ބައި ހޯދަން ޖޭޕީން އިސްވެ ނުދާ ކަމަށް ވިދާޅުވެ، ގާސިމް ރައީސަށް ރައްދު ދެއްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް. އޭނާ ވިދާޅުވީ ޖޭޕީން އިސްވެ އެއްވެސް ޕާޓީއެއްގެ ފަހަތަށް ނުދާކަމަށް. ފޮޓ:ޖޭޕީދާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް. އޭނާ ވިދާޅުވީ ޖޭޕީން އިސްވެ އެއްވެސް ޕާޓީއެއްގެ ފަހަތަށް ނުދާކަމަށް. ފޮޓ:ޖޭޕީދާ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ދިއުމުން، ކޯލިޝަން ހަދައި، ސަރުކާރުން ބައި އަޅަން ނުތިބެން ގޮވާލައްވައި، އެހެން ބައެއް ޕާޓީތަކަށް ރައީސް އިބްރާހީމް މުަހްމަދު ސޯލިހު ދެއްވި މެސެޖަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ރައްދު ދެއްވައިފި އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވަން ބ. ކެންދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަށް ނިކުމެ ތިބި ކެންޑިޑޭޓުންގެ ތެރެއިން ސީރިއަސްކޮށް މަސައްކަތް މަސައްކަތް ކުރަނީ މަދު ކެންޑިޑޭޓުން ކަމަށެވެ. އަދި ދެން ތިބި ކެންޑިޑޭޓުން މަސައްކަތް ކުރަނީ އިންތިހާބު ދެވަނަ ބުރަކަށް ގެންދިއުމަށް ކަމަށެވެ. އެއަށް ފަހު އެހެން ރަށްރަށުގައި ވެސް އެހެން ވިދާޅުވި އެވެ.

ނަމަވެސް ވަކި ބޭފުޅެއްގެ ނަން ރައީސް ވިދާޅެއް ނުވެ އެވެ.

Advertisement

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނ. މަނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވި އެޕާޓީން މިހައިތަނަށް ވާދަކުރި ދެ އިންތިހާބުގައި ވެސް ނާކާމިޔާބު ވުމުން "ދިޔައީ ގެއަށް" ކަމަށެވެ.

މަލްޓި ޕާޓީ ނިޒާމު ރާއްޖެއަށް ތައާރަފުކުރި ފަހުން މިހާތަނަށް ބޭއްވި ތިން އިންތިހާބުގައި ވެސް ކާމިޔާބުކުރި ޕާަޓީއާއެކު ޖޭޕީ އޮތީ ކޯލިޝަން ހަދައިގެންނެވެ. ގާސިމް ވިދާޅުވީ އެގޮތަށް އެކަންވީ ސިޔާސީ ޕާޓީތަކުން އިސްވެ ދިން ދައުވަތުން ކަމަށް އޭނާ ސިފަކުރެއްވި އެވެ.

"އެފަހަރު އަޅުގަނޑުމެން ނުހޮވުނީމާ ވެސް ދިޔައީ ގެއަށް. ގޭގައި ތިބީ، 2013 ގައި ވެސް. އަޅުގަނޑުމެން ނުދަން ޕީޕީއެމް ކައިރިއަކަށް , އަޅުގަނޑުމެން ނުދަން އެމްޑީޕީ ކައިއަކަށް. އެބޭފުޅުން އައީ . ވަށަވަށައިގެން މީހުން ފޮނުވައިގެން. މިވެނި ޕަސެންޓެއް ދޭނަން، އެވެނި ޕަސެންޓެއް ދޭނަން، މިހާ ލާރި ދޭނަން، އެހާ ލާރި ދޭނަން ކިޔަކިޔާފައި އައީ. އަޅުގަނޑުމެން ލާރިއަކު ވެސް ނުހިފަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި 2008 ގައި އެމްޑީޕީ، 2013 ގައި ޕީޕީއެމުން ކޯލިޝަން ހަދަން އައުމުން ވެސް ޖޭޕީން ހުށަހެޅި ހަމަ އެކަނި ކަމަކީ އެޕާޓީގެ މެމްބަރުން، ލެވެން އޮތް އެންމެ އިސް މަގާމުތަކަށް ލުމެވެ.

ގާސިމް ވަނީ އެ ދެ އަހަރުގެ ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވައިފަ އެވެ. 2008 ވަނަ އަހަރު ގާސިމަށް ލިބުނީ ވޯޓުލީ މީހުންގެ 15 ޕަސެންޓެވެ. އަދި 2013 ގައި ގާސިމަށް ލިބުނީ ވޯޓުލީ މީހުންގެ 24 ޕަސެންޓެވެ.

ދެ އިންތިހާބުގައި ވެސް ދެ ވަަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ނުލިބުނު ނަމަވެސް އެ ދެ ފަހަރު ވެސް އިންތިހާބު ކާމިޔާބުކުރީ ގާސިމްގެ ތާއީދު އޮތް ކެންޑިޑޭޓެވެ. އަދި ދެވަނަ ބުރުގައި، އެ ދެ އަހަރު ވެސް، ގާސިމް ތާއީދު ކުރެއްވީ ފުރަތަމަ ބުރުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓަށެވެ.

ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން ވެސް ސަރުކާރު އެކުލަވާލީ ޖޭޕީއަށް ހިއްސާއެއްދޭ ގޮތަށެވެ.

އެންމެ ފަހުން 2018 ގެ ރިޔާސީ އިންތިހާބު އޮތް އިރު، ގާސިމް ހިމެނޭހެން އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން ތިބީ ޖަލު ހުކުމެއްގައި ނުވަތަ ހުކުމެއް ނެތި ބަންދުގަ އެވެ. އެހެންވެ ގާސިމްގެ ޖޭޕީގެ އިތުރަށް އެމްއާރުއެމާއި އަދާލަތު ޕާޓީން ތާއީދުކުރީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox