ސިޔާސީ ހަރަކާތްތެރިޔާ ސަންދާނު އަހައްމައިދީ ނިޔާވެއްޖެ

އަހައްމައިދީ 2015 ވަނަ އަހަރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. -- ފައިލް ފޮޓޯ (އައްޑޫލައިވް)

އަހައްމައިދީ 2015 ވަނަ އަހަރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. -- ފައިލް ފޮޓޯ (އައްޑޫލައިވް)

ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހުކޮޅު އެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި 'ސަންދާނު' ގެ ނަމުގައި އިންޓަނެޓުގައި ނޫސް ނެރުނު މަޝްހޫރު ސިޔާސީ ހަރަކާތްތެރިޔާ އަހުމަދު އިބްރާހީމް ދީދީ (ސަންދާނު އަހައްމައިދީ) ރޭ މެންދަމުގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ.

މީގެ އަހަރުތަކެއް ކުރިން އަހައްމައިދީ، 72، ވަނީ ހިތުގެ ސީރިއަސް އޮޕަރޭޝަނެއް ކޮށްފަ އެވެ.

އަހައްމައިދީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގަ އެވެ.

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު އަހައްމައިދީ އާއި އޭނާގެ ބައެއް އެކުވެރިގެން ގުޅިގެން، އީމެއިލުން ފޮނުވާ ހަބަރުސިޓީއެއްގެ ގޮތުގައި ނެރުނު 'ސަންދާނު' އަކީ އޭރު ނޫސްވެރިކަމުގެ މިނިވަންކަން ނެތުމުން، އާއްމު ނޫސްވެރިންނަށް ލިޔަން ނުކުރެވުނު އެތައް ވާހަކަތަކެއް ޝާއިއުކުރި ނޫހެކެވެ.

އެކަމާ ގުޅިގެން ސަރުކާރުން ވަނީ 'ސަންދާނު' އަކީ ދައުލަތާ ދެކޮޅަށް ދޮގު ވާހަކަފަތުރައި، މުޖުތަމައުގައި ފިތުނަ ފަސާދަ އުފައްދާ ނޫހެއް ކަމަށް ބުނެ، އަހައްމައިދީގެ އިތުރުން އެ މަސައްކަތުގައި އުޅުއްވި ނަޒާކީ އަހުމަދު ޒަކީ އާއި އިބްރާހީމް މޫސާ ލުތުފީ (ސަންދާނު ލުތުފީ) އަދި ފާތިމަތު ނިސްރީން ހައްޔަރުކޮށް ޖަލަށް ލައިފަ އެވެ.

ރާއްޖޭގެ ސިޔާސީ ހާލަތާ ބެހޭގޮތުން އެމްނެސްޓީ އިންޓަނޭޝަނަލުން 2003 ވަނަ އަހަރު ނެރުނު ރިޕޯޓުގައި އަހައްމައިދީ އާއި ސަންދާނުގެ އެހެން ބައިވެރިންނާ މެދު ކޮށްފައިވާ ސިޔާސީ ދައުވާތަކުގެ ވާހަކަ ހިމެނި އެވެ. އަދި އަހައްމައިދީ އަކީ، ޕްރިޒަނާ އޮފް ކޮންސައިންސް ނުވަތަ ޒަމީރުގެ ގައިދީއެއްގެ ގޮތުގައި އެމްނެސްޓީ އިން ކަނޑައެޅި އެވެ.

ފަހުން މައުމޫނުގެ ސަރުކާރުން އަހައްމައިދީ އަށް މައާފު ދިނެވެ. އޭނާ އަކީ ރާއްޖޭގައި ސިޔާސީ އިދިކޮޅު ހަރަކާތްތައް ފާޅުކޮށް ފަށައިގަންނަން ހިތްވަރު ލިބުނު އެއްވުން ކަމަށްވާ 2004 ގެ އޮގަސްޓް 12، 13 ނުވަތަ މަޝްހޫރު 'ކަޅުހުކުރު' ގެ ބައިވެރިއެއް ވެސް މެ އެވެ.

އަހައްމައިދީ އޮގަސްޓް 12.13 އެއްވުމުގައި ވާހަކަދައްކަވަނީ.
އަހައްމައިދީ އޮގަސްޓް 12.13 އެއްވުމުގައި ވާހަކަދައްކަވަނީ.

އަހައްމައިދީ އޮގަސްޓް 12.13 އެއްވުމުގައި ވާހަކަދައްކަވަނީ.

އަހައްމައިދީ ވަނީ އޭނާ ނިސްބަތްވި ގައުމީ ޕާޓީން، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީގެ މުހައްމަދު ނަޝީދަށް ތާއީދުކުރަން ނިންމުމުން، ނަޝީދު ވެރިކަމަށް ގެންނަވަން މަސައްކަތް ކުރައްވައިފަ އެވެ.

ނަމަވެސް ނަޝީދުގެ ވެރިކަމުގައި އަހައްމައިދީ އެ ވެރިކަމާ ދެކޮޅަށް ވެސް ނުކުންނެވި އެވެ. އެގޮތުން ސަރުކާރާ ދެކޮޅަށް އޭރު ކުރި ސިލްސިލާ މުޒާހަރާތަކުގައި ބައިވެރިވި އެވެ. އޭރު މުޒާހަރާއެއްގެ ތެރެއިން އޭނާ ގަޔަށް ފުލުހުން ވިހަ މާއްދާއެއް ހިމެނޭ ސްޕްރޭ އެއް ޖެހުމުން ހާލު ސީރިއަސްވެ މައިނާ ހާޓްއެޓޭކެއް ޖެހުނު ކަމަށް ގައުމީ ޕާޓީން ބުނެފައިވެ އެވެ. އެރޭ އޭނާ އިމަޖެންސީގައި ވަނީ ސްރީ ލަންކާ އަށް ގެންގޮސް ފަރުވާ ދީފަ އެވެ.

ނަޝީދުގެ ސަރުކާރުން ވަނީ އަހައްމައިދީ ހަގީގަތާ ހިލާފު ވާހަކަ ދައްކާ ކަމަށް ބުނެ ފުލުސް އޮފީހަށް އޭނާ ގެންގޮސް މައްސަލަ ތަހުގީގުކޮށްފަ އެވެ. ދެ ފަހަރަކު އޭނާ ހައްޔަރު ވެސް ކުރި އެވެ. އަހައްމައިދީ އަކީ 2012، ފެބްރުއަރީ ގައި ނަޝީދުގެ ވެރިކަން ބަދަލުކުރުމުގައި އިސްކޮށް އުޅުނު އެކަކެވެ. އެ ވެރިކަން ބަދަލުކޮށް ގެނައި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރައީސްކަމުގައި އަހައްމައިދީ އަށް ވަނީ ހިއުމަން ރައިޓްސް އެމްބެސެޑަރުކަން ދީފަ އެވެ.

ނަމަވެސް ޖެހިގެން އައި އަހަރު ވަނީ އޭނާގެ މަދަނީ ޖަމިއްޔާ ކަމަށްވާ 'ޑިމޮކްރަސީ ލެބް' ހިންގަން ކަމަށް ބުނެ ސަރުކާރުން އިސްތިއުފާ ދެއްވައިފަ އެވެ. އޭރު ވިދާޅުވީ ސިޔާސީ ކަންކަމާ ހެދި ގައުމު ހަލާކުވެފައިވާ ކަމަށާއި އެކަންކަން ރަނގަޅުކުރެވޭނީ މަދަނީ ޖަމިއްޔާއެއްގެ ތެރެއިން ކަމަށެވެ. ފަހުން 2015 ގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް، އޭރު ގުޅިފައިވާ ޕާޓީތަކުން ކުރި މަސައްކަތްތަކުގައި ބައިވެރިވެ އެ ސަރުކާރާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުއްލެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox