އެގާރަ އަހަރުގެ ރައްޔާނުގެ އޭ ފާހުގެ ފަހަތް

އެގާރަ އަހަރުގެ ރައްޔާނުގެ އޭ ފާހުގެ ފަހަތް

އުމުރުން 11 އަހަރުގެ ރައްޔާން މުހައްމަދު ފައިސަލް ކުރަމުން ދިޔަ ބޮޑެތި ސުވާލާއި އަޖުމަ ބެލުމަށް ކުރަމުން ދިޔަ ކަންކަމުން އުފެދުނު ޝައުގާއެކު، މި އަހަރުގެ ކޭމްބްރިޖު އޯލެވެލްގެ ކެމިސްޓްރީ މާއްދާގެ އިމްތިހާނުގައި އޭނާ ބައިވެރިކުރި އެވެ. މާމަތީ ފާހެއް ހޯދުމުގެ ނިޔަތެއް ނެތަސް، ހޯދި ނަތީޖާއިން މައިންބަފައިން އުފަލުން ރޮއްވައިލި އެވެ.

"ވަރަށް ބޮޑަށް އުފާވި. ކޮންމެހެން އަޅުގަނޑުމެން ރައްޔާނު އިމްތިހާނުގައި ބައިވެރިކުރީ އެވަރުގެ ނަތީޖާއެއް ލިބޭނެ ކަމަކަށް ވެސް ނޫން. ކޮންމެ ނަތީޖާއެއް ލިބުނަސް، އަޖުމަ ބަލާލަން،" ރައްޔާނުގެ ބައްޕަ، ޑރ. މުހައްމަދު ފައިސަލް، 47، ވިދާޅުވި އެވެ.

އެ ނަތީޖާގެ ފަހަތުގައި ވަނީ ދެ ދަރިން ތިއްބެވި ފައިސަލްގެ ދެމަފިރިންގެ ތަރުބިއްޔަތާއި ރައްޔާނު ކިޔެވުމަށް، ހާއްސަކޮށް ސައިންސްގެ މާއްދާތަކަށް ހުންނަ ޝައުގާއި ފޮތްތެރިޔަކަށް ވުމެވެ.

Advertisement

ސުވާލު ގިނަ ދަރިވަރެއް

ފ. ނިލަންދޫ އަށް އުފަން ޑރ. ފައިސަލް އާއި ނައިފަރަށް އުފަން ޑރ. ލީނާ އަބްދުލް ވާހިދުއަކީ ވެސް މެޑިކަލް ޑޮކްޓަރުންނެވެ. ނިލަންދޫގައި ދިރިއުޅުއްވުމަށް ފަހު، މީގެ ތިން އަހަރު ކުރިން ހދ. ކުޅުދުއްފުއްޓަށް އެ ދެމަފިރިން ބަދަލުވީ ވަޒީފާގެ ގޮތުންނެވެ. އެންމެ ދޮށީ ދަރި އޭލެވަލަށް ކިޔަވަމުން ދާއިރު، ރައްޔާނު ކިޔަވަނީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑު ފަހެއްގަ އެވެ. އޯލެވެލް އިމްތިހާނުގައި އޭނާ އިށީނީ ގްރޭޑު ހަތަރެއްގައި އުޅެމުންނެވެ.

"އެންމެ ކުޑައިރުން ފެށިގެން ވެސް ސައިންސްގެ މާއްދާތަކާ ގުޅޭ ގޮތުން ސުވާލު ކުރޭ. ފިޒިކްސް، ބަޔޮލޮޖީ، ކެމިސްޓްރީ މާއްދާއާ ގުޅޭ ސުވާލުތައް ރައްޔާނު ކުރާ ކަމަށް ޓީޗަރުން ބުނޭ. އަދި ވަރަށް ބޮޑަށް އެ މާއްދާތައް އަންޑަސްޓޭންޑު ވާ ކަމަށް ވެސް ޓީޗަރުން ބުނަމުންދިޔަ،" ފައިސަލް ވިދާޅުވި އެވެ.

ސުވާލުތައް ކުރިޔަސް، އެކަންކަން ނުހުއްޓުވަ އެވެ. އެވަގުތަކަށް އެންމެ ރަނގަޅު ޖަވާބެއް، އަދި ކުރާ ސުވާލުތަކަށް ޖަވާބު ލިބޭ ގޮތަށް މައުލޫމާތު ފޯރުކޮށްދެ އެވެ. ފޮތާއި، އެޑިއުކޭޝަނަލް މެޓީރިއަލް އަދި އިންޓަނެޓުން ނަގާފައިވާ ކޮންޓެންޓު ބެލޭނެ ގޮތް ހަދައިދެ އެވެ.

ރައްޔާނު ގުރުއާން ކިޔަވަނީ.
ރައްޔާނު ގުރުއާން ކިޔަވަނީ.

ރައްޔާނު ގުރުއާން ކިޔަވަނީ.

ޝައުގު އުފެދުން

ރައްޔާނުގެ ޝައުގު ހުރި މިންވަރު ބޮޑަށް ފާހަގަވީ މީގެ ދެ އަހަރު ކުރިން، ފައިސަލްގެ ދޮށީ ދަރިފުޅު އޯލެވެލް އިމްތިހާނަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރު އެވެ. އޭރު ރައްޔާނު ވެސް ބައެއް ސުވާލުތަކަށް ޖަވާބު ދޭން ބޭނުންވެ، ޖަވާބު ލިޔެ އެވެ.

"އަސްލު ރައްޔާނު ޝައުގު ވެސް އުފެދުނީ ބަޔޮލޮޖީ އަށް. ނަމަވެސް އަޅުގަނޑުމެން ބޭނުންވީ އެ އުމުރުގައި އެ މާއްދާއިން އޯލެވެލް ހެދުމުގެ ބަދަލުގައި ކެމިސްޓްރީމް ހެދުމަށް،" ފައިސަލް ވިދާޅުވި އެވެ.

ޝައުގު މަރާނުލުމަށްޓަކައި މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ފެށިގެން އިމްތިހާނަށް ތައްޔާރު ކުރުމުގެ މަސައްކަތް ފެށި އެވެ. ޓީޗަރެއްގެ އެހީ ވެސް ހޯދި އެވެ. އިމްތިހާނު ގާތްވެގެން އައިއިރު، ކެމިސްޓްރީ މާއްދާގެ ކުރީގެ އިންތިހާނު ކަރުދާސްތައް ވެސް ހެދި އެވެ.

އެހާ ކުޑައިރު ބޮޑު އިމްތިހާނެއް ހައްދުވައިގެން މާކްސް ދަށްވެއްޖެ ނަމަ ދަރިފުޅަށް ކޮށްފާނެ އަސަރަށް ވެސް ފައިސަލް ވިސްނެވި އެވެ. އަހެންވެ އިމްތިހާނުގައި އިށީނުމުގެ މާކުރިން ފައިސަލް އޮތީ ކޮންމެ ނަތީޖާއެއް ލިބުނަސް، މައްސަލައެއް ނޫން ކަމަށް ދަރިފުޅަށް ވިސްނައި ދީފަ އެވެ.

"ނަމަވެސް ދަރިފުޅު އިމްތިހާނަށް ފަހު ބުނި އޭ ރިޕޯޓު ލިބޭނޭ. އަޅުގަނޑުމެން ހިއެއް ވެސް ނުކުރަން،" ފައިސަލް ވިދާޅުވި އެވެ.

ރައްޔާނުގެ އުފެދުނު ޝައުގުން ފައިސަލަށް ދަސްވި އެއްޗަކީ، ކުދިންގެ ޝައުގާ އެއްގޮތަށް ކިޔަވައި ދިނުމަށް ކަންކަން ފަހިކޮށް ދިނުމުގެ މުހިންމު ކަމެކެވެ.

ފައިސަލް އާއި ލީނާ އަދި ދެ ދަރިން
ފައިސަލް އާއި ލީނާ އަދި ދެ ދަރިން

ފައިސަލް އާއި ލީނާ އަދި ދެ ދަރިން

ގޭގައި އިންޓަނެޓެއް، ކޭބަލް ޓީވީއެއް ނުހުރޭ

ފައިސަލް އާއި ލީނާ ބޭނުންފުޅުވީ އެ ދެމަފިރިންގެ ދެ ދަރިން "ބޭރުގެ ނުފޫޒެއް" ނެތި ހެދި ބޮޑުވުމަށެވެ. އެހެންވެ، ކުޅުދުއްފުށީގަިއ މިހާރު އުޅުއްވަމުން ގެންދަވާ ގޭގައި އިންޓަނެޓެއް، ކޭބަލް ޓީވީއެއް ނުހުރެ އެވެ. ގޭގައި ގިނައީ ފޮތާއި، ތައުލީމާއި ދިރިއުޅުމުގެ ތަރައްގީއަށް ފަހިވާނެ ތަކެއްޗެވެ.

"އަޅުގަނޑު ބޭނުން ނުވަނީ އެހެން ނުފޫޒުތަކުގައި ދަރިން ބޮޑުނުކުރަން. އަޅުގަނޑުމެން ބޭނުންވާ އެއްޗެއް ނޫން އިންޓަނެޓުން، ކޭބަލް ޓީވީން ދަރިންނަށް ފެންނާނީ. އެހެންވެ އެ ހިދުމަތްތައް ގޭގައި ނުހުންނަނީ،" ފައިސަލް ވިދާޅުވި އެވެ.

ނަމަވެސް ކިޔެވުމާ ގުޅޭ މެޓީރިއަލް އަދި މައުލޫމާތު މުއްސަނދިކޮށްދޭ ކޮންޓެންޓު އިންޓަނެޓުން ނަގައި އެ ކުދިންނަށް ފޯރުކޮށްދެ އެވެ. ކިޔަވަމުންދާ ޓޮޕިކަކާ ގުޅޭ ގޮތުން ހުންނަ ލިޔުމާއި ވީޑިއޯ ވެސް ޑައުންލޯޑުކޮށް، ގޭގައި ހުންނަ ކޮމްޕިއުޓަރަށް އަޅާފައި ބަހައްޓަ އެވެ.

"މިގޮތަށް އާދަކުރުމުން ފޫހިވެގެން ނޫޅޭ. އެ ކުދިން ވަރަށް ގިނަ ވަގުތު ހޭދަކުރޭ ފޮތް ކިޔުމުގައި، ކަންކަން ދެނެގަތުމުގައި،" ފައިސަލް ވިދާޅުވި އެވެ.

މައިންބަފައިން ގޮތަށް ރައްޔާނު ވެސް ވާން ބޭނުންވަނީ ޑޮކްޓަރަކަށެވެ. ނަމަވެސް އޭނާ މިހާރު ހިޔާރު ކުރަން ޝައުގު ހުރީ ޖަނަވާރުތަކަށް ފަރުވާ ދޭ ޑޮކްޓަރަކަށް ވުމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ ދަރިން ބޭނުންވާ، ޝައުގު ހުރި ކަމަކުން ފުރުސަތު ހޯދައިދޭން،" ފައިސަލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox