ޓެނިސް ޓީމަށް އޮތީ މެޑަލް ހޯދުމާއި ކުރިއެރުން ވަޒަންކުރުމުގެ ޓާގެޓެއް

Aug 20, 2023, 6:12 PM
މޯލްޑިވްސް ޓެނިސް ޗެލެންޖްގެ އިވެންޓެއްގެ ތެރެއިން ނަބާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މޯލްޑިވްސް ޓެނިސް ޗެލެންޖްގެ އިވެންޓެއްގެ ތެރެއިން ނަބާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މަޑަގަސްކަރައިގައި މި މަހު 25 ވަނަ ދުވަހު ފަށަން ނިންމާފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުކޮށްގެން މީގެ ދެތިން މަސް ކުރިން ގައުމީ ޓެނިސް ޓީމުން ޕްރެކްޓިސް ފަށާފައިވާއިރު، ގޭމްސް އިން ކާމިޔާބު ހޯދުމުގެ ވިސްނުމުގައި މެޑަލް ޓާގެޓެއްގެ އިތުރުން ކުރިއެރުމަށް ވެސް ފޯކަސް ކުރާނެ ކަމަށް ގައުމީ ޓެނިސް ޓީމުގެ ކޯޗު އީވޯ އާއި ކުޅުންތެރިން ބުނެފި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ޓެނިސް ޓީމުން އެންމެ ފަހުން ވާދަކުރީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން، އަނެއްކާ ވެސް ޓެނިސް ޓީމެއް އައިއޯއައިޖީ އަށް އަންނައިރު، ހާލަތު އޮތީ ވަރަށް ބަދަލުވެފަ އެވެ. ޓެނިހުގައި ގިނަ ކުޅުންތެރިންތަކެއް މިދިޔަ އަހަރުތަކުގައި ބައިނަލްއަގުވާމީ ލެވަލްގައި ވަނީ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ބޭރުގެ ސްކޮލަޝިޕްތަކުގައި ވެސް ގައުމީ ޓެނިސް ޓީމުގެ ކުޅުންތެރިން އަންނަނީ ތަމްރީން ހޯދަމުންނެވެ.

ގައުމީ ޓެނިސް ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ، ފިރިހެން ސިންގަލްސް ޗެމްޕިއަން، އަބްދުﷲ ފާއިހް ފަޒީލް (ފާއީ) ބުނީ މީގެ ކުރިން ރާއްޖެ އަށް އައިއޯއައިޖީގައި ހަތަރު ވަނަ ލިބިފައިވުމުން މި ފަހަރު އަމާޒުހިފަން ޖެހޭނީ އެ އަށް ވުރެ ރަނގަޅަށް ނިންމާލުމަށް ކަމަށެވެ.

“ކުރިން ސެމީ ފައިނަލްގައި ބަލިވެއްޖިއްޔާ ވެސް ބްރޮންޒް ލިބޭ. ދެން އެ ފަހަރު ރޫލް އިން ގޮތުން، ޖެހުނީ ބްރޮންޒް މެޗެއް ކުޅެން، ދެން ނާކާމިޔާބުވީ، އެހެންވީމަ މި ފަހަރު މި ބަލަނީ އެ އަށް ވުރެެ ކުރިއަށް ދާން. މެޑަލް ޓާގެޓެއްގައި މަސައްކަތް މި ކުރަނީ، ދެން ޖޫނިއާ ކުޅުންތެރިން ވެސް ގިނަ މި ފަހަރު، އެކަމު، މި ބަލަނީ އެ މީހުންގެ ހާޑް ވޯކާއި ޑެޑިކޭޝަންއާ އެކު، ރަނގަޅު ކާމިޔާބެއް އެޗީވްކުރަން،" ފާއީ ބުންޏެވެ.

ފާއީ ބުނީ މިހާރު އޮތް ސްކޮޑަކީ ތަޖުރިބާ އާއި ހުނަރަށް ބަލާއިރު، ވަރަށް ރަނގަޅު ޓީމެއް ކަމަށާއި މަސައްކަތް ކޮށްގެން ކުރިއެރުމާއި ކާމިޔާބު ހޯދޭނެ ކަމަށެވެ.

ރާއްޖެ ޓީމުގެ ކޯޗު އީވޯ ބުނީ ބައިނަލްއަގުވާމީ ކޮންމެ މުބާރާތަކީ ވެސް ޗެލެންޖެއް ކަމަށެވެ. އެ ގޮތުން، އައިއޯއައިޖީގައި ވާދަކުރާ ގައުމުތަކަށް ބަލާއިރު، އެ ތަންތަނުގައި ވެސް ފެންވަރު ރަނގަޅު ކުޅުންތެރިން ތިބޭނެ ކަމަށާއި ޖެހޭނީ މި ކުރެވޭ ޕްރެކްޓިސްތަކާއި މި ކުޅެމުން އަންނަ މުބާރާތްތަކުން ދަސްވާ ކަންކަން ވީ އެންމެ ރަނގަޅަށް ބޭނުންހިފަން ކަމަށް އީވޯ ވަނީ ބުނެފަ އެވެ.

އައިއޯއައިޖީގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން، ރީޔޫނިއަންގައި ފްރާންސަށް ނިސްބަތްވާ ރަނގަޅު ކުޅުންތެރިން ތިބި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އީވޯ ވަނީ ބުނެފަ އެވެ. އެކަމަކު، މީގެ ވިސްނަން ޖެހޭނެ ކަމަކީ ކުރަން ޖެހޭ މަސައްކަތްތަކަށް ފަރުވާ ބަހައްޓައިގެން އަމިއްލަ ކަންކަން ރަނގަޅު ކުރުން ކަމަށް އީވޯ ބުންޏެވެ.

“ރަނގަޅު ވާހަކައެއް، މި ގައުމުތަކުގައި ލެވަލްތަކުގެ ތަފާތު ހުންނާނެ، ދެން މުބާރާތް ކުޅެން މި ޖެހޭ މާހައުލު، މަޑަގަސްކަރާ އަކީ ރާއްޖޭގެ އެތުލީޓުން މި ކުޅޭ މޫސުމާ ތަފާތު މޫސުމެއް އޮތްތަނެއް، އެކަމަކު، އަހަރެން ބުނާނީ މި ހުރިހާ ކަންޑިޝަން އަކަށް ހޭނިގެނޭ ކުރިއަށްދެވޭނީ،" އީވޯ ބުންޏެވެ.

ޓެނިސް ޓީމުގެ ކުޅުންތެރިން އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ ދުރާލާ ޕްރެކްޓިސްތައް ފަށައިގެން، މި އަހަރުގެ އިންޓަނޭޝަނަލް މުބާރާތްތަކުގައި ލިބުނު ތަޖުރިބާގެ ބޭނުން މި ފަަހަރު އައިއޯއައިޖީގައި ހިފޭނެ ކަމެވެ. އެހެންކަމުން، ކުރިއަށް ވުރެ ރަނގަޅު ނަތީޖާތަކެއް މި ފަހަރުގެ ގޭމްސްގައި ފެންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ކުޅުންތެރިން ބުނެފައިވެ އެވެ.

ރާއްޖޭގެ ޓެނިސް ޓީމު އެންމެ ފަހުން، 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރިއިރު، އޮތް ސްކޮޑަށް މި ފަހަރު ވަނީ ގިނަ ބަދަލުތަކެއް އައިސްފަ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox