އައިއޯއައިޖީގައި ބެޑްމިންޓަން ކުޅުންތެރިންގެ ފޯކަސް ރަން މެޑަލަށް

Aug 24, 2023, 8:15 AM
2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތެރެއިން ބެޑްމިންޓަން އިން ރަން މެޑަލް ހޯދި ނަބީހާ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތެރެއިން ބެޑްމިންޓަން އިން ރަން މެޑަލް ހޯދި ނަބީހާ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މާދަމާ މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރާއްޖޭގެ ބެޑްމިންޓަން ސްކޮޑުގެ ޓާގެޓަކީ ރަން ކަމަށާއި، އެ ނޫން ޓާގެޓަކަށް މި ފަހަރު ނުވިސްނާ ކަމަށް ކުޅުންތެރިން ބުނެފި އެވެ.

ރާއްޖެ އިން މި ފަހަރު އައިއޯއައިޖީ އަށް ދާ ކޮންޓިޖެންޓް އިއްޔެ ފުރާފައިވާ އިރު، ބެޑްމިންޓަން ޓީމު ފުރާފައި ވަނީ އުންމީދުތަކަކާއެކުގަ އެވެ. ފުރުމުގެ ކުރިން އެމްއޯސީ މީޑިއާއަށް ވާހަކަ ދައްކަމުން ކުޅުންތެރިން ވަނީ ރަން މެޑަލަށް ކުރާ އުންމީދު ހިއްސާކޮށްފަ އެވެ.

އެންމެފަހުން، 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި ގޭމްސްގައިވެސް ބެޑްމިންޓަނުން ރަން މެޑަލް ހޯދަފައިވާ އިރު، ދެން އެ އަށް ވުރެ ދަށްކޮށް ވިސްނުން ގެންގުޅެން ބެޑްމިންޓަން ކުުޅުންތެރިން ބޭނުމެއް ނުވެ އެވެ. އެއީ، ކުރިއަށް ވުރެ އަބަދުވެސް އެއް ފިޔަވަޅު ކުރިއަށް ޖެހިލައިގެން ތިބެން ބޭނުންވާތީ އެވެ.

"ކޮރެއާއިން ގެނައި ކޯޗާއެކު ގައުމީ ޓީމުގެ މަސައްކަތް ފެށުނީ ޖެނުއަރީ މަހުގެ ފަހުކޮޅުގައި. އޭރުން ފެށިގެންވެސް ކޯޗު އައީ ވަރަށް ބޮޑަށް އެނަލައިޒް ކުރަމުން. އެހިސާބުން ފެށިގެން ކޯޗާއެކު މަސައްކަތްކޮށް، ރާއްޖެ ތަމްސީލުކޮށްފިން ދެތިން މުބާރާތެއްގައި ވެސް. އެންމެފަހުން މޮރިޝަސްއަށް މިދިޔައީ، އެ މުބާރާތުން ކޯޗާއެކު ފުދޭވަރަކަށް ރަނގަޅު ކާމިޔާބީއެއް ހޯދި. އެ މުބާރާތަށް ރާއްޖޭގެ ކުޅުންތެރިން ކުއާޓާ ފައިނަލަށް ދިޔައިރު، މޮރިޝަސް ކުޅުންތެރިންނަށްވުރެ ގިނައިން ދިވެހި ކުޅުންތެރިން ކުއާޓާއަށް ދިޔަ،" މުހައްމަދު އަޖުފާން ރަޝީދު ބުންޏެވެ.

ގައުމީ ޓީމުން ކޮރެއާގެ އެލީޓް ކޯޗަކާ އެކު އައިއޯއައިޖީއަށް ތައްޔާރުވަމުން އަންނަ އިރު، އަޖުފާން ފާހަގަކުރީ އައިއޯއައިޖީގައި ރާއްޖެއާއި އެންމެ ވާދަވެރި ގައުމަކަށް އަބަދުވެސް ވެފައި އޮންނަނީ މޮރިޝަސް ކަމަށާއި، އެ ގައުމުގެ ކުޅުން ވަޒަން ކޮށްލަން ލިބުނު ފުރުސަތުން ލިބުނީ ރަން މެޑައްޔަކަށް ހިތްވަރު ކަމަށެވެ.

އަޖުފާން ފާހަގަކުރީ އާ ކޯޗާއެކު ކުޅުންތެރިން ޑިސިޕްލިން ރަނގަޅުކުރަން ކަންކަން ކުރެވިއްޖެ ކަމަށާއި، ގަޑިއަށް ޕްރެކްޓިސްއަށް ދިޔުމުން ފެށިގެން ބޭސިކް ގިނަ ކަންތައްތަކަށް ކޯޗު ދޭ ސަމާލުކަމަކީ މުހިއްމު ކަމެއް ކަމަށެވެ،

ގައުމީ ސްކޮޑުގެ އެންމެ އުންމީދީ އެއް ކުޅުންތެރިޔާ ނިބާލް އަހުމަދުވެސް ވަނީ ކޯޗުގެ ތަފާތު ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ. އޭނާ ބުނީ ކޯޗު ޓީމާ ހަވާލުވެ ކުރި ތަމްރީނުތަކުގެ ސަބަބުން މިހާރު "އެހެން ލެވެލް"އަކަށް ޖެހިލާފައިވާ ކަމަށެވެ. އޭނާވެސް ފާހަގަކުރީ ރާއްޖޭގައި މިހާރު އޮތް ބެޑްމިންޓަން ޓީމަކީ އައިއޯއައިޖީގެ ގައުމުތަކަށް ބަލާއިރު ރަނގަޅު ގައުމެއް ކަމަށާއި، ރަން މެޑަލްއަށް ވަރަށް ބޮޑަށް ޓާގެޓް ކޮށްފައިވާ ކަމަށެވެ.

މިފަހަރު ގައުމީ ޓީމުން އެންމެ ފަހުން ފުރުސަތު ލިބުނީ ސިލެކްޝަން ކުޅެގެން ޓީމަށް ނެގި، ރިވައިވަލް ސްޕޯޓްސް ކްލަބްގެ ރިޝްވާން ޝިޔާމް އެވެ. އޭނާ ވެސް ބުނީ ކޯޗުގެ ތަފާތު ޓީމުން ފެނިގެންދާ ކަމަށެވެ. ހާއްސަކޮށް ކުޑަ ދުވަސްކޮޅަކުން ވެސް ކޯޗުގެ ތަފާތު ޓީމުން ފެނިގެންދާ ކަމަށް އޭނާ ބުންޏެވެ.

ރިޝްވާން ބުނީ ބެޑްމިންޓަންގެ ޓީމް އިވެންޓާއި އިންޑިވިޖުއަލް އިވެންޓުންވެސް ރަން މެޑަލް ހޯދޭނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގައި މިވަގުތު އެންމެ ފޯމު ރަނގަޅުކޮށް ތިބި ދެ ކުޅުންތެރިން ކަމަށްވާ ޒަޔާން ޒަކީ އާއި އަހުމަދު ތޯއިފް ވެސް ފާހަގަކުރީ މިފަހަރު އޮތް ޓީމު ވަރުގަދަ ކަމަށާއި، އިރާދަކުރެއްވިއްޔާ ގައުމަށް ރީތި ނަން ހޯދައިދެވޭނެ ކަމަށެވެ. ހާއްސަކޮށް، ގައުމަށް ރަން މެޑަލް ގެނެސްދޭން އަޒުމެއްގައި ހުރި ކަމަށެވެ.

އަންހެން ސްކޮޑުވެސް ރަނަށް ވިސްނުން ހުރި އިރު، އެންމެފަހުން 2019 ވަނަ އަހަރު މެޑަލް ގެނެސްދިން އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ)ވެސް ތިބީ މިފަހަރު ރަން ކާމިޔާބީއަކަށް އުންމީދު ކޮށްގެންނެވެ.

"ކުރިން އައިއޯއައިޖީއަށް ދިޔައީ މެޑަލްއަކަށް ނަމަވެސް، އެފަހަރު މާ ބޮޑަށް އުންމީދެއް ނުކުރަން. އެހާ ތަޖުރިބާއެއް ނެތި ދިޔައީވެސް. މިފަހަރު މިދަނީ ވަރަށް ބޮޑަށް ތައްޔާރުވެގެން. އައިއޯއައިޖީގައި ވާދަކުރާ ޓީމުތައްވެސް ދަސްވެ، މިފަހަރު ނަބާއާއި ނަބީވެސް ދަނީ ރަން މެޑަލްއަކަށް. ސިންގަލްސްއިންވެސް މެޑަލް ހޯދަން މިފަހަރު މިދަނީ،" ނަބާ އެމްއޯސީ މީޑިއާއަށް ބުންޏެވެ.

ނަބާ ބުނީ މާ ބޮޑަށް މީހުން ކޮށްފާނެ އުންމީދުތަކަށް ސަމާލުނުވާ ކަމަށާއި، ބޮޑަށް ބޭނުންވަނީ އެކަންކަމަށް ނުވިސްނާ ފޯކަސް ރަނގަޅު ކުރުމަށް ކަމަށެވެ. ނަބާވެސް ވަނީ މިހާރު ގައުމީ ޓީމަށް ކޯޗުކަން ކޮށްދޭ ކޮރިއާގެ ކޯޗުގެ ތަފާތު ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.

ނަބީވެސް ވަނީ ނަބާގެ ވާހަކަތައް ފާހަގަކޮށްފައެވެ. ހާއްސަކޮށް ކޯޗުގެ ފަރާތުން ފެންނަ ކަންކަން ނަބީވެސް ފާހަގަކުރިއެވެ، އެގޮތުން މެޗުތަކަށް ރަނގަޅަށް ތައްޔާރުވާނެ ގޮތުގެ އިތުރުން ޓެކްޓިކަލީ ރަނގަޅު ކަންތައްތަކެއް ދަސްވެއްޖެ ކަމަށްވެސް ނަބީ ފާހަގަކުރިއެވެ.

ބެޑްމިންޓަން ޓީމުގައި ހިމެނޭ އައިޝަތު އަފްނާން ރަޝީދު ބުނީ ފުރަތަމަކޮޅުގައި ފިޓްނަސް ދަށްކޮށް ހުރުމުން އުނދަގޫތަކެއް ދިމާވި ކަމަށާއި، ކޯޗުގެ ތަމްރީނުތަކާއެކު މިހާރު އެބައި ރަނގަޅުކުރެވިއްޖެ ކަމަށެވެ. އަދި މައިޝާ ފަތުހުﷲ ވެސް ވަނީ ކޯޗަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.

"މިހާތަނަށް އަޅުގަނޑު ތަމްރީނުކުރި ކޯޗުންގެ ތެރެއިން އެންމެ ތަޖުރިބާކާރު، އެންމެ މޮޅު ކޯޗު މިހާރު މިހުރީ. އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބައިވަރު ކަންކަން ރަނގަޅުކޮށް، ވަރަށް ބޮޑަށް މުބާރާތަށް ތައްޔާރުވެވިއްޖެ. 2019 ވަނައިގައި ޓީމް އިވެންޓުންވެސް ރަނަށް ޓާގެޓްކޮށްގެން ދިޔައީ، އެ އަޒުމުގައި ގޮސް، ލިބުނީ ލޯ މެޑަލްއެއް. އެހެންވީމަ އެ ރަން މެޑަލް ހޯދަން، އެ އަޒުމުގައި މި ދަނީ ޓީމު،" މައިޝާ ބުންޏެވެ.

ބެޑްމިންޓަނުން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފައި އައުމުން، މި ފަހަރުގެ އައިއޯއައިޖީގައި ރަނގަޅު ވާދައެއް ކޮށް، މެޑަލް ހާސިލްކުރަން އޮތް ފުރުސަތަށް އިތުރު ބާރެއް ލިބިގެންދާނެ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox