ގޯތީގެ ގުރުއަތަށް މިހާތަނަށް ނުދާ މީހުންގެ ގުރު ނެގުން މާދަމާ ބާއްވަނީ

ގޯތީގެ ގުރު މީހަކު ނަގަނީ : ގޯތީގެ ގުރުއަތު ނެގުމަށް މިހާތަނަށް ނާންނަ މީހުންގެ ގުރުއަތު ނެގުން މާދަމާ ބާއްވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ގޯތީގެ ގުރު މީހަކު ނަގަނީ : ގޯތީގެ ގުރުއަތު ނެގުމަށް މިހާތަނަށް ނާންނަ މީހުންގެ ގުރުއަތު ނެގުން މާދަމާ ބާއްވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ ތަން ކަނޑައެޅުމުގެ ގުރުއަތު ނެގުމަށް މިހާތަނަށް ހާޒިރުވެފައި ނުވާ މީހުންގެ ގުރުއަތުލުން މާދަމާ ބާއްވަން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން މިއަދުގެ ނިޔަލަށް ގުރުއަތު ނެގުމަށް ހާޒިރު ނުވާ ފަރާތްތަކުގެ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގައި ގުރު ނެގުމަށް ހަމަޖެހިފައިވާ ތަނުގައި މާދަމާ ހެދުނު 10:00 ގައި ކަމަށެވެ.

އަދި، މާދަމާ ހުޅުވާލެވޭ ފުރުސަތުގައި ވެސް ގުރުއަތު ނެގުމަށް ހާޒިރު ނުވާ ފަރާތްތަކުގެ ގުރުއަތު ނަގާނީ މީޑިއާތަކުގެ ކުރިމަތީގައި އެ މިނިސްޓްރީގެ އޮފިޝަލުން ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.

Advertisement

ގުރުއަތު ނެގުމަށް ހާޒިރު ނުވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިންވެސް ވަނީ ބުނެފަ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތީގެ ގުރުއަތު ނެގުމާއި ގުޅޭގޮތުން މިނިސްޓްރީން ފުރަތަމަ ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން ގުރުއަތު ނެގުމަށް ދީފައިވާ ގަޑިއަށް އެއްވެސް މީހަކު ހާޒިރު ނުވެއްޖެ ނަމަ އެމީހެއްގެ ބަދަލުގައި ގުރުއަތުގައި ބައިވެރިވާނީ މިނިސްޓްރީގެ އޮފިޝަލެކެވެ. އެއީ ގުރުއަތު ނެގުން މެދުނުކެނޑި ކުރިއަށްގެންދިއުމަށް ކަމަށް މިނިސްޓްރީން އޭރު ބުންޏެވެ.

މިނިސްޓްރީން އެގޮތައް ނިންމާފައިވަނީ ގޯތި ދިނުމުގައި މަކަރު ހަދައި އޮޅުވާލުމަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

ނަމަވެސް, މިނިސްޓްރީގެ އެ ނިންމުން ބަދަލުކޮށް ގުރުއަތު ނެގުމުގައި އޮފިޝަލުން ބައިވެރިނުވާން ނިންމާފައިވާ ކަމަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެކްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް މި މަހުގެ 18 ގައި ވިދާޅުވި އެވެ.

ގޯތި ގުރުގައި މަކަރު ހަދަމުންދާ ކަމަށް އެކި ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް ގުރުގައި މަކަރު ހެދުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފަ އެވެ.

އެގޮތުން ގުރުއަތު ކަރުދާސް އަޅާފައި ހުންނަ ފޮށިތަކުގެ ސީލް ކެނޑުމާއި ބަންދުކޮށް އަލުން ސީލްކުރަނީީ އެވަގުތު ތިބި ބައެއްގެ ހާޒިރުގައި ކަމަށާއި ފުލުހުންނާއި މިނިސްޓްރީގެ މުވައްޒަފުން އެ ފޮށިތައް 24 ގަޑިއިރު ބަލަމުންދާ ކަމަށް މިިނިސްޓްރީން ބުންޏެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެއީ 18،955 މީހުންނަށް 9001 ގޯއްޗެވެ. ގޯތި ދެނީ ހުޅުމާލެއާއިި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox