ނަޝީދަށް ވެރިކަން ގެއްލުނީ ސަރުކާރު ހިންގަން ނޭނގުމުން: ގާސިމް

ނަޝީދަށް ވެރިކަން ގެއްލުނީ ސަރުކާރު ހިންގަން ނޭނގުމުން: ގާސިމް

ރާއްޖޭގައި އެންމެ ފުރަތަމަ އުފެދިގެން އައި ޑިމޮކްރަޓިކް ވެރިކަން ބަދަލުވާން ޖެހުނީ އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ރައީސް މުހައްމަދުގެ ނަޝީދުގެ ނާގާބިލުކަމުން ކަމަށާއި އެމަނިކުފާނު ވެރިކަން ވައްޓާލީ ބަގާވާތަކުން ކަމަށް ވިދާޅުވާތީ އެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައްދު ދެއްވައިފި އެވެ.

ނަޝީދުގެ ވެރިކަން ގެނައުމަށް ޖޭޕީން އެމްޑީޕީއާއެކު އިއްތިހާދު ވުމަށް ފަހު އެކުލަވާލި ފުރަތަމަ ކެބިނެޓުގައި ގާސިމަށް ދިނީ ހޯމް މިނިސްޓަރު ކަމެވެ. ހިޔާލު ތަފާތުވުންތައް ގިނަވެ އެންމެ 21 ދުވަހުގެ ތެރޭގައި ގާސިމް އިސްތިއުފާ ދެއްވި އެވެ.

ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕޭނުގެ ތެރެއިން ނ. ޅޮހީގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވި ގޮތުގައި ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރެއްވީ ސަރުކާރުން އޭނާ ބޭރުކުރުމަށެވެ. ނަޝީދުގެ ވެރިކަމުގައި ގާސިމް އާރަށުގައި ބަންދު ވެސްކުރި އެވެ. އޭނާ އޭރު ދޫކޮށްލީ ސުޕްރީމް ކޯޓުން އަމުރު ކުރުމުންނެވެ.

"އަމިއްލައަށް އިސްތިއުފާ ދިނީ ސަރުކާރުން ހިންގަން ނޭނގިގެން. އެ ކެޕޭސިޓީ އާއި ކެޕެބިލިޓީ ނެތީމަ. އެކަމުގެ ތަމްރީނެއް އަހްލާގިއްޔަތެއް އެއްވެސް އެއްޗެއް ނެތީމަ. ވަރަށް ސާފުކޮށް މި ދަންނަވަނީ. ރައްޔިތުންގެ ޕްރެޝަރާއި އިންޓަނޭޝަލް ޕްރެޝަރު މެދުވެރިވެގެން އައިމަ އޭނާއަށް ކެތް ނުކުރެވިގެން އިސްތިއުފާ ދިނީ," ނުރުހުން ފާޅުކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވެރިކަން ވައްޓާލީ ސިފައިންނާއި ފުލުހުންނާއި އިދިކޮޅު ފަރާތްތަކުން ގުޅިގެން ހިންގި ހަރަކާތެއްގެ ތެރެއިން ފެބްރުއަރީ 7, 2012 ގަ އެވެ. އޭރު ގާސިމް ވެސް ހުންނެވީ އިދިކޮޅުގަ އެވެ. އެ ދުވަހު ފުލުހުންގެ މައި މަރުކަޒު ކަމަށްވާ ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ގާސިމް އާއި އެހެން އިދިކޮޅު ލީޑަރުން އުފާ ފާޅުކުރާ ވީޑިއޯއެއް ވެސް އާންމުވި އެވެ.

"ކާކުތޯ ބަޣާވާތް ކުރީ. އޭނާ އަމިއްލައަށޭ ސުޕްރީމް ކޯޓުގައި ތަޅު އެޅުވީ. އޭނާ އަމިއްލައަށޭ ފަނޑިޔާރުން ގެންގޮސް ހައްޔަރުކުރީ ގާނޫނާ ހިލާފަށް . އަމިއްލައަށޭ ވިދާޅުވީ ޗާޓުން ބޭރުން ކަންކަން ކުރާނަމޭ. ނުކުރޭތޯ. ކަށި ނެތް ދޫ ބޭނުން ގޮތަކަށް ތެޅުވޭނޭ މުސްކުޅިން ބުނޭ ބޭނުން ގޮތަކަށް. އެއީ ތެދު ވާހަކައެކު," އެކަމަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅުވި އެވެ.

ނަޝީދުގެ ވެރިކަން ބަދަލުކުރުމުގައި ގާސިމް އިސް ދައުރެއް އަދާކުރެއްވި ކަމަށް އެމްޑީޕީން ތުހުމަތު ކުރެ އެވެ. އެހެން ނަމަވެސް, ގާނޫނުން ބޭރުން ވެރިކަން ބަދަލުކުރަން މަސައްކަތް ކޮށްފައި ނުވާނެ ކަމަށް ގާސިމް އަބަދުވެސް ވިދާޅުވެ އެވެ.

އަދި, ރައްޔިތުންނަށް އެމްޑީޕީން ހަގީގަތް އޮޅުވާލަފައިވާ ކަމަށް ވިދާޅުވެ ގާސިމް ވަނީ "ފަސް އަޅަން ބަޔަކު މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުވާނެ" ކަމަށް ވިދާޅުވެފަ އެވެ.

މިއަހަރު އިންތިހާބަށް ވެސް ކޯލިޝަނެއްގެ ތެރެއިން ނުކުތުމަށް ގާސިމްގެ ޖޭޕީ އާއި ނަޝީދު ލީޑު ކުރައްވާ ދަ ޑިމޮކްރެޓްސް ޕާޓީން މަޝްވަރާކުރި އެވެ. ނަމަވެސް, އެ މަޝްވަރާތަކުން އަލިމަގެއް ނުފެނި ދެ ޕާޓީން ވެސް ފުރަތަމަ ބުރުގައި ވާދަކުރަނީ ވަކިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox