"ނުފުއްދޭހާ ނަދުރު ބުނަމުން...."

އިންތިހާބެއްގައި ރައްޔިތުން ވޯޓުލާން ނުކުމެ: ގިނަ ވައުދުތައް ވަނީ އެކަންކަން ފުއްދާނެ ޕްލޭނެއް ނެތި -- ފޮޓޯ: ފައިލް

އިންތިހާބެއްގައި ރައްޔިތުން ވޯޓުލާން ނުކުމެ: ގިނަ ވައުދުތައް ވަނީ އެކަންކަން ފުއްދާނެ ޕްލޭނެއް ނެތި -- ފޮޓޯ: ފައިލް

އިންތިޚާބީ ނަދުރު މޫސުމުގެ ކޮޅިގަނޑު ލައިގެންފިއެވެ. ކުލަކުލައިގެ ޕޯޑިއަމް ކުރިމަތީ ނަލަ ނަލަ ޕްރެޒެންޓޭޝަންތައް ބެކްގުރައުންޑަށް ލައިގެންތިބެ އެންމެންވެސް މި ކިޔަނީ ހަމަ އެއް ލަވައެކެވެ. "އަޅުގަނޑުގެ ވެރިކަމެއްގައި...." މިހެން ބުނާ އަޑު އިވޭ ކޮންމެ ފަހަރަކު ހަނދާނަށް އަންނަނީ ކުރީ ޒަމާނުއްސުރެ ދިވެހިން ކިޔައި އުޅުނު ފަރިއްސެއްގެ ތަންކޮޅެކެވެ. "ކީފަހު މަށަށް ރަން

ވީއުފަލުގައި ތީމުއު ދެބެއިންނަށް، ދީނާރު ހާސް މަ ބަހާނަން..."

ހަމަ މި މޫޑެވެ. މި އިހުސާސެވެ. ޕޯޑިއަމް ދޮށުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ވެރިކަމެއްގައި ކޮށްދޭނޭ ކަންތައްތަކުގެ ވާހަކައެވެ. ބޯހިޔާވަހިކަން ހޯދައިދޭނޭކަމަށާއި، ބޭރުގެ ނުފޫޒުތަކުން ޤައުމު ސަލާމަތްކޮށްދޭނޭކަމަށާއި، އިންސާފު ޤާއިމުކޮށްދޭނޭކަމަށާއި، ސިއްޙީ ފަރުވާ ދޭނޭ ކަމަށެވެ. މިހެން ގޮސް ވޯޓު ފޮށިތައް ބަހައްޓަން ވާއިރަށް، ނެތް ފަޅުތައް ހިއްކާ، ހުރި ފަޅުތައް ވިއްކާ، ވައިގައި ގަޑުވަރު އަޅައިދިނުމަށްވެސް ވަޢުދުވެދާނެ ކަންނޭނގެއެވެ. ސުވާލަކީ، ކޮންމެ ފަސް އަހަރަކުން އެއް އަހަރު ވާ މި ވަޢުދުތައް ފުއްދުން އެއްފަރާތްކޮށް، ކުޑަމިންވަރުން ސިޔާސަތުތަކަށް ހަދައިދެނީ ކިތައް ރައީސުންތޯ އުފެދޭ ސުވާލެވެ.

Advertisement

ވަނީ ބޮޑެތި ވަޢުދުތަކެކެވެ. މީހުން ހައްލަން ބޭނުންވަނީ ރައްޔިތުމީހާގެ ހިތާ އެންމެ ފަސޭހައިން ކުޅެލެވޭނޭ އުކުޅުތައް ބޭނުންކޮށްގެންނެވެ. އެހެންނަމަވެސް މިއަދު ދިވެހިން ސުވާލުކުރެއެވެ. ތި މެނިފެސްޓުކުރާ ދިވެހިރާއްޖެ ކުލަކުރާނޭ މާލީ ޤާބިލިއްޔަތުކަން ދައުލަތުގައި އެބަހުރިހެއްޔެވެ؟ މާލީ ޤާބިލިއްޔަތު އެއްފަރާތްކޮށްފައި ދެން ވިސްނާލާއިރު، ތިޔަ ބުނާ ސިޔާސަތުތައް ތަންފީޒުކުރަން ބޭނުންވާ ޤާނޫނީ އެއްބާރުލުން ހޯދުމަށް ކުރިއަށް އޮތް ދައުރުގެ މަޖިލީހުގެ އަޤުލަބިއްޔަތު އަތުލެވޭ މިންވަރުގެ ސިޔާސީ ނުފޫޒެއް ހުރި އެންމެ ކެންޑިޑޭޓެއްވެސް އެބަހުރި ހެއްޔެވެ؟

މިއިން ކޮންމެ ވަޢުދެއް ފުއްދަން، ސިޔާސަތުތަކެއް، އިސްތިރާޖުތަކެއް، އިންސާނީ އަދި އެނޫން ވަޞީލަތްތައް، މާލީ ރައުސްމާލު، މިހެންގޮސް ހާދަހާ ކަމެއް ބޭނުންވެއެވެ. ދިވެހި ރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ދައުރުތަކުގެ "އިންތިޚާބީ ވަޢުދު އޮޑިޓު"ކޮށްފިއްޔާ، މިހުރިހާ މަރުޙަލާއެއް ފުރިހަމަކޮށް، ވަޢުދު ފުއްދުނު އިންސައްތަ ފެންނާނީ ކޮންގޮތަކަށްތޯ ވިސްނާލަމާ ހިނގާށެވެ.

އިސާހިތަކު ފެންނާނީ ވެރިކަމަށް އަންނަ މީހާ މަތިބަރު ސަރުކާރެއް އެކުލަވާލާތަނެވެ. ވަޢުދުތައް ފުއްދުމަށް އެއްފަރާތްކުރި ރައުސްމާލު، ރިކަރަންޓު ޚަރަދުގެ ގޮތުގައި ސިޔާސީންނަށް ބަހައި ހުސްކުރާތަނެވެ. ޢިލްމީ، ފަންނީ ޤާބިލިއްޔަތު ހުރި އިޚުލާސްތެރި ސިވިލް ސަރވަންޓުން (ޙަޤީޤަތުގައި ހުރިހާ މަސައްކަތެއް ކުރާ މީހުން)ގެ ބަސްނުވިކޭ ޙާލު، ހަމައެކަނި ޕޯޑިއަމް ތަޖުރިބާ ސީވީގައި ލިޔެގެން ތިބޭ ބައެއްގެ ބާރު ހިނގާ ޙާލު ކުރެވޭން ހުންނަ ކަންކަންވެސް ބޮއްސުންލައިގެންދާ މަންޒަރެވެ.

އެތައް ފަހަރަކު ތަކުރާރުކޮށް، މި މަންޒަރު ދެކެފީމެވެ. ވަޢުދުތައް ވާއިރު، ޖެހިލުންވުމެއް ނެތެވެ. ޖަވާބުދާރީކުރުވަން މަސައްކަތް ފެށުމާއެކު ކޮންމެ ލީޑަރެއްވެސް އިސްކުރަނީ ބަހަނާއެވެ. ދައްކަނީ އުޒުރެވެ. ކުރީ ސަރުކާރުން "ވާރުތަ"ވެފައިވާ ގޯސްތައް ރަނގަޅުކުރަން ޖެހުމުން އާ ކަންކަން ނުކުރެވުނީ ކަމަށެވެ.

އިހަށްހެން މިއަދު ދިވެހިން މި ވާހަކަތައް ދައްކާ މިންވަރު މަދުވެދާނެއެވެ. މިކަންކަމަށް ލޯހުޅުވިފައި ނުވާތީކީ ނޫނެވެ. އެއްގޯސްވެފައިވާތީއެވެ. އުއްމީދު ގެއްލިފައިވާތީއެވެ. އެއްވާހަކައެއް ދައްކާ ދައްކާ އަނގައިގައި ގުއިރަހަލާފައިވާތީއެވެ.

ކެރޭ ލީޑަރެއް ނަމަ މި ކަމަށް ޖަދަލުކޮށްބަލާށެވެ! ޕޯޑިއަމް ދޮށުގައި ވަޢުދު ވާއިރު، އެ ވަޢުދު ފުއްދާނޭ ގޮތް ތަފްޞީލުކޮށްދޭށެވެ. ތި ދައްކަނީ ތޯތޯ ވާހަކައެއް ނޫންކަން ސާބިތުކޮށްދޭށެވެ. މިއަދުގެ ދިވެހިންނަކީ ޑިމޮކްރަސީގެ "ފިރުކެންފެށި ދައުރު" ދުށްފަދަ ތަންދޮރު ނުފިލާ މީހުންނެއް ނޫނެވެ. ވޯޓުލާ އާބާދީއަށް ބަލާލިޔަސް، މި ތިބީ މަލްޓިޕާޓީ ޑިމޮކްރެސީގެ އެތައް ވެރިކަމެއްގެ އެތައް ތަޖުރިބާތަކެއް މިއަދު ލިބިފައިވާ އަގުލަބިއްޔަތުގެ އިތުރުން، މި ޒަމާނީ ޑިމޮކްރަސީގެ ތެރޭ ބޮޑެތިވީ މީހުންނެވެ.

އެހެންކަމުން މިއަދު، ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް އެއީ ތިމާގެ މެނިފެސްޓޯ ކަމުގައި ދައްކަން ލިސްޓުކުރިއަކަސް އަދި އަހަރެމެންނަކަށް ނުފުދޭނެއެވެ. އެ ޙައްޤުތައް މިހާތަނަށް ހޯދައި ނުދެވިފައިވާއިރު، މާދަމާ ޤައުމުގެ ލަގަން ހަވާލުކުރީމާ ދެން އެ ޙައްޤު ހޯދަން ކަންކުރާނޭ ގޮތް ބުނެދިނިއްޔާ ނޫނީ، ތިޔަ ބުނާ ނަދުރުތައް ފުއްދާނޭ ކަމަށް މި ދިވެހިން ޤަބޫލެއް ނުކުރާނަމެވެ.

ލީޑަރުންނޭވެ! މިއަދު ތިޔަ ބުނާ ކޮންމެ ބަހަކަށް އަތްޖަހާ ކޮންމެ މީހަކީ ތިމާއަށް ވޯޓެއް ދޭނޭ މީހަށްކަމަށް ނުދެކެއްޗެވެ. ނުފުއްދޭނޭ ވަޢުދު ނުވައްޗެވެ. މިއީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްކަންވެސް ހަނދާންކުރައްޗެވެ. ރައްޔިތުން ގުނބޯހައްދަން ނޫޅެއްޗެވެ. ޕޯޑިއަމް ދޮށުގައިވިޔަސް، ގެއަށް އައިސްވިޔަސް، ވަޢުދުވާން ވާނީ ހުރި ފެންވަރަކުންނެވެ. ނަދުރު ބުނާނަމަ ބުނަން ވާނީ ފުއްދޭނެ ފަދަ ނަދުރެވެ. ވެރިކަން ދޭނީވެސް ރައްޔިތުންނެވެ. އެއީ އަމާނާތެއްކަން ދަނެގެން ވާހަކަދައްކާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox