ތަޖުރިބާ ބޮޑު ކޯޗެއްގެ އެހީ އާއި އިންޓަނޭޝަނަލް ގިނަ ފުރުސަތުތަކާ އެކު ބެޑްމިންޓަން ޓީމަށް އިތުބާރު

Aug 24, 2023, 8:04 AM
ގައުމީ ބެޑްމިންޓަން ޓީމުގެ ކޯޗު އެ ޓީމުގެ ކުޅުންތެރިންނަށް އިރުޝާދުދެނީ.---- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ގައުމީ ބެޑްމިންޓަން ޓީމުގެ ކޯޗު އެ ޓީމުގެ ކުޅުންތެރިންނަށް އިރުޝާދުދެނީ.---- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުން އެކުގައި މެދުނުކެނޑި ތަމްރީނު ހަދަމުން ދަނީ ދެކުނު ކޮރެއާގެ ތަޖުރިބާ ބޮޑު ކޯޗެއްގެ އެހީގަ އެވެ. ހުރިހާ ކުޅުންތެރިންނާއި އެސޯސިއޭޝަނުން ވެސް އިއްތިފާގުވި އެއް ކަމަކީ އެއީ މޮޅު ކޯޗެއް ކަމެވެ. ކޯޗާ އެކު ހުރިހާ ގޮތަކުންވެސް ޓީމަށް ކުރިއެރުން އައިސްފި ކަން ހުރިހާ ކުޅުންތެރިން ވެސް ފާހަގަކުރިއެވެ.

ވަކިވަކި ކުޅުންތެރިންގެ ހާލަތު ދެނެގަނެ، ސީދާ އެކަން ކަމަށް އަމާޒުކޮށް މަސައްކަތްތަކެއް ކުރިއެވެ. ކުޅުންތެރިން ފާހަގަކުރި ގޮތުގައި މިއީ މިހާތަނަށް ރާއްޖޭގައި އެކުޅުންތެރިން މަސައްކަތްކުރާ އެންމެ މޮޅު ތަފާތު ކޯޗެވެ. އެ ތަފާތު، ހުކުރު ދުވަހު މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ފެންނާނެކަމުގެ ޔަޤީންކަން ކުޅުންތެރިން ވެސް ދެ އެވެ.

ރަނގަޅު މޮޅު ކޯޗަކާ އެކު މަސައްކަތްކުރަން ފުރުޞަތު ލިބި، ކުރިއެރުންތަކެއް ހޯދުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ޔަޤީންކަމެކެވެ. ހަމަ އެއާ އެކު މިދިޔަ ހަތަރު އަހަރު ވަކިން ޚާއްޞަކޮށް މިދިޔަ އަހަރާއި މިއަހަރު ރާއްޖޭގެ ކުޅުންތެރިންނަށް ލިބުނު ފުރުޞަތުތަކަކީ މެޑައްޔަށް އޮތް ޔަޤީންކަން ބޮޑުކޮށްދޭ ސަބަބުތަކެވެ.

ބެޑްމިންޓަން ވެގެންދަނީ އެންމެ ގިނަ އެކި ލެވެލްގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުޞަތު ލިބުނު ކުޅިވަރަށެވެ. ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޓީމްގެ ކުޅުންތެރިން ވަނީ ރައްޖެއާއި ބޭރުގައި އިންޓަނޭޝަނަލް އެކި ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށް ކުރިއެރުންތައް ހޯދާފައެވެ.

އައިއޯއައިޖިއަށް ދާނީ ތަފާތު ކުޅުންތެރިންނާ ދެކޮޅަށް ކުޅުމުގެ ތަޖުރިބާއާއެކު އެވެ. އެންމެފަހުން ގޭމްސްއަށް ފުރަނީވެސް މޯލްޑިވްސް އިންޓަނޭޝަނަލް ސީރީޒްގައި ވާދަކޮށްފައެވެ. މިމަހު 15-20 އަށް ރާއްޖޭގައި އޮތް މުބާރާތުގެ ކްއާޓާ ފައިނަލުންފާތިމަތު ނަބާހާ (ނަބާ)އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއަރ ޖާގަ ހޯދިއެވެ. އެހެން ކުޅުންތެރިންވެސް މުބާރާތުގައި ވާދަކޮށް އައިއޯއައިޖީއަށް ތައްޔާރުވެއްޖެ އެވެ.

ހަމައެކަނި މިދިޔަ ދެ އަހަރެއްހާ ދުވަހު ރާއްޖޭގެ ކުޅުންތެރިން ވާދަކުރި މުބާރާތްތަކަށް ބަލާއިރު ވެސް ގިނަ ފުރުޞަތުތަކެއް ހޯދައިފިއެވެ. ރާއްޖޭގައި އޮތް ލިނިންގ އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގައި އޭޝިޔާގެ މޮޅު ކުޅުންތެރިންނާ ވާދަކުރި އެވެ.

ޔޫގާންޑާ އިންޓަރނޭޝަނަލް ޗެލެންޖްގައި ރާއްޖޭގެ އަށް ކުޅުންތެރިން ވާދަކުރިއެވެ. އެއީ އަންހެން ހަތަރު ކުޅުންތެރިން އަދި ފިރިހެން ހަތަރު ކުޅުންތެރިންނެވެ. ބަހުރޭނުގައި އޮތް އިންޓަނޭޝަނަލް ސީރީޒްއެއްގައި ވެސް ރާއްޖޭގެ ކުޅުންތެރިން ވާދަކުރިއެވެ. މަހާރާޝްތުރަ އިންޓަނޭޝަނަލް ޗެލެންޖްގައި ވާދަކޮށް ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި ނަބާ ގަދަ 16 އިން ޖާގަ ހޯދިއެވެ. މި އަހަރުގެ ޖުލައި މަހު އޮތް މޮރިޝަސް ޗެލެންޖްގެ ކުއާޓާ ފައިނަލުން މުހައްމަދު އަޖުފާން އާއި ނިބާލް އަހުމަދުގެ ޕެއާ ޖާގަ ހޯދިއެވެ. އަދި ނަބީ އާއި ނަބާގެ ޕެއާ ވެސް އެމުބާރާތުގެ ކްއާޓާ ފައިނަލުން ޖާގަ ހޯދިއެވެ.

މިދިޔަ އަހަރު އޮތް ކޮމަންވެލްތު ގޭމްސްގެ ކުއާޓާ ފައިނަލުން ވެސް ރާއްޖޭގެ ކުޅުންތެރިން ޖާގަ ހޯދިއެވެ. ވިއެޓްނާމްގައި އޮތް ފެލެޓް އިންޓަނޭޝަނަލް ސީރިޒްގެ ކުއާޓާ ފައިނަލުން ނަބީއާއި ނަބާގެ ޕެއާ ޖާގަ ހޯދިއެވެ. ބެޑްމިންޓަން އޭޝިއާ މުބާރާތުގައި ވެސް ރާއްޖޭގެ ކުޅުންތެރިން ވާދަކުރިއެވެ. ރާއްޖޭގެ ޒަޔާން ވަނީ ކޮލިފައިންގައި ދެ މެޗުން މޮޅުވެ ގަދަ 32 ކުޅުންތެރިންގެ ތެރެއިންވެސް ޖާގަ ހޯދާފައެވެ.

ގައުމީ ޗެމްޕިއަން ޒަޔާން ބުނީ އެއީ ރާއްޖެއިން ބޭރުގައި ހޯދި ތަމްރީނުތަކުގެ ނަތީޖާ ކަމަށެވެ. ވަރލްޑް ރޭންކޮންގައިވެސް ލިބުނު ކުރިއެރުންތަކާއެކު ޒަޔާން ހުރީ ވަރަށް ބޮޑު އިތުބާރެއްގައެވެ. އެއީ މިދިޔަ ހަތަރު އަހަރު މެދުނުކެނޑި ކުރަމުން އައި މަސައްކަތުގެ ރަން ވަނަ ހޯދުމަށެވެ..

ނަބާ ބުނީ އަރުތަ ޕްރޮގްރާމާ އެކު ލިބުނު ފުރުޞަތުތައްވެސް އިތުރުވި ކަމަށެވެ. އެހެންކަމުން ގޭމްސްއަށް ދަނީ ތަފާތު ފުރުޞަތުތައް ލިބި, ތަފާތު ސްޓައިލްގެ ގިނަ ކުޅުންތެރިންނާ އެކި މުބާރާތްތަކުގައި ވާދަކޮށް ތަޖުރިބާ ހޯދައިގެން ކަމަށެވެ. ނަބީވެސް ބުނީ މިދިޔަ އަހަރުން ފެށިގެން ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ތަޖުރިބާތަކާއެކު ބޮޑަތި ކުރިއެރުންތަކެއްވެސް ލިބިއްޖެ ކަމަށެވެ.

މިދިޔަ އަހަރުގެ ޤައުމީ ޗެމްޕިއަން ނިބާލް ބުނީ ޓީމް އެކުގައި ތަމްރީނު ހޯދާތާ ހައެއްކަ މަސްވެ، އިންޓަރނޭޝަނަލް އަށްވަރަކަށް މުބާރާތްވެސް ކުޅެވިފައި ވުމުން ބޮޑު އިތުބާރެއް އެބައޮތް ކަމަށެވެ. ޚާއްޞަކޮށް ވާދަކުރި ބައެއް މުބާރާތްތަކުގައި އައިއޯއައިޖީގައި ވާދަކުރާ ކުޅުންތެރިންނާ ދެކޮޅަށްވެސް ކުޅެ، މޮޅުވެވިފައި ހުރުމުން އިތުބާރު ބޮޑު ކަމަށެވެ.

ރާއްޖޭގެ ކުޅުންތެރިން ވަނީ ރޭންކިންގައިވެސް ކުރިއެރުންތައް ހޯދާފައެވެ. ޒަޔާންއާއި ނަބާގެ ޕެއަރ އޮތީ ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގެ ތެރޭގައެވެ. ރާއްޖޭގެ އެއްވަނަ ޑަބަލްސް ނަބާއާއި ނަބީގެ ޕެއަރ ވެސް އޮތީ ގަދަ 100 ގެ ތެރޭގަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ މިފަހަރު އަންހެން އަދި ފިރިހެން ޓީމް އިވެންޓަށް ކުރެވޭ އުއްމިދުވެސް ބޮޑު ކަމަށެވެ. މީގެއިތުރުން އިންޑިވިޖުއަލް އިވެންޓްތަކުންވެސް ރާއްޖޭގެ ކުޅުންތެރިން ރަން ވަނަތައް ހޯދާނެކަމަށް މޫސަ ޔަޤީން ކުރެއެވެ. ބޭރުގެ މުބާރާތްތަކުގައި ވާދަކޮށް ކުޅުންތެރިން ހޯދި ތަޖުރިބާގެ ފައިދާ ގޭމްސްގައި ކުރާނެކަންވެސް ފާހަގަކުރިއެވެ. ބެޑްމިންޓަންއަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިގު ތާރީޚެއް އޮތް ކުޅިވަރެކެވެ. އެ ގޮތުން، 1979 ވަނަ އަހަރު ފުރަތަމަ ރާއްޖެއިން ވާދަކުރި އިތު ރިހި އަދި ލޯ މެޑަލް ހޯދި އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox