އިނގިރޭސިވިލާތުގައި ތުއްތު ކުދިންތަކެއް މަރާލި ނަރުސް އުމުރަށް ޖަލަށް

ލޫސީ ލެޓްބީ ހައްޔަރު ކުރި ވަގުތު ނެގި ވީޑިއޯއެއްގެ ސްކްރީންޝޮޓެއް،

ލޫސީ ލެޓްބީ ހައްޔަރު ކުރި ވަގުތު ނެގި ވީޑިއޯއެއްގެ ސްކްރީންޝޮޓެއް،

އިނގިރޭސިވިލާތުގައި ތުއްތު ކުދިންތަކެއް މެރުމުގެ ކުށް ސާބިތުވި ނަރުސް ލޫސީ ލެޓްބީ އުމުރަށް ޖަލަށް ހުކުމްކޮށްފި އެވެ.

ލެޓްބީގެ މައްޗަށް ސާބިތުވީ ވިހެއުމަށް ފަހު އައިސީޔޫގައި ފަރުވާދެމުން ދިޔަ ތުއްތު ހަތް ކުދިން މަރާލުމުގެ ކުށެވެ. އޭގެ އިތުރުން އިތުރު ހަ ކުދިން މަރާލަން މަސައްކަތް ކުރި ކަމަށް ވެސް ސާބިތުވި އެވެ.

މެންޗެސްޓާގެ ކޯޓެއްގައި ހޯމަ ދުވަހު ފަނޑިޔާރު އިއްވީ މުޅި އުމުރުގެ ޖަލު ހުކުމެއް ނުވަތަ "ހޯލް ލައިފް އޯޑާ" އެވެ. މިހާތަނަށް އެ ހުކުމް އިއްވާފައި ވަނީ މަދު އަދަދެއްގެ ކުށްވެރިންނަށެވެ.

އެއީ އިނގިރޭސިވިލާތުގައި ދެވޭ އެންމެ ހަރުކަށި އުގޫބާތެވެ. އެ ހުކުމާ އެކު ދުވަހަކު ވެސް ޖަލުން މިނިވަންވުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

އުމުރުން 33 އަހަރުގެ ލެޓްބީ ހުކުމް އިއްވުމުގެ އަޑުއެހުމަށް ކޯޓަށް ހާޒިރެއް ނުވެ އެވެ. އެހެންވެ، އޭނާގެ ޝިކާރައަކަށްވި ކުދިންގެ އާއިލާތަކުން ނުރުހުން ފާޅުކުރި އެވެ.

ކުށް ސާބިތުވެ އެންމެ ހަރުކަށި އުގޫބާތް ދިން ނަމަވެސް، ލެޓްބީ އިއުތިރާފްވެފައެއް ނުވެ އެވެ.

އޭނާ ކުދިންތައް މެރީ ކައުންޓެސް އޮފް ޗެސްޓާ ހޮސްޕިޓަލުގައި ނަރުހެއްގެ ގޮތުގައި އުޅެމުންނެވެ. އޭނާގެ ގެ ބަލައި ފާސްކުރި އިރު، ހިންގި ލާއިންސާނީ ކަންކަމުގެ ނޯޓުތައް ރައްކާކޮށްފައި ހުއްޓެވެ.

ޖޫން 2015 އިން ޖޫން 2016 އަށް ލެޓްބީ އެ އަމަލުތައް ހިންގީ ކީއްވެގެން ކަމެއް ނޭނގެ އެވެ.

މި ވަގުތު "ހޯލް ލައިފް އޯޑާ" ތަންފީޒު ކުރަމުން ދަނީ 70 މުޖުރިމުންނެވެ. އަދި މިހާތަނަށް އެ ހުކުމް އިއްވާފައި ވަނީ އެންމެ ތިން އަންހެނުންނަށެވެ. އެއީ 1960 ގެ އަހަރުތަކުގައި ފަސް ކުދިން މަރާލި މީރާ ހިންޑްލީ އާއި ސިލްސިލާކޮށް މީހުން މެރުމުގެ ކުށް ސާބިތުވި ރޯޒް ވެސްޓް އާއި ޖޮއާނާ ޑެނެހީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox