރިކަމަށް މީހަކު ގެންނަން. މީއަކީ ކުޅޭކުޅޭ ކަމެއް ނޫން. ކުރިއަށް އޮތް ފަސް އަހަރު ރައްޔިތުންނަށް ހިދުމަތް ކުރުމަށް, ރައްޔިތުންނަށް ބޭނުންވެފައިވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރެއް އެކުލަވާލަން. މީ އަކީ އެތެރޭގެ އިންތިހާބެއް ނޫން." ކޮންމެ ވޯޓެއްގެ އަސަރު އިންތިހާބަށް ކުރާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.

އިންތިހާބުގެ ނަތީޖާގެ މިސްރާބު އޮތް ގޮތް މިހާރުވެސް އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވާ ރައީސް ވަނީ އެއްވެސް ރައްޔިތެއްގެ ވޯޓު ބާކީ ނުކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ މި އިންތިހާބުގެ ނަތީޖާގެ މިސްރާބު މިހާރު އޮތްގޮތް. އަދި އެއް ވަނައިގަ, ދެ ވަނައިގަ, ތިން ވަނައިގަ, ހަތަރު ވަނައަށް އަންނާނެ ފަރާތްތައް ވެސް އެބަ އެނގޭ." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވިސްނުންތެރިކަމާއެކު މިކަން ނުކޮށްފިނަމަ މީގެން ނިކުންނާނެ ނަތީޖާ ވަރަށް ދެރަ އެވެ. ރައީސް ވަނީ, ރައްޔިތަކަށް ގާނޫނީ ގޮތުން ލިބޭ އެންމެ ބޮޑު ޒިންމާ ހެޔޮގޮތުގައި އަދާ ކުރުމަށް ވެސް އިލްތިމާސް ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox