ގާސިމްގެ ވެރިކަމުގައި ކޮންމެ ރަށެއްގެ މަލަމަތިން ރީތި މިސްކިތެއް

ގާސިމް އިބްރާހިމް

ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ކޮންމެ ރަށެއްގެ މަލަމަތިން ރީތި މިސްކިތެއް ފެނިގެންދާނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ގާސިމް ނ. މާޅެންދޫއަށް ވަޑައިގެން އެ ރަށުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ކޮންމެ ރަށެއްގެ އަތިރިމަތީގައި ރަނގަޅު ފެންވަރެއްގެ މިސްކިތެއް ބިނާ ކުރާނެ ކަމަށެވެ. އެއީ އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދު ކުރެވޭ ގޮތަށް، ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރާ މިސްކިތްތަކެއް ކަމަށާއި މިސްކިތްތައް އެއާ ކަންޑިޝަން ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުރިހާ މިސްކިތެއް ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި އެއާ ކަންޑިޝަން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮންމެ ރަށެއްގެ ހުރިހާ ކްލާސް ރޫމެއް ވެސް އެއާ ކަންޑިޝަންކޮށް، ސްމާޓު ބޯޑު ހަރުކޮށްދޭނެ ކަމަށް އަދި ސްކޫލުތަކުގެ ކޮމްޕިއުޓަރު ލެބްތައް ވެސް އާކޮށްދޭނެ ކަމަށް ގާސިމް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ގާސިމް ވިދާޅުވީ އޭނާ ރިޔާސީ އިންތިހާބަށް ނުކުމެ ހުންނެވީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ހޯދައިދީ، ދީނާއި ގާނޫނުއަސާސީ ނަގަހައްޓާނެ ވެރިކަމެއް ގެނެސް ދިނުމަށް ކަމަށެވެ. އޭނާގެ ވެރިކަމެއްގައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދެއްވާނެ ކަމަށާއި ހުރިހާ ރަށްތަކެއްގެ ރައްޔިތުން ތަރައްގީގެ އާ ހަރުފަތްތަކަކަށް ގެންގޮސްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިސްލާހީ މަސައްކަތް ކުރީ އަމިއްލަ އެދުމެއްގައި ނޫން ކަމަށާއި ދިވެހިންނަށް ފަހިކަމާއި ރޯޝަނީކަން ހޯދައިދޭން ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

"އެ ބައިމީހުންނަށް ތަނަވަސްކަމާއި އުޖާލާކަމާއި ފަހިކަމާއި ރޯޝަނީކަން ހޯދައި ދިނުމަށް އަޅުގަނޑު މަސައްކަތް މި ކުރަނީ،" ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ހދ. ފިނޭގައި އިއްޔެ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox