ކޮމިޓީތަކަށް މެމްބަރުން ނުލައި މަޖިލީހުގެ ޖަލްސާ ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު ފަށަން މިއަދު ބޭއްވި ޖަލްސާއަށް އެޖެންޑާކުރި، ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ގޮތް ކަނޑައެޅުމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، އެ ޖަލްސާ ނިންމާލައިފި އެވެ.

މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީތައް ކޮމިޓީތަކުގައި ތަމްސީލުކުރާ ގޮތް ކަނޑައެޅުމުގެ މައްސަލަ ކުރިއަށް ނުގެންދަވަން ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ އެމަނިކުފާނުގެ ދަ ޑިމޮކްރެޓްސް ޕާޓީއާ ގުޅިވަޑައިގެންނެވި މެމްބަރުން އެކަން މަޖިލީހަަށް ރަސްމީކޮށް ނާންގަވައި އޮތުމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބުވެވަޑައިގެންނެވުމާ އެކު އުފެއްދެވި "ފިކުރެއްގެ ދިރުން" ހަރަކާތުގައި އިސްކޮށް އުޅުއްވި މެމްބަރުން ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިމެނިކޮށެވެ. މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ އެކުލެވުމަށް ބަދަލު ގެންނަން ޖެހުނީ އެ މެމްބަރުން އެމްޑީޕީން ވަކިވެވަޑައިގެންނެވުމުންނެވެ. އެއީ ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތުން ޖުމްލަ 14 މެމްބަރެކެވެ.

މިއަދުގެ ޖަލްސާ ފެށްޓެވުމަށް ފަހު ރިޔާސަތުން ނަޝީދު އިއުލާނުކުރެއްވި ގޮތުގައި ދަ ޑިމޮކްރެޓްސް އަށް ބަދަލުވިކަން މަޖިލީހަށް ރަސްމީކޮށް އެންގެވީ އޭގެ ތެރެއިން އެންމެ ތިން މެމްބަރުންނެވެ.

"އަޅުގަނޑު ދަ ޑިމޮކްރެޓްސް އަށް ފުރުސަތު އަރުވަން މިއަދުގެ ވަގުތުތަކުގެ ތެރޭގައި ތިޔަ ބޭފުޅުންގެ ޕާޓީއަށް އެހެން އިއްޒަތްތެރި މެމްބަރުން ވެދެވަޑަައިގަންނަވާ ނަމަ އެ ސިޓީތައް މަޖިލީހުގެ އިދާރާއަށް ފޮނުވައިދެއްވުމަށް. އެހެން ހެއްދެވުމުން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ގެންދެވިގެން ދާނެ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވުމުން އެމްޑީޕީގެ ބައެއް މެމްބަރުން އެކަމާ ދެކޮޅަށް އަޑު އުފުއްލަވަން ފެށްޓެވި އެވެ. އެހިސާބުން އެމްޑީޕީގެ ތިން މެމްބަރެއްގެ ނަން އިއްވަވައި ތަޅުން ދޫކުރައްވައި ވަޑައިގަންނަވަން ނަޝީދު އެންގެވި އެވެ.

ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގަަންނަވަން ނަޝީދު އެންގެވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އަށާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އާއި ކެލާ ދާއިރާގެ މެމްބްރު އިބްރާހީމް ޝަރީފަށެވެ.

އެހެން ނަމަވެސް އެ މެމްބަރުން ތަޅުމުން ނުކުމެ ވަޑައިނުގެންނެވުމުން ތަކުރާރުކޮށް އިންޒާރުކުރެއްވުމަށް ފަހު ޖަލްސާ މެދުކަނޑުއްވައިލެއްވި އެވެ.

ހުސްވަގުތުކޮޅަށް ފަހުގައި ވެސް އެ މެމްބަރުން ތިއްބެވުމުން ތަކުރާރުކޮށް އިންޒާރުކުރެއްވުމަށް ފަހު ނަޝީދު އިއުލާނުކުރެއްވީ މިއަދުގެ ޖަލްސާ ނިންމަވައިލައްވަނީ ކަމަށެވެ. ދެން ޖަލްސާއެއް އޮންނާނީ މާދަމާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox